DSpace Repository

ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟

Show simple item record

dc.contributor.author ސަޢީދާ, މަރްޔަމް
dc.contributor.author Saeeda, Maryam
dc.date.accessioned 2024-02-28T04:33:51Z
dc.date.available 2024-02-28T04:33:51Z
dc.date.issued 2015-11
dc.identifier.citation saruna.mnu.edu.mv މަރްޔަމް ސަޢީދާ. (2015). ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ (މާސްތާރސް ޑިސަރޓޭޝަން، ފެކަލްޓީ އޮފް އެޑިޔުކޭޝަން). ނެގީ Saeeda. M. (2006) Siyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve? (Master’s, Dissertation Faculty of Education, Male'). Retrieved from saruna.mnu.mv en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/15331
dc.description.abstract ދިވެހިރާއްޖެއަށް ޑިމަކްރަސީ ތަޢާރަފުވުމާ ގުޅިގެން، ސިޔާސީ ޕާރޓީތަކާއި ސިޔާސީ މީހުންނާއި ސިޔާސީ މީހުނގެ ވަހަކަތައް ދިވެހީންގެ ތެރޭގައި މަޤްބޫލުވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށްދައްކާފައި ހުންނަ ވާހަކަތަކާއި ބުނުންތަކަށްވެސް އާއްމުންގެ ސަމާލުކަން ލިބެމުންދެއެވެ. ބައެއް ފަހަރު މިފަދަ ބުނުންތަކުގެ ސަބަބުން، އެބުނުން ބުނި ފަރާތަށް އާއްމުންގެ ތަޢުރީފުގެ ބަސްތައް ލިބޭފަދައިން ބައެއްފަހަރު މަލާމާތުގެ ބަސްތައްވެސް ލިބޭކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، މިދިރާސާ އަމާޒުކުރެވިފައިވަނީ، ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރާ ބޭނުން ދެނެގަތުމަށެވެ. މިގޮތުން މިދިރާސާގެ މައިގަނޑު މަޤްޞަދަކީ، ސިޔާސީ ފަރާތްތަކުން، ސިޔާސި ޕޯޑިއަމްގައި ތިބެގެން ދައްކާ ވާހަކައިގައި، މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރ ބޭނުން ހޯދައި ދެނެގަތުމެވެ. ވުމާއެކު ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށްޓަކައި، ވާހަކަ ދައްކަމުންދާއިރު ބަސްމަގު ހުންނަ ގޮތް ދެނެގަތުމަށާއި، މިފަދަ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށްކަމާއި ކޮން ބޭނުމަކުކަންވެސް އެނގިގެންދާނީ މިފަދަ ދިރސާއަކުން ކަމަށްވާތީ މިއީ ކުރުން މުޙިއްމު ދިރާސާއެއްކަން ގައިމެވެ. މިދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މިދިރާސާ ކުރެވުނީ މިކްސް މެތަޑް އެޕްރޯޗުންނެވެ. މިދިރާސާ ކުރުމަށްޓަކައި، 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސި ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން، ތެރެއިން 6 މީހުންގެ ވާހަކަދެއްކުމަށް ބެލުނެވ. ހަމަމިއާއިއެކު، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ފަރާތްތަކުގެ ތެރެއިން 5 ފަރާތަކާ ސެމީ-ސްޓްރަކްޗާރޑް އިންޓަރވިއުވެސް ކުރެވުނެވެ. މިދިރާސާއަށް ސާމްޕަލް ނަގާފައިވަނީ ޕާޕޯސިވް ސާމްޕަލިންގް ދަށުންނެވެ. ދިރާސާގެ ހުރިހާ ބައިވެރިންވެސް މެޓަފަރ ބޭނުންކުރާކަމާއި، މެޓަފަރގެ ވައްތަރުތަކުގެ ތެރެއިން ފަސް ވައްތަރެއްވެސް ބޭނުންކުރާކަން ހާމަވިއެވެ. ބައެއް ފަރާތްތަކުން ގަސްތުގައި މެޓަފަރ ބޭނުންކުރާއިރު، ގަސްތަކާއި ނުލާ މެޓަފަރ ބޭނުންކުރާ ފަރާތްތައްވެސް ވާކަން މިދިރާސާއިން ފާހަގަ ކުރެވުނެވެ. ހަމަމިއާއިއެކު، ސިޔާސީ ފަރާތްތަކުގެ ވާހަކަދެއްކުމުގައި، އަންނައުނާއި ހަށިގަނޑުގެ އިތުރުން ދަތުރުފަތުރާއި ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ ފުޓުބޯޅައާ ގުޅުވައިގެން މެޓަފަރ ބޭނުންކުރާކަންމި ދިރާސާއިން ދައްކައެވެ. މެޓަފަރ ބޭނުންކުރަނީ، ދައްކާ ވާހަކައިގެ އަސަރާއި ފޯރި ގަދަކުރުމަށް ކަމަށްވެފައި، މިކަމަށްޓަކައި ހާލަތާ ގުޅުވައިގެން މެޓަފަރ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެއްކަން ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ސިޔާސީ މީހުންގެ ވާހަކަތަކުގައި މެޓަފަރ ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު، ނޭދެވޭ އަސަރު ކުރާކަންވެސް މިދިރާސައިން ހާމަވިއެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން ވާހަކަތައް އަޑުއަހައި އެފަދަ ވާހަކަތައް ބައްޓަންކޮށްފައި ހުންނަ ގޮތާމެދު ވިސްނުން ގެންގުޅޭ ފަރާތްތަކަށް، މިދިރާސާއަކީ ބޭނުންތެރި އެއްޗަކަށް ވާނެއެވެ. en_US
dc.language.iso dh en_US
dc.publisher ފެކަލްޓީ އޮފް އާރޓްސް en_US
dc.subject މެޓަރފަރ en_US
dc.subject ސިޔާސި ދާއިރާ en_US
dc.subject އޯޑިއަންސްގެ ސަމާލުކަން ހޯދުން en_US
dc.subject ސިޔާސީ ޕޯޑިއަމްގައި ވާހަކަ ދެއްކުން en_US
dc.subject އަސަރު ކުރާމިންވްރު en_US
dc.subject ނޭދެވޭ އަސަރު en_US
dc.subject Metaphor en_US
dc.subject Political arena en_US
dc.subject Attention of audience en_US
dc.subject Public speaking en_US
dc.subject impact of metaphor en_US
dc.title ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ en_US
dc.title.alternative Siyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account