Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4245
Title: ރަސްކަމުގެ ތާރީޚުގައި އުތީމު ދަރިކޮޅާއި ހުރާ ދަރިކޮޅުގެ ތެރެއިން ދިވެހި ޤައުމުގެ ތަރައްޤީއަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވަނީ އުތީމު ދަރިކޮޅުންނެވެ
Other Titles: Rasskamuge thaareekhugaiy Utheemu dharikolhaai huraa dharikolhuge therein Dhivehi Qaumuge tharraqeeah enme bodethi Khidhumaiythakeh kohdhehvaafaivanee Utheemu dharikolhunneve
Authors: މުޙައްމަދު ޝާފިޢު
Shafiu, Mohamed
Issue Date: 1-Oct-2018
Publisher: Faculty of Arts, Maldives National University
Citation: މުޙައްމަދު ޝާފިޢު. (2018). ރަސްކަމުގެ ތާރީޚުގައި އުތީމު ދަރިކޮޅާއި ހުރާ ދަރިކޮޅުގެ ތެރެއިން ދިވެހި ޤައުމުގެ ތަރައްޤީއަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވަނީ އުތީމު ދަރިކޮޅުންނެވެ. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Shafiu, M. (2018). Rasskamuge thaareekhugaiy Utheemu dharikolhaai huraa dharikolhuge therein Dhivehi Qaumuge tharraqeeah enme bodethi Khidhumaiythakeh kohdhehvaafaivanee Utheemu dharikolhunneve. Male', Faculty of Arts, Maldives National University.
Abstract: ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވި ދަރިފަސްކޮޅުތަކުގެ ތެރެއިން އުތީމު ދަރިކޮޅާއި ހުރާ ދަރިކޮޅަކީ ދިވެހި ޤައުމުގެ ތަރައްޤީއަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ދަރިކޮޅު ކަމުގައި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. އެހެންކަމުން މި ދިރާސާއަކީ މި ދެ ދަރިފަސްކޮޅުގެ ތެރެއިން ދިވެހި ޤައުމުގެ ތަރައްޤީއަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވީ ކޮން ދަރިކޮޅެއްގެ ރަސްކަމުގައިތޯ ދެނެގަތުމަށް ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ދިވެހި ތާރީޚުން ލިބެންހުރި ސައްޙަ މަޢުލޫމާތު ހިމެނޭ ޓެކްސްޓް އެނެލައިޒް ކޮށްގެން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާއިން ހާމަވީ ގޮތުގައި އުތީމު ދަރިކޮޅާއި ހުރާ ދަރިކޮޅުގެ ރަސްކަމުގެ ދިގު ތާރީޚުގައިވެސް، ޤައުމުގެ ތަރައްޤީއަށް މުހިންމު ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައި ވެއެވެ. އެހެނަސް މީގެތެރެއިން ރަސްކަމުގެ ތާރީޚުގައި ދިވެހި ޤައުމަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ދަރިކޮޅަކީ އުތީމު ދަރިކޮޅު ކަމަށް މި ދިރާސާއިން ފާހަގަ ކުރެވެނީ އެތަކެއް ސަބަބުތަކަކާ ހުރެއެވެ. އެގޮތުން ހުރާ ދަރިކޮޅުގެ ރަސްކަމާ ޚިލާފަށް އުތީމު ދަރިކޮޅުގެ ރަސްކަން ފާހަގަ ކުރެވެނީ ވަރަށް އަމާން އޮމާން، ދާޚިލީ ހަމަނުޖެހުންތައް މަދު، މާލެ ވަށައި ތޮށިލުމާއި މާލެ ވަށައި ފާރު ރޭނުންފަދަ އެޒަމާނާ އަޅާބަލާއިރު ތަރައްޤީގެ ވަރަށް ބިޔަ މަޝްރޫޢުތަކެއް ހިނގާދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އުތީމު ދަރިކޮޅުގެ ރަސްކަން އަމާންކަމާއި އޮމާންކަމާއިއެކު ހިނގައި ދިޔައިރު، ދާޚިލީ ހަމަނުޖެހުންތައް ނެތުމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އަމާޒު ހުސްކުރެވިގެން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވި ނަމަވެސް ހުރާ ދަރިކޮޅުގެ ރަސްކަމުގެ ބައެއް ރަސްރަސްކަލުންގެ ދުވަސްވަރު ޤައުމުގެ ދާޚިލީ ހަމަޖެހުން ޤާއިމު ނުކުރެވުމުން ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅިގެން ދިޔައެވެ. އެހެންކަމުން ހުރާ ދަރިކޮޅުން ޤައުމުގެ ތަރައްޤީއަށް ކުރެއްވި ބައެއް ޚިދުމަތްތައް އެ ރަސްކަމުގައި ފަނާވެގެންގޮސް ފަހުގެ ޖީލުތަކާ ހަމައަށް ފޯރާފައި ނުވާއިރު، އުތީމު ދަރިކޮޅުގެ ގިނަ ޚިދުމަތްތައް މި ދަރިކޮޅުގެ ރަސްކަން ނިމި، ދެން އައި ރަސްކަން ތަކުގައްޔާއި، އަދުގެ ޖީލަށްވެސް ފެންނަން އެބަހުއްޓެވެ. ކަން މިހެން ހުރުމާއިއެކު، އުތީމު ދަރިކޮޅުގެ ރަސްކަމުގައި ޤައުމުގެ އެތެރޭގެ ދާޚިލީ ހަމަޖެހުން ޤާއިމު ކުރެއްވުމާއި ބޭރުގެ ޙަމަލާތައް މައިތިރި ކުރެއްވުމުގެ ސަބަބުން ތަހުޒީބާއި ތަމައްދުނާއި ޢިލްމީގޮތުން ދިވެހި ޤައުމުގެ ތަރައްޤީއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަކަން ފާހަގަ ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/4245
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.