Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/839
Title: ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟
Other Titles: Dhivehi bahun liyunthah liyanee mauloomaathu hushahelhumuge wonigandah (infomeyshan sutrakcharah) fetheygothah hehyeve?
Authors: Ali, Ashraf
އަޝްރަފް ޢަލީ
Keywords: މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑު
މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް
ޕެރެގްރާފް ލިޔުން
ދީފައިވާ މަޢުލޫމާތު
ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުން
ތިމާއި ރީމު
Information Structure
correct grammar usage
writing paragraph
given information
new information
structural pattern
cohesive devises
dhivehi grammar
language use
ދިވެހިބަހުގެ ްާވާއިދު
ބަސް ހެޔޮގޮތުގައި ބޭނުންކުރުން
ޖުމްލަ އެކުލެވިފައިވާ ގޮތް
Issue Date: 1-Nov-2009
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Ali, A. (2009). Dhivehi bahun liyunthah liyanee mauloomaathu hushahelhumuge wonigandah (infomeyshan sutrakcharah) fetheygothah hehyeve?. Male',. Maldives College of Higher Education.
އަޝްރަފް ޢަލީ. (2009). ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/839
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ashraf Ali.pdf44.43 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.