Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1382
Title: ދެކުނު ގަޑުބަޑުގައި ބައިވެރިވި ހުވަދުއަތޮޅުގެ ގިނަ ބަޔަކު އެއަތޮޅު ގައްދުއަށް އެރީ ގައްދޫ މީހުން "ޔުނައިޓެޑް ސުވައިޑީބު އައިލެންޑްސް" ބޯ ނުލަނބައިގެން ހެއްޔެވެ؟ އަދި އެމީހުން ގައްދުއަށް އަރައި ކުރީ ކީއްހެއްޔެވެ؟
Other Titles: Dhekunu gadubadugai baiverivi Huvadhu atholhuge gina bayaku e atholhu Gadhdhoo ah eree Gadhdhoo meehun “United Suvaidheeb Islands” boa nulan’baigen heyyeve? Adhi e meehun Gadhdhoo ah aria kuree keeheyyeve?
Authors: އަޙުމަދު ނާޞިޙު
Nasih, Ahmed
Issue Date: 1-Nov-2011
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އަޙުމަދު ނާޞިޙު. (2011). ދެކުނު ގަޑުބަޑުގައި ބައިވެރިވި ހުވަދުއަތޮޅުގެ ގިނަ ބަޔަކު އެއަތޮޅު ގައްދުއަށް އެރީ ގައްދޫ މީހުން "ޔުނައިޓެޑް ސުވައިޑީބު އައިލެންޑްސް" ބޯ ނުލަނބައިގެން ހެއްޔެވެ؟ އަދި އެމީހުން ގައްދުއަށް އަރައި ކުރީ ކީއްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Nasih, A. (2011). Dhekunu gadubadugai baiverivi Huvadhu atholhuge gina bayaku e atholhu Gadhdhoo ah eree Gadhdhoo meehun “United Suvaidheeb Islands” boa nulan’baigen heyyeve? Adhi e meehun Gadhdhoo ah aria kuree keeheyyeve?. Male', Maldives National University.
Abstract: މިދިރާސާ އަކީ މީލާދީން 1959 ގައި އައްޑުއަތޮޅުގައި އުފެދުނު ގަޑުބަޑުގައި ބައިވެރިވި ހުވަދުއަތޮޅުގެ ގިނަ ބަޔަކު އެއަތޮޅު ގައްދުއަށް އެރީ ގައްދޫ މީހުން ދެކުނު ގަޑުބަޑުގައި އުފެދުނު "ޔުނައިޓެޑް ސުވައިދީބު އައިލެންޑްސް" ސަރުކާރަށް ބޯ ނުލަޏބައިގެން ތޯއާއި ގަޑުބަޑުގެ ބައިވެރިން ގައްދުއަށް އަރައި ކުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ހަދާފައިވަނީ ކުއަލިޓޭޓިވް ޕެރެޑައިމުގެ ދަށުންނެވެ. މިދިރާސާ ފުރިހަމަ ދިރާސާއަކަށް ހެދުމަށްޓަކައި ސާންޕަލް ނަގާފައިވަނީ ހުވަދުއަތޮޅުގައި އުފެދުނު ގަޑުބަޑުގައި ބައިވެރިވި މީހުންނާއި ، އެގަޑުބަޑުގެ ކަންތައްތައް ވަރަށްގާތުން ދެކެވަޑައިގެންނެވި ބޭފުޅުންނާއި، ގަޑުބަޑުގެ ބައިވެރިން ގައްދުއަށް އެރިއިރު އެމަންޒަރުތައް ލޮލުން ދެކިވަޑައިގެން އަމިއްލަ ފުޅަށް ތަޛުރިބާ ކުރެއްވި ބޭފުޅުންނާއި، ގަޑުބަޑު ފަތަޙަ ކުރެއްވުމަށް އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބުރާހިމް ނާޞިރު އަރިހުގައި ހުވަދު އަތޮޅަށް ވަޑައަގެންނެވު ބޭފުޅުންނާއި ތާރީޚު ޢިލްމުވެރިންނެވެ. މި ދިރާސާއަށް ޑާޓާ އެއްކޮށްފައިވަނީ ލިޔުންތެރިން މިގަޑުބަޑާ ބެހޭގޮތުން ލިޔުއްވައިފައިވާ ލިޔުންތަކުންނާއި، ކުރިން މިދެންނެވި ބޭބޭފުޅުންނާއި ބައްދަލުކޮށް އިންޓަވިއު ކޮށްގެންނެވެ. މިދިރާސާގެ އިންޓަވިއު ނަގާފައިވަނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހެއް ފުރިހަމަކުރަނުން އަޑުވެސް ރިކޯޑުކޮށްގެންނެވެ. ދިރާސާގައި ލިބުނު މަޢުލޫމާތުގެ އަލީގައި ދެކުނު ގަޑުބަޑުގައި ބައިވެރިވެ ހުވަދުއަތޮޅުގައި ދެގަޑުބަޑު ގެނެވުނުކަމާއި އެދެގަޑުބަޑުގައިވެސް ހުވަދުއަތޮޅުގެ ގިނަ ބަޔަކު އެއަތޮޅު ގައްދުއަށް އެރިކަމާއި، އަރަފައިވަނީ ގައްދޫ މީހުން ސުވައިދީބު ސަރުކާރަށް ބޯނުލަނބައިގެންކަން ސާބިތުވެފައިވެއެވެ. އަދި ދެފަހަރުވެސް ގައްދޫ މީހުންނަށް އަނިޔާކޮށްފައިވާކަން އެނެގުނެވެ. މިގޮތުން ގައްދޫ މީހުންނަށް ބޮޑަށް އަނިޔާވެފައިވަނީ ދެވަނަ ގަޑުބަޑުގައި ކަންވެސް އެނގުނެވެ. ދެވަނަ ގަޑުބަޑުގައި ގައްދުއަށް އެރި ގަޑުބަޑުގެ ބައިވެރިން ގައްދޫ މީހުންގެ ތެރެއިން ކަމުވޮށިވެގެންވާ ފިރިހެނުން ބަނދެހައްޔަރުކޮށް، ބައެއްމީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ދީފައިވާކަމާއި ރަށުގެ ގާތްގަނޑަކަށް ހުރިހައި ގޭގޭއަކަށްހެން ވަދެ އެގޭތައް ލޫޓުވައި، އަރުމާޒު އޮޑިފަހަރާއި ވަދުދޯނިތަކާ، އޮޑިހަރުގެ ތަކުގައި ހުޅުޖަހައި ވަރަށް ބޮޑެތިގެއްލުންތައް ދީފައިވާކަނަ މިދިރާސާއިން ހޯދިފައިވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1382
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Nasih.pdf996.73 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.