DSpace Repository

އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟

Show simple item record

dc.contributor.author ޝާދިޔާ އަދުނާން
dc.contributor.author Adnan, Shadiya
dc.date.accessioned 2018-03-21T08:32:37Z
dc.date.available 2018-03-21T08:32:37Z
dc.date.issued 2016-06-01
dc.identifier.citation ޝާދިޔާ އަދުނާން. (2016). އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. en_US
dc.identifier.citation Adnan, S. (2016). Ingireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve?. Male', Maldives National University.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1049
dc.description.abstract މި ދިރާސާއަކީ އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން (ނަފީ ތަކުރާރުވުން) އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ފަދަ ދިރާސާއެއް ހަދަން ނިންމީ އިނގިރޭސިބަހެކޭ އެއްފަދައިން ދިވެހިބަހުގައިވެސް ނަފީއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާއެއްޗަކަށް ވެފައި، ދިވެހިބަހުގައި ނަފީ ތަކުރާރުވުމުން މާނައަށް އަންނަ ބަދަލުތަކާއިމެދު ހެދިފައިވާ ދިރާސާތަކެއް ފެންނަން ނެތުމުން، މިއީވެސް ދިރާސާކުރުން މުހިއްމު ދާއިރާއެއް ކަމުގައި ދެކޭތީއެވެ. އިނގިރޭސިބަހުގައި ނަފީ ތަކުރާރުވުން އައިސްފައިވާ ގޮތަށް ބަލާއިރު އެއް ޖުމުލައެއްގައި/ ބުނުމެއްގައި ނަފީގެ އަކުރު ތަކުރާރުވެއްޖެނަމަ އެ ޖުމްލައެއް/ ބުނުމެއް ވަނީ ސާބިތު ޖުމްލައަކަށެވެ. މިގޮތުން ދިވެހި ބަހުގައިވެސް މިކަން ހިނގަނީ މި އުސޫލުންތޯ ބެލުމަށްޓަކައި ނަގާފައިވާނީ ދިވެހި ބަހުގައި ނަފީ ތަކުރާރުވެފައިވާ 35 ޖުމްލައެވެ. މި ދިރާސާ ހެދުމަށް އަޅުގަނޑު ބޭނުންކޮށްފައިވާ މެތަޑަކީ ކޮލިޓޭޓިވް މެތަޑެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެން ދިރާސާ ހެދީ މިއީ ޑާޓާ ތަކެއް އެއްކޮށްގެން އެ ޑާޓާތައް އެނަލިސިސް ކޮށްގެން ހެދި ދިރާސާއަކަށް ވުމުންނެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ ޕާޕޯސިވް ސާމްޕަލިންގް ބޭނުންކޮށްގެންނެވެ. ސަބަބަކީ މި ދިރާސާއަކީ ނަފީ ތަކުރާރު ވުމުން މާނައަށް ބަދަލު އާދޭތޯ ކުރާ ދިރާސާއަކަށް ވުމުން އެނޫންގޮތަކަށް ސާމްޕަލް ނަގައިފިނަމަ ދިރާސާގެ މަޤުޞަދު ހާޞިލު ނުވެދާނެތީއެވެ. މި ދިރާސާގެ ވެލިޑިޓީ އަދި ރިލައިބިލިޓީ އިތުރު ކުރުމަށްޓަކައި ތަފާތު ވެލިޑް ސޯސްތަކުން މައުލޫމާތު ނެގުމަށް އިސްކަން ދީފައިވާނެއެވެ. އަދި ނަފީ ތަކުރާރުވުމާއި ގުޅޭގޮތުން ގިނަ ރިސާޗަރުން ބުނެފައިވާ އެއްޗަކަށް ހޯދައި ބަލާފައިވާނެއެވެ. ހަމަ އެހެންމެ ސާމްޕަލްގައި ނަގާފައިވާ ޖުމްލަތަކުން ދޭހަވާ މާނަ ބެލުމަށްޓަކައި ދިވެހި ބަހުގެ ތަޖުރިބާ ހުރި ދެ ބޭފުޅަކާއި މަޝްވަރާކޮށްފައިވާނެއެވެ. މި ދިރާސާގެ ބާވަތުން މިއީ މީހުން ބޭނުންކޮށްގެން ހަދާ ދިރާސާއަކަށް ނުވާތީ، އެތިކަލް ގޮތުން މާބޮޑު ކަންތައްތަކެއް ވިސްނަން ނުޖެހުނަސް މި ރިސާރޗް ހެދުމުގައި އެތިކަލްގޮތުން ވިސްނަންޖެހޭ ހުރިހާކަމަކަށް ސަމާލުކަން ދީފައިވާނެއެވެ. މިގޮތުން މި ދިރާސާ ހެދުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު މިއީ އަމިއްލަ މަސައްކަތަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެއެވެ. en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University
dc.title އިނގިރޭސިބަހުގައި ޑަބަލް ނެގޭޝަން އަންނަގޮތަށް ދިވެހިބަހުގައި އެއްޖުމްލައެއްގައި ނަފީގެ އަކުރު ތަކުރާރުވުމުން މާނައަށް ބަދަލު އާދޭ ހެއްޔެވެ؟ en_US
dc.title.alternative Ingireysibahugai dabal negeysh’an annagothah dhivehibahugai ehjumlaehgai nafeege akuru thakuraaruvumun maana ah badhalu aadhey heyyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account