Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/886
Title: ރަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
Other Titles: Rasmee bahuruvaigai ubufihyah nimifai hunna namuge lafuzuthah fuvahmulaku bahuruvayah badhaluvegen dhaairu ey lafuzuthakah anna fonological badhaluthakakee kobaihehyeve?
Authors: Ahmed, Fathimath
ފާތިމަތު އަހްމަދު
Keywords: ރަސްމީ ބަހުރުވަ
އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް
ފުވައްމުލަކު ބަހުރުވަ
ފޮނޮލޮޖިކަލް ބަދަލުތައް
ލަފުޒުގެ ނިމުން
އޮބޮފިލި
އުބުފިލި
އަބަފިލި
އިބިފިލި
ދިވެހިބަސް
ދިވެހިބަހުގެ ޤަވާއިދު
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Rasmee bahuruvaigai ubufihyah nimifai hunna namuge lafuzuthah fuvahmulaku bahuruvayah badhaluvegen dhaairu ey lafuzuthakah anna fonological badhaluthakakee kobaihehyeve?
ފާތިމަތު އަހްމަދު . (2011). ަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިއީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގެ މެދުގައިވާ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށާއި އެތަފާތުތައް އަންނަނީ ވަކި އުސޫލަކުންތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން، މި ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށްޓަކައި ރަސްމީބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތަކުގެ ތެރެއިން 330 ލަފުޒު ސާމަޕަލްގެ ގޮތުގައި ނަގައިގެން މި ލަފުޒުތައް ތަހްލީލްކޮށފައިވާނެއެވެ. މިކަމަށްޓަކައި ރަސްމީ ބަހުރުވައިގެ ލަފުޒުތައް ނަގާފައިވާނީ ދިވެހި ބަސްފޮތް(2006) އިންނެވެ. ފުވައްމުލަކު ބަހުރުވައިގެ ލަފުޒުތައް ހޯދާފައިވާނީ ރަސްމީ ބަހުރުވަޔާއި ފުވައްމުލަކު ބަހުރުވަ ރަގަޅަށް ދަންނަ 5 ފަރާތެއްލައްވާ ސުވާލު ކަރުދާހެއް ފުރުވައިގެންނެވެ. މިގޮތުން، ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހާމަވިގޮތުގައި ރަސްމީ ބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެފައިވަނީ މައިގަނޑު 6 އުސޫލެއްގެ ދަށުންނެވެ. އެއުސޫލުތަކަކީ، ލަފުޒުގެ ނިމުން، 'ލޯ ބެކް ޝޯޓްވަވަލް' /o/ (އޮބޮފިލި) އަށް ބަދަލުވުމާއި، ހައިބެކް ޝޯޓް ވަވަލ'/u/ގެ (އުބުފިލީގެ ގޮތުގައްޔާއި 'ހައި ފްރަންޓް ޝޯޓް ވަވަލް /i/ (އިބިފިލި) އަށް ބަދަލުވުމާއި 'މިޑް ސެންޓރަލް ޝޯޓް ވަވަލް/a/ (އަބަފިލި) އަށް ބަދަލުވުމުގެ އިތުރުން 'މިޑްފްރަންޓް ޝޯޓްވަވަލް /e/ (އެބެފިލި) އަށް ބަދަލުވުމެވެ. މީގެ އިތުރުން، ލަފުޒުގެ އެންމެ ފަހު ސިލަބަލެއްގެ ގޮތުގައި ކްލޯޒްޑް ސިލަބަލެއް އައިސްގެންނެވެ. އެހެނަސް، މިއީ ރަސްމީ ބަހުރުވައިގައި އެއް މާހައުލެއްގައި ( އެންވަރމެންޓެއްގައި) އަންނަ ކޮންސަނަންޓް އަޑުތަކުގެ ތަފާތެއްވެސް މި ދެ ބަހުރުވައިގެ މެދުގައި ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/886
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Fathimath Ahmed.pdf1.68 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.