DSpace Repository

ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟

Show simple item record

dc.contributor.author ޝިޔާޒާ އާދަމް
dc.contributor.author Adam, Shiyaza
dc.date.accessioned 2018-03-22T03:43:57Z
dc.date.available 2018-03-22T03:43:57Z
dc.date.issued 2016-06-01
dc.identifier.citation ޝިޔާޒާ އާދަމް. (2016). ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. en_US
dc.identifier.citation Shiyaza, A. (2016). Dhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve?. Male', Maldives National University.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1069
dc.description.abstract މިއީ ބަހަވީ ޢިލްމުގެ ހަމަތަކަށް ބަލާއިރު، ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިކަން ދެނެގަތުމަށް، 2016 ވަނަ އަހަރު ކުރެވުނު ދިރާސާއެކެވެ. މި ދިރާސަގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރ ދެނެގަނެ، ދިވެހިބަހުގެ އެކަށައަޅާ ޤަވާޢިދު އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކުރުމެވެ. ހަމަމިޔާއެކު މިއީ ދިވެހިބަހުގެ ސިންޓެކްސްގެ ހަމަތަކާއި އުސޫލުތައް ފާހަގަކޮށް، ބޭނުންތެރި، ތަފުސީލީ ޤަވާޢިދުތަކެއް އެކުލަވައިލުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެއް ވެސް މެއެވެ. އެހެނީ މިފަދަ ދިރާސާއެއް ހެދުމަކީ ތަޢުލީމީ ދާއިރާއަށާއި ބަހަށް ލިބިގެންދާނެ ކުރިއެރުމެކެވެ. މިއީ ކޮލިޓޭޓިވް މެތަޑަށް ޓެކުސްޓު އެނެލިސިސްގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މަޤްސަދަކީ ދިވެހިބަހުގެ ޤަވާއިދާއި ގުޅުންހުރި ވަކި އެއްޗެއް ހޯދުންކަމަށްވަތީ މި ދިރާސާގައި ބޭނުންކޮށްފައިވާނީ ޕާފޯސިވް ސާމްޕަލެވެ. މިއީ ވަރަށް ކުޑަކުޑަ ދިރާސާއެއްކަމުން، މި ދިރާސާގައި ތަހުލީލުކޮށްފައިވާނީ، ރަސްމީ ބަހުރުވައިން ލިޔެ ޝާއިރުކޮށްފައިވާ ތަފާތު ޖޯންރާތަކުން އެއްކުރެވުނު 15 ޖުމުލައެވެ. ސިންޓެކްސްގެ ނަޒަރުން ދިވެހިބަހަށް ބަލާއިރު ނަންއިތުރުގައި ދެ ދައުރެއް ވާކަން ލިޓްރޭޗަރއިން ފާހަގަކުރެވުނެވެ. އެއީ ސިފައެއްގެ ދައުރާއި ޚަބަރުގެ ދައުރެވެ. މި ދިރާސާގެ އެނަލިސިސްގެ މައްޗަށް ބަލާ، މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ދިވެހިބަހުގެ ނަންއިތުރުގެ މައިގަޑު އެކުލެވޭ ޖުމުލަތަކުގައި ވަނީ ދެ ސްޓްރަކްޗަރއެކެވެ. ފުރަތަމަ ސްޓްރަކްޗަރއިން ދައްކަނީ، ނަންއިތުރުގެ މައިގަނޑާއި ނަމަކީ ދެ ސިންސްޓަރ ނޯޑެގެ ގޮތުގައެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ނަމުގެ މައިގަނޑެވެ. ދެ ވަނަ ސްޓްރަކްޗަރއިން ފެންނަގޮތުގައި ނަމުގެ މައިގަނޑާއި ނަންއިތުރުގެ މައިގަނޑަކީ ދެ ސިސްޓަރ ނޯޑެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ޖުމުލައެވެ. en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University
dc.title ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟ en_US
dc.title.alternative Dhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account