Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4268
Title: ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު
Other Titles: Dhivehibahugai lafuzu thakuraarukohgen lafuzu ufedhey gothaai eyege dhauru
Authors: ޢާއިޝަތު ޒިދުނާ
Zidhna, Aishath
Issue Date: 1-Nov-2018
Publisher: Faculty of Arts, Maldives National University
Citation: ޢާއިޝަތު ޒިދުނާ. (2018). ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒު އުފެދޭ ގޮތާއި އޭގެ ދައުރު. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Zidhna, A. (2018). Dhivehibahugai lafuzu thakuraarukohgen lafuzu ufedhey gothaai eyege dhauru. Male', Faculty of Arts, Maldives National University.
Abstract: މި ދިރާސާއަކީ، ލަފުޒު ތަކުރާރުކުރުމުގެ (ރީޑުޕްލިކޭޝަންގެ) ނުވަތަ، ނާޒިމް ޢަބްދުއްސައްތާރު (2016) ވިދާޅުވެފައިވާ، "ފަށްފަށްކުރުމުގެ ކިއްސަރު" ގެ އުޞޫލުން ދިވެހިބަހުގައި ލަފުޒު އުފެދިފައި ހުރި ގޮތްތައް ދެނެގަތުމާއެކު، އެ ލަފުޒުތައް ދިވެހިބަހުގައި އަދާކުރާ ދައުރުތައް ބެލުމުގެ މަޤްޞަދުގައި ކުރެވުނު ދިރާސާއެކެވެ. އެ ގޮތުން މި ދިރާސާގައި، ދުނިޔޭގެ ބައެއް ބަސްބަހުން ފެންނަން ހުރި، ލަފުޒު ތަކުރާރުކުރުމުގެ އުޞޫލުތައް ނުވަތަ ވައްތަރުތަކާ އެއްގޮތަށް ދިވެހިބަހުގައި ފެންނަން ހުރި އެފަދަ ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. ހަމައެހެންމެ އެ ލަފުޒުތައް ޖުމުލައިގައި އަދާކުރާ ދައުރުތައް ނުވަތަ ޖުމުލައިގައި އެ ލަފުޒު ބޭނުންކޮށްފައިވާ ގޮތް ވެސް މި ދިރާސާއިން ދެނެގަނެވުނެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ، ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެންނެވެ. އަދި މިއީ ޓެކްސްޓް އެނާލިސިސްގެ މައްޗަށް ބިނާކޮށްގެން ހެދިފައިވާ ދިރާސާއެއް ވެސް މެއެވެ. މި ދިރާސާއަށް، ސާމްޕަލްގެ ގޮތުގައި ނަގައިފައިވާނީ ދިވެހިބަހުން ހިންގަމުން އަންނަ ވެބްސައިޓުތަކުގައި ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރެއިން، ލަފުޒު ތަކުރާރުކޮށްގެން އުފައްދައިފައިވާ ލަފުޒު ހިމެނޭ ޖުމުލަތައް އެކަންޏެވެ. އެ ގޮތުން ފައިންޑިންގްސް ބައިގައި ހިމެނި މި ޖުމުލަތައް ދިރާސާކުރުމުން، ދިވެހިބަހުގައި ލަފުޒު ތަކުރާރުކޮށްގެން ލަފުޒުތައް އުފެދިފައިވާ ގޮތް ދެނެގަނެވުނެވެ. އަދި އެ ލަފުޒުތައް އަދާކުރާ ދައުރުތައް ވެސް ދެނެގަނެވުނެވެ. އެއަށްފަހު ފާހަގަވީ ހުރިހާ ކަންކަން ތަފްޞީލުކޮށް ޑިސްކަޝަން ބައިގައި ބަޔާންކޮށްފައި ވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/4268
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Dhivehibahugai lafuzu thakuraarukohgen lafuzu ufedhey gothaai eyege dhauru.pdf338.78 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.