Abstract:
މި ދިރާސާއަކީ ދިވެހިބަހުގައި ކިޔުމާއި ލިޔުމުގައި އެއްގޮތަށް ބެނުންކުރާ ލަފުޒު(ހޯމޮނީމް) ސަބަބުން މާނަޔަށް އަންނަ ބަދަލުތަކަކީ ކޮބައިކަން ހޯދުމަށް ކުރެވިފައިވާ ދިރާސާއެކެެވެ. މިދިރާސާގެ ސުވާލުގެ ޖަވާބުހޯދުމަށާއި ދިރާސާގެ މަގުސަދު ހާސިލްކުރުމަށްޓަކައި ބޭނުންކުރީ ކޮލިޓޮޓިވް އެޕްރޯޗެވެ. އަދި ބޭނުންކޮށްފައިވަނީ ޑޮކިޔުމެންޓުރީ އެނަލިސިސްއެވެ. އެގޮތުން ރެންޑަމްކޮށް ނަގާފައިވާ ޖަމާއަތުގެ ޙަބަރުތަކުންނާއި ބައެއް ފަތްތޫރަރަކުން ނާއި އިބްރާހިމް ހުސެއިން މަނިކުގެ ބައެއް ކުރުވާހަކަ ތަކުންނާއި ބައެއް އޮންލައިން ވެބްސައިޓްތަކުގެ އެހީގައި ޕާރަޕަސިވްސާމްޕަލް ގެ އެހީގައެވެ. އެގޮތުން ލިޔުންތައް ހޮވީ ވަކިދުވަސްވަރަކަށް ބެލުމެއްނެތިއެވެ. ނަމަވެސް ބޮޑަށް އިސްކަން ދިނީ ޢިލްމީ ލިޔުންތަކަށެވެ.
މި ދިރާސާއަށް ހޮވާލެވުނު ލިޔުން ތަކުގައި ހޯމޮނީމް ބޭނުންކުރެވިފައި ވާނީ ދިވެހިބަހުގެ މައިގަނޑު 8 ބައިތެރެއިން ކޮންބައިތަކެއްގައިކަން ފާހަގަކުރެވުނެވެ. އެގޮތުން ނަމާއި ނަންއިތުރާއި ކަން ހޯމޮނީމްގެ ގޮތުގައި ބޭނުންކުރާކަން ހާމަވިއެވެ. އަދި ދިވެހި ބަހުގައި ބޭނުންކުރާ ބައެއް ހޯމޮނީމް ތަކަކީ ކުރު ލަފުޒު ތަކެއްކަން ފާހަގަ ކުރެވުނެވެ. މިގޮތުން 1 އަކުރާއި 2 އަކުރު އަދި 3 އަކުރު ލަފުުޒުތައް ހޯމޮނީމް ގެ ގޮތުގައި ދިވެހި ބަހުގައި ގިނައިން ބޭނުންކުރާކަން ވެސް ހާމަވިއެވެ. ޖުމްލަގޮތެއްގައި މި ދިރާސާއިން ހާމަވެގެން ދިޔައީ ދިވެހިބަހުގައި ބޭނުންކުރާ ހޯމޮނީމްގައި ތަފާތު މާނަތައް އެކުލެވޭ ކަމާއި މިފަދަ ލަފުޒުތައް ދިވެހިބަހުގެ މައިގަނޑު 8 ބައިގެ ތެރެއިން ނަމާއި ނަންއިތުރާއި ކަން މިބައިތކުގައި ހިމެނޭކަމެވެ. އަދި މިގޮތުން ބޭނުންކުރާ ލަފުޒުގެ މާނަތައް ގިނަކަމާއި އެހެން ނަމަވެސް ބޭނުން ކުރަމުން ގެންދަނީ އާދައިގެމާނަ ނުވަތަ އާއްމުކޮށް ބޭނުންކުރާ ތަކެއްޗާއި ތިލަ މާނާއިގައިކަން ވެސް ފާހަގަކުރެވެއެވެ