Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/859
Title: ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟
Other Titles: Saanavee dharivarun ekashaalhaafaivaa gavaaidhaa khilaafah vaahakadhehkumugai "inun" beynunkuranee keehvegen hehyeve?
Authors: Hussain, Rahma
ރަހުމާ ޙޫސައިން
Keywords: ރަސްމީބަހުރުވައިން ވާހަކަދެއްކުން
އިނުން
އިނުން ބޭނުންކުރުމުގެ ހަމަތައް
ދިވެހިބަހުގެ ޤަވާޢިދު
mother tounge
Dhivehi language grammar
Issue Date: 1-Nov-2009
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން.
Faculty of Arts, Maldives College of Higher Education
Citation: Hussain, R. (2009). Saanavee dharivarun ekashaalhaafaivaa gavaaidhaa khilaafah vaahakadhehkumugai "inun" beynunkuranee keehvegen hehyeve?. Male', Maldives College of Higher Education
ރަހުމާ ޙޫސައިން. (2010). ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަމުންދާ ސަބަބުތައް ދެނެގަތުމެވެ.މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 2 ދާއިރާއަކަށެވެ.އެއީ ދަރިވަރުންނާއި މުދައްރިސުންނަށެވެ.މިގޮތުން ދަރިވަރުންނާއި މުދައްރިސުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން ޖުމުލަތަކެއް ނަގައި، މި ޖުމުލަތަކުގައި "އިނުން" އެކަށައަޅާފައިވާ ޤަވާާާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ.އަދި އެކަށައަޅާފައިވާ ޤަވާއިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ބޭނުންކުރެވިފައިވާ މިންވަރު ބަލާފައިވާނެއެވެ.މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "އިނުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ.އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާއިދުގައިވާ "އިނުން" ބޭނުންކުރުމުގެ ފަސްހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، ޢާއްމުގޮތެއްގައި ހުރިހާ ހަމައަކަށްވެސް ތަބާވެއެވެ.ނަމަވެސް ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ކަން މި ދިރާސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުުނު ސާާރވޭއިން "ހުރުން، އިނުން، އޮތުން" ގެ ތެރެއިން "އިނުން" ބޭނުންކުރުމުގެ ޤަވާއިދު ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއްކަމާއި ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ.އަދި "އިނުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލީފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ހޯދިފައިވާނެއެވެ.މީގެ އިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައްވެސް ހޯދިފައިވާނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "އިނުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވަޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ ޖުމުލަ 56.6 އިންސައްތަ ބޭނުންކޮށްފައިވާކަމެވެ.މީގެ އިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "އިނުން" ބޭނުންކުރުމުގެ އިތުރު ހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/859
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Rahma Hussain.pdf2.29 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.