Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/3066
Title: | ބަހުން ބުނަން އެނގޭ ގުރޭޑް1 ގެ ކުދިންނަށް ހިސާބުގެ ވިޔަ ޢަދަދުތައް، ދިވެހި މިންވަރު އަދި މާދަރީބަހުން ގުނުމުގައި މި ކުދިންނަށް މަދަރުސާގެ މާޙައުލުން ކުރިމަތިވާ ގޮންޖެހުންތައް |
Other Titles: | Bahun bunan en'gey gureydu1 ge kudhinnah hisaabuge viya a'dhadhutha, dhivehi minvaru adhi maadhareebahun gunumugai mi kudhinnah madharusaage maah'aulun kurimathivaa gonjehunthah' |
Authors: | އަޙުމަދު ހާޝިމް Hashim, Ahmed |
Issue Date: | 30-Nov-2016 |
Publisher: | Faculty of Arts, Maldives National University |
Citation: | އަޙުމަދު ހާޝިމް. (2016). ބަހުން ބުނަން އެނގޭ ގުރޭޑް1 ގެ ކުދިންނަށް ހިސާބުގެ ވިޔަ ޢަދަދުތައް، ދިވެހި މިންވަރު އަދި މާދަރީބަހުން ގުނުމުގައި މި ކުދިންނަށް މަދަތުސާގެ މާޙައުލުން ކުރިމަތިވާ ގޮންޖެހުންތައް. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. Hashim, A. (2016). Bahun bunan en'gey gureydu1 ge kudhinnah hisaabuge viya a'dhadhutha, dhivehi minvaru adhi maadhareebahun gunumugai mi kudhinnah madharusaage maah'aulun kurimathivaa gonjehunthah'. Male', Maldives National University. |
Abstract: | މިއީ ހިސާބުގެ ވިޔަ ޢަދަދުތައް ދިވެހި ބަހުން ބޭނުންނުކުރާ ދިވެހިން، ޚާއްޞަކޮށް ޒުވާނުން މިއަދު ގިނަކަމަށް ފާހަގަކުރެވޭތީއާއި ނަންބަރު ލަފުޒުތައް ނެތެމުންދާކަމަށް ފާހަގަކުރެވިފައިވުމުން، ގުރޭޑް 1ގެ ކުދިންނަށް ނަންބަރު ލަފުޒުތައް ދިވެހި ބަހުން ބުނަން އެނގޭ މިންވަރު ދެނެގަތުމަށާއި މާދަރީބަހުން ގުނުމުގައި މި ކުދިންނަށް މަދަރުސާގެ މާހައުލުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިޔަށް ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިކުރީ މާލޭގެ ސަރުކާރު ސްކޫލްތަކުގެ ގުރޭޑް އެކެއްގައި ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންގެ ތެރެއިން ސިމްޕަލް ރެންޑަމްކޮށް ހޮވާލެވުނު 100 ދަރިވަރުންނާއި މާލޭގެ ސަރުކާރުގެ ސްކޫލްތަކުގެ ތެރެއިން އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ހުރިހައި ސްކޫލެއްގެ، ގުރޭޑް 1 ގެ ދަރިވަރުންނަށް ކިޔަވައިދޭ ހުރިހައި ޓީޗަރުންނާއި އެކުދިންނާ ސީދާ ގޮތެއްގައި މުޢާމަލާތުކުރަން ޖެހޭ އެކަޑަމިކް މުވައްޒަފުންނެވެ. އެގޮތުން އެކުޖުމުލަ 73 މުވައްޒަފުން ވަނީ މި ދިރާސާގައި ބައިވެރިވެފައެވެ. 1-50 އާ ހަމައަށް ނަންބަރު ޢަދަދުތައް ދިވެހި ބަހުން ބުނަން އެނގޭތޯ ބެލުމަށް ގުރޭޑް އެކެއްގެ ހިސާބު މާއްދާގެ މުގައްރަރާ ފުށުނާރާނެހެން ދަރިވަރުންނަށް ތަފާތު ތިން ޓެސްޓެއް ދިނީމެވެ. ހަމައެހެންމެ، މާދަރީބަހުން ގުނުމުގައި މި ކުދިންނަށް މަދަރުސީ މާހައުލުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް، މި ދިރާސާގައި ބައިވެރިވި 73 މުވައްޒަފުންނަށް ސަރވޭފޯމެއް ދެވުނެވެ. ދަރިވަރުން ލައްވާ ހެއްދި ޓެސްޓާއި ސަރވޭ ފޯރމްގެ ނަތީޖާ ސާފުކުރުމަށްފަހު ލިބުނު މަޢުލޫމާތުގެ އެހީގައި މި ދިރާސާގެ ނަތީޖާ ރިޕޯޓްކޮށްފައި ވާނީ ތަފާސްހިސާބާއި ގްރާފް ފަދަ ކުރެހުންތަކުންނެވެ. އެގޮތުން މުޅި މި ދިރާސާ ބިނާވެފައި އޮންނާނީ ކުއަންޓިޓޭޓިވް ޑޭޓާގެ މައްޗަށެވެ. މި ދިރާސާގެ ސަބަބުން ކުދިން ގުނުމާއި ނަންބަރު ލަފުޒު ބޭނުންކުރުމުގައި ބޮޑަށް އިސްކަން ދެނީ ކޮން ބަހަކަށް ކަމާއި ދިވްހި ބަހުން ގުނާށާއި ނަންބަރު ލަފުޒުތައް ބޭނުންކުރާ މިންވަރު ހާމަވިއެވެ. އެގޮތުން އިނގިރޭސި ބަހަކީ ދެވަނަ ބަސް ކަމުގައި ވިޔަސް ގުނާށާއި ނަންބަރު ލަފުޒު ބުނަން ދަރިވަރުން ދަށީ މާދަރީ ބަހުން ކަން ވަނީ ހާމަވެފައެވެ. މީގެއިތުރުން، ފާހަގަކުރެވުނު ގޮތުގައި މާދަރީ ބަހުން ގުނުމުގައި މި ކުދިންނަށް ސްކޫލް މާހައުލުން ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރިކަމާއި އެކަންކަން ގުޅިފައި ވަނީ ސްކޫލް މާހައުލުގައި އެކުދިންނާ މުޢާމަލާތުކުރަން ޖެހޭ ފަރާތްތަކުގެ އިތުރަށް ހިސާބު މާއްދާގައި ގުނުމުގެ ބައި ކިޔަވައިދެވޭ ގޮތާއި ތަޢުލީމްދޭ މީޑިއަމާއެވެ. މި ދިރާސާގެ ސަބަބުން ދިވެހި ބަހުގެ ތެރެއިން ނެތެމުންދާ ހިސާބުގެ ވިޔަޢަދަދުތަކަށް ދިވެހި ބަހުން ބޭނުންކުރާ ދިވެހި ލަފުޒުތައް ދިރުވާ އާލާކުރުމަށާއި އުނގަންނައިދިނުމުގައި މިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މިންވަރު ހާމަވިއެވެ. އެހެންކަމުން މިއީ ތަޢުލީމީ ދާއިރާއަށް، ޚާއްޞަކޮށް މުގައްރަރު އެކުލަވާލާ ފަރާތްތަކަށާއި ދިވެހި ބަހަށް މުހިއްމު ދިރާސާއެއް ކަމުގައި ވެސް ފާހަގަކުރެވުނެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/3066 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.