DSpace Repository

ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަފައިން މަސްވެރިކަން ކުރިގޮތް މުހިންމު ހެއްޔެވެ؟

Show simple item record

dc.contributor.author ޢަލީ ނިފާޢު
dc.contributor.author Nifaau, Ali
dc.date.accessioned 2018-03-20T15:24:14Z
dc.date.available 2018-03-20T15:24:14Z
dc.date.issued 2014-11-01
dc.identifier.citation Nifaau, A. (2014). Dhemehehtenivi masverikameh kurumah kaabafain masverikan kurigoiy muhinmu hehyeve?. Male', Maldives National University. en_US
dc.identifier.citation އަލީ ނިފާޢު. (2014). ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަފައިން މަސްވެރިކަން ކުރިގޮތް މުހިންމު ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1034
dc.description.abstract މި ދިރާސާއަކީ އެކި އެކި ފަރާތްތަކުން ކޮށްފައިވާ މި މަޢުލޫއާ ގުޅުންހުރި ދިރާސާތަކާއި މަޢުލޫމާތު ލިބެންހުރި ސޯސްތަކުންނާއި އިންޓަވިއުގެ އިތުރުން ސާވޭ ފޯމުގެ އެހީގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަަފައިން މަސްވެރިކަން ކުރިގޮތް މުހިންމުތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. އެގޮތުން މިދިރާސާގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ރާއްޖޭގައި ކުރަން އެންމެ ރަނގަޅީ ކޮންވައްތަރެއްގެ މަސްވެރިކަމެއްތޯ ޔަޤީންކުރުމެވެ. މި ދިރާސާ ކުރިޔަށް ގެންގޮސްފައިވާނީ ކޮންޓިޓޭޓިވް ޕެރަޑައިންގެ ޑިޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން މި ދިރާސާ ފުރިހަމަ ކުރުމަށްޓަކައި މައިގަނޑު ހަ ބާބަށް ބަހާލައިފައި ވާނެއެވެ. އަދި ދިރާސާ ކުރުމަށްޓަކައި 50 ފަރާތަކާ ސުވާލުކޮށް ސާރވޭ ފޯރމު ފުރާފައިވާނެއެވެ. އެއީ 30 މަސްވެރިންނާއި 10 ކެޔޮޅުންގެ އިތުރުން 10 އޮޑިވެރިންނެވެ. މީގެ އިތުރުން ޕޮލިސީ ލެވެލްގެ ދެ ބޭފުޅަކާ އިންޓަރވިއުކޮށް އެބޭފުޅުންގެ ރަޢުޔު ހޯދިފައިވާނެއެވެ. އަދި އޭގެ އިތުރުން ތަޖުރިބާކާރު ކެޔޮޅެއްގެ ބަސްވެސް ހިމަނާފައިވާނެއެވެ. މި ކުރެވުނު ދިރާސާގެ އަލީގައި ހޯދިފައިވާ މައިގަނޑު ހޯދުންތަކަކީ ރާއްޖޭގެ މަސްވެރިކަން ދަނީ ކުރިޔަށް ކަމަށާއި ކާބަފައިން ރާއްޖޭގައި މަސްވެރިކަން ކުރީ ރަނގަޅަށް ކަމަށާއި، ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކާބަފައިން މަސްވެރިކަން ކޮށް އުޅުނު އުސޫލު މުހިންމުކަމަށާއި، ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު ބަދަލު ކޮށްފިނަމަ މަސްވެރިކަން ދައްވާނެކަމަށެވެ. އަދި ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު ފިޔަވައި އެހެން އުސޫލެއް ރާއްޖޭގައި ތަޢާރަފް ކުރަންނުޖެހޭކަމާއި، ރާއްޖޭގައި ކުރަން އެންމެ ރަނގަޅީ ދޮށީމަސްވެރިކަން ކަންވެސް މި ދިރާސާއިން އެނގިގެން ދިޔައެވެ. މި ހޯދުންތައް ހާމަވެގެން ގޮސްފައިވަނީ ސާރވޭގެ ނަތީޖާއާއި ކުރެވުނު އިންޓަވިއުތަކާއި ފޮތްފޮތުންނާއި ވެބްސައިޓްތަކުން ލިބުނު ޢިލްމީ މަޢުލޫމާތު ތަކުގެ މައްޗަށް ބުރަވެއެވެ. މި ދިރާސާ ހެދުމުގައި ދިރާސާ ހެދި ފަރާތުގެ އެއްވެސް އަމިއްލަ އެޖެންޑާއެއް ހިމަނާފައެއް ނުވާނެއެވެ. en_US
dc.publisher Faculty of Arts, Maldives National University en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subject ދެމެހެއްޓެނިވި މަސްވެރިކަން en_US
dc.subject ކާބަަފައިން މަސްވެރިކަން ކުރިގޮތް en_US
dc.subject ރާއްޖޭގެ މަސްވެރިކަން en_US
dc.subject ކާބަފައިން މަސްވެރިކަން ކޮށްއުޅުނު އުސޫލު en_US
dc.subject ބަދަލުކުރުން en_US
dc.subject މަސްވެރިކަމުގެ ނަފާ en_US
dc.subject މަސްވެރިކަމުގެ މަންފާ en_US
dc.title ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ކާބަފައިން މަސްވެރިކަން ކުރިގޮތް މުހިންމު ހެއްޔެވެ؟ en_US
dc.title.alternative Dhemehehtenivi masverikameh kurumah kaabafain masverikan kurigoiy muhinmu hehyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account