Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4243
Title: ދިވެހި ވާހަކަތަކުގައި މެޓަފަރއާއި ސިމިލީ ބޭނުންކޮށްފައި ހުންނަގޮތާއި އޭގެ ސަބަބުން ވާހަކަގައި އުފައްދާ އަސަރު
Other Titles: Dhivehi vaahakathakugai metafa aai similie beynunkohfai hunnagothugaai eyge sababbun vahaakaigai uffadhaa asaru
Authors: ޢާއިޝަތު ރަޝީދާ
Rasheedha, Aishath
Issue Date: 1-Nov-2018
Publisher: Faculty of Arts, Maldives National University
Citation: ޢާއިޝަތު ރަޝީދާ. (2018). ދިވެހި ވާހަކަތަކުގައި މެޓަފަރއާއި ސިމިލީ ބޭނުންކޮށްފައި ހުންނަގޮތާއި އޭގެ ސަބަބުން ވާހަކަގައި އުފައްދާ އަސަރު. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Rasheedha, A. (2018). Dhivehi vaahakathakugai metafa aai similie beynunkohfai hunnagothugaai eyge sababbun vahaakaigai uffadhaa asaru. Male', Faculty of Arts, Maldives National University.
Abstract: މިއީ "ދިވެހި ވާހަކަތަކުގައި މެޓަފަރއާއި ސިމިލީ ބެނުންކޮށްފައި ހުންނަ ގޮތާއި އޭގެ ސަބަބުން ވާހަކައިގައި އުފައްދާ އަސަރަކީ ކޮބައިހެއްޔެވެ؟" މި މައިގަނޑު ސުރުޚީގެ މައްޗަށް ކޮލިޓޭޓިވް ޕެރަޑައިމްގެ އެހީގައި ޑިޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާގައި ވާހަކައިގެ ގޮތުގައި މަނާކޮށްފައިވާނީ ދިވެހިބަަހުން ލިޔެފައިވާ ދިވެހި ވާހަކަތަކެވެ. ދިރާސާ ހެދުމަށް ޓަކައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ކިޔަވައިދޭ ވާހަކަތަކުގެތެރެއިން ހަތަރު ވާހަކައެއް އިޙްތިޔާރުކޮށް އެ ވާހަކަތަކުން ޑާޓާ ނަގައި އެނަލައިޒް ކޮށްފައިވާނެވެ. ދިވެހިބަހުގެ ވާހަކަތަކުގައިވެސް މެޓަފަރއާއި ސިމިލީ ބޭނުންކޮށްފައި ހުރިކަން މި ދިރާސާއިން އެނގުނެވެ. ދިރާސާއަށް ނެގުނު ވާހަކުން މެޓަފަރއާއި ސިމިލީ ފެނިފައިވަނީ ވަރަށް މަދުންކަން ވެސް މި ދިރާސާއިން ހާމަވިއެވެ. މެޓަފަރއާއި ސިމިލީ ފެނިފައިވަނީ ވަރަށް މަދުންކަން ވެސް މި ދިރާސާ ހާމަވިއެވެ. މެޓަފަރއާއި ސިމިލީ ގޮތުގައި އެއްލަފުޒާއި އެއަށްވުރެންގިނަ ލަފުޒު އެކުވެގެން އުފެދިފައިވާ މެޓަފަރއާއި ސިމިލީ ހުންްނަކަން ވެސް ފާހަގަވިއެވެ. އަދި މި ލަފުޒުތަކާއި ބަސްކޯޅިތައް ދިވެހިބަހުގެ ނަމާއި ކަމުގެ މައިގަނޑުގެ ތެރެއަށް ވަދެފައިވާކަން ވެސް ހާމަވިއެވެ. މި އުކުޅުތައް ހުށަހެޅުމުގެ ބޭނުމަކީ މީހެއް، ތަނެެއް، އެއްޗެއް، ކަމެއް ސިފަކޮށްދިނުމާއި އިޙްސާސްތައް ބަޔާންކޮށްދިނުންކަން ވެސް ދިރާސާއިން އެނގުނެވެ. މިގޮތަށް މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައިވުމުން މާނަތައް ފުރިހަމަވެ ފުޅާވެ، ޝައުޤު އިތުރުވެ، ދައްކައިދޭން ބޭނުންވާ ސިފަ ނުވަތަ ކޮންސެޕްޓް ދެނެގަތުމަށް ފަސޭހަވާކަން ވެސް ހާމަވިއެވެ. ދިރާސާ ހެދުމުގެ ކުރިން މެޓަފަރއާއި ސިމިލީއާއިބެހޭގޮތުން ހޯދި ހޯދުުމުން، ދިވެހިބަހުގެ މަޖާޒާއި މަޖާޒީ މިސާލުގެ ތަޢާރަފާއި މެޓަފަރގެ ތަޢާރަފު ވެސް އެއްގޮތް ކަމާއި މިސާލާއި މިސާލުބަހުގެ ތަޢާރަފާއި ސިމިލީގެ ތަޢާރަފާއި ސިމިލީގެ ތަޢާރަފާއި ވެސް އެއްގޮތަކަން ހާމަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/4243
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.