DSpace Repository

ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟

Show simple item record

dc.contributor.author ދިޔާނާ އަބްދުﷲ
dc.contributor.author Abdullah, Dhiyana
dc.date.accessioned 2018-04-01T13:58:49Z
dc.date.available 2018-04-01T13:58:49Z
dc.date.issued 2011-11-01
dc.identifier.citation Aailee nanthakuge baskoshaarugai dhivehibahuge rasmee bahuruvaaai faafu adhi dhaalu atholhu bahuruvaigai huri thafaathakee kobaa? en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1444
dc.description.abstract މި ދިރާސާއަކީ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި، ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގައި ހުރި ތަފާތުތައް ބެލުމަށް ކުރި ދިރާސާއެކެވެ. މިކަމުގެ ބޭނުމަކީ ޢާއިލީނަމުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވައިގައި އެކުލެވިގެންނުވާ ޢާއިލީނަންތަކެއް ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގެ ތެރެއިން ފެނިގެންދާތީ މި މަޢުލޫމާތު ފުރިހަމައަށް ދެނެގަނެ މިކަން ރަނގަޅު ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ވުމާއެކު މި ދެ އަތޮޅުން ޖުމުލަ 144 މީހުން ހޮވައި މި ދިރާސާގެ ސާމްޕަލް ނެގިއިރު، ރަސްމީބަހުރުވައިގެ ސާމްޕަލް ނެގީ ދިވެހި ބަސްފޮތުންނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނު އެންމެ މުހިއްމު އެއްކަމަކީ ލޭގެގުޅުމުގެ ސަބަބުން އުފެދިފައިވާ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި ދިވެހި ރަސްމީބަހުރުވައަށްވުރެ ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށަކުން ތަފާތުކޮށް ޢާއިލީނަން ބޭނުންކުރަމުންދާކަމެވެ. ނަމަވެސް ދ. އަތޮޅުގެ ބައެއް ތަށްތަކުން މި ބަދަލުތައް ފެނިގެނެއް ނުދެއެވެ. އަދި ފ. އަތޮޅަށް ބަލާއިރު ޚާއްޞަކޮށް ފ. ނިލަންދޫ މީހުންގެ ޢާއިލީނަމުގެ ބަސްކޮށާރު އެހެން ރަށްތަކުގެ ބަސްކޮށާރަށްވުރެ ވެސް މުއްސަނދިކަން ފާހަގަކުރެވިގެން ދިޔައެވެ. މި ދިރާސާގެ އަލީގައި ޢާއިލީނަން ބޭނުންކުރުމުގައި ދުނިޔޭގެ ފެންވަރުގެ 6 ސިސްޓަމެއް އޮންނަކަން ފާހަގަކުރެވުނެވެ. އެގޮތުން ދިވެހިބަހުގެ ރަސްމީބަހުރުވައިގައި ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމާއި ދ. އަތޮޅުގެ ބައެއް ރަށްތަކުގެ އަހުލުވެރިން ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމު، އެސްކިމޯ ސިސްޓަމަށް ފެތިގެންދާއިރު، ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށެއްގެ ޢާއިލީނަމުގެ ސިސްޓަމު ގާތްކުރަނީ ސޫދާނީ ސިސްޓަމާއެވެ. މީގެއިތުރުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ޢާއިލީނަން ބައިކޮށްފައިވާއިރު، މިބައިގެ ތެރެއިންވެސް މި ދެ ބަހުރުވައިގެ ތަފާތު ފެނިގެންދެއެވެ. en_US
dc.publisher Faculty of Arts, Maldives College of Higher Education en_US
dc.subject ދިވެހިބަހުގެ ރަސްމީބަހުރުވަ en_US
dc.subject ފ. އަދި ދ. އަތޮޅު ބަހުރުވަ en_US
dc.subject ޢާއިލީނަން ބޭނުންކުރަމުންދޭ en_US
dc.subject ބަދަލުތައް ފެނިގެނެއް ނުދޭ en_US
dc.subject ރަސްމީބަހުރުވައިގައި en_US
dc.title ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟ en_US
dc.title.alternative Aailee nanthakuge baskoshaarugai dhivehibahuge rasmee bahuruvaaai faafu adhi dhaalu atholhu bahuruvaigai huri thafaathakee kobaa? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account