Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1189
Title: ދިވެހި ބަހުގެ ގަވާއިދުގައި ހިމެނޭ ހުރުން، އިނުން، އޮތުން ލިޔެކިޔުމުގައި ބޭނުންކުރެވެމުންދަނީ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟
Other Titles: Dhivehibahuge qavaaidhugai himeney hurun, inun, othun liyekiyumugai beynun kurevemundhanee ekasha alhaafaivaa qavaaidhaai ehgothah heyyeve?
Authors: އަޙުމަދު މުޙައްމަދު ވަހީދު
Waheed, Ahmed Mohamed
Issue Date: 1-Nov-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު މުޙައްމަދު ވަހީދު. (2017). ދިވެހި ބަހުގެ ގަވާއިދުގައި ހިމެނޭ ހުރުން، އިނުން، އޮތުން ލިޔެކިޔުމުގައި ބޭނުންކުރެވެމުންދަނީ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Waheed, A. M. (2017). Dhivehibahuge qavaaidhugai himeney hurun, inun, othun liyekiyumugai beynun kurevemundhanee ekasha alhaafaivaa qavaaidhaai ehgothah heyyeve?. Male', Maldives National University.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ގަވާއިދުގައި ބޭނުންކުރެވޭ "ހުރުން،އިނުން،އޮތުން" މި ލަފުޒުތައް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށް ރ. އަތޮޅު މަދަރުސާގެ 8،9،10 އަދި 12 ގެ ދަރިވަރުން ބޭނުންކުރޭތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މީގެ އިތުރަށް މި ލަފުޒުތައް އެކަށައަޅާފައިވާ ގަވާއިދާއި އެއްގޮތަށް ބޭނުންކުރާނަމަ ކުރާ ގޮތާއި، މި ލަފުޒުތައް އެކަށައަޅާފައިވާ ގަވާއިދާއި ހިލާފަށް ބޭނުންކުރާނަމަ ދިމާވެދާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯ ބެލިފައިވާނެއެވެ. އެގޮތުން މި ލަފުޒުތައް ބޭނުންކުރާގޮތް ބެލުމަށްޓަކައި މި ދިރާސާއަމާޒުކުރެވުނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ރ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި އެ ސުކޫލުގެ މުދައްރިސުންނެވެ. އެގޮތުން ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސާރވޭ ފޯމެއްދީގެން އެދަރިވަރުން "ހުރުން،އިނުން،އޮތުން" މި ލަފުޒުތައް ދިވެހިބަހުގެ އެކަށައަޅާފައިވާ ގަވާއިދާ އެއްގޮތަށް ބޭނުންކުރަން އެނގޭތޯއާއި ދިވެހި ބަހުގެ އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ މިންވަރު ބަލާފައިވާނެއެވެ. އެގޮތުން މި ކުރެވުނު ދިރާސާއިން އެކަށައަޅާފައިވާ ގަވާއިދުގައިވާ "ހުރުން، އިނުން، އޮތުން" ތަފާތު ގޮތްތަކަށް ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރެވުނެވެ. މި ދިރާސާ ހެދުމަށްޓަކައި މުދައްރިސުންނަށް ކުރެވުނު ސާރވޭއިން " ހުރުން،އިނުން،އޮތުން" މި ގަވާއިދަށް މުދައްރިސުން އަމަލުކުރަމުންދާގޮތް ނުވަތަ މި ގަވާއިދާއި މެދު އަމަލުކުރަމުންދާގޮތް ސާފުވެގެން ދިޔައެވެ. އަދި ހަމައެހެންމެ ސާރވޭ ފޯރމުތަކާއި އިންޓަރވިއުތަކުން ލިބުނު މައުލޫމާތުތަކުން "ހުރުން،އިނުން،އޮތުން" އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ވަކި އުސޫލެއްނެތި ބޭނުންކުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހޯދުނެވެ. އެގޮތުން ސާރވޭގައި ގިނަ ފަރާތަކުން ހާމަކޮށްފައިވަނީ އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ވަކި އުސޫލެއްނެތި "ހުރުން،އިނުން،އޮތުން" ބޭނުންކުރުން އާއްމުވާން ދިމާވާ މައްސަލައަކީ ސުކޫލުތަކުގައި މިފަދަ ގަވާއިދުތަކާއި އެއްގޮތަށް ދިވެހި ބަސްކިޔަވައި ނުދެވުމެވެ. މުޅި ދިރާސާއިން ފާހަގަކުރެވުނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ގަވާއިދާއި އެއްގޮތަށް "ހުރުން، އިނުން، އޮތުން" ބޭނުންކުރުމުގައި މި މަދަރުސާގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުންގެ ހިލާފުވާކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1189
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Mohamed Waheed.pdf7.12 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.