DSpace Repository

ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރު

Show simple item record

dc.contributor.author އާއިޝަތު ޒަހާ
dc.contributor.author Zaha, Aishath
dc.date.accessioned 2020-09-22T10:51:47Z
dc.date.available 2020-09-22T10:51:47Z
dc.date.issued 2016-11-20
dc.identifier.citation saruna.mnu.edu.mv އާއިޝަތު ޒަހާ. (2016). ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރު (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ en_US
dc.identifier.citation Zaha, A. (2016). Thuththu kudhinge maadharee bahuge baskoshaaru tharaqqeevumugai mainbafainge dhauru (Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/7178
dc.description.abstract މި ދިރާސާ ހަދާފައިވާ ސުރުޙީއަކީ " ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރަކީ ކޮބައިހެއްޔެވެ؟" މިއެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރެވުނީ ތަފާތު ލިޔުންތެރިންގެ ލިޔުންތަކުގެ އެހީގައި ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީ ކުރުމަށް މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް އަދާ ކުރެވިދާނެ ދައުރުތައް ހޯދުމަށެވެ. ދިރާސާ އަމާޒުކުރެވިފައިވާ މައްސަލައަކީ ބޮޑެތިވަމުން އަންނަ ކުދިންގެ މާދަރީ ބަހުގެ ފެންވަރު ދަށްވަމުންދާ މައްސަލައެވެ. މި މައްސަލަ ފެށޭ ހިސާބަކީ ކުއްޖާގެ ތުއްތު ދުވަސްވަރު ކަމުން މި މައްސަލަ މެދުވެރިވުމުގައި ބެލެނިވެރިންނަށް ހެދޭ ގޯސްތައް ދެނެގަންނަން ޖެހެއެވެ. އަދި އެކަންކަން އިސްލާހުވެސް ކުރަން ޖެހެއެވެ. ތުއްތު ކުއްޖާ މާދަރީ ބަހަށް އަހުލުވެރިކޮށް ކުއްޖާގެ ކިބައިގައި މާދަރީ ބަހުގެ މުއްސަނދި ބަސްކޮށާރެއް އަށަގެންނެވުމަށްޓަކައި މައިބަފައިންނަށް އަދާކުރެވިދާނެ ދައުރު ދެނެގަތުމަކީ މި ދިރާސާ ހެދުމުގެ މައިގަނޑު މަޤުސަދެވެ. މި މައްސަލައަކީ އެތައް ބެލެނިވެރިންނެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލަތަކަށް ވެފައިވާ ހިނދު މިފަދަ ދިރާސާއެއް ކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެމެވެ. ދިރާސާ އަމާޒުކުރެވިފައިވާ އާބާދީއަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ތުއްތު ކުދިންގެ ތެރެއިން އުމުރުން ތިން އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. މި ދިރާސާގެ މަސައްކަތް ކުރެވިފައި މިވަނީ ތިއޮރެޓިކަލް ފްރޭމްވޯކެއްގެ ދަށުންނެެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ހޯދުމަށް މައިވަރު ފޮތްތަކެއް ކިޔުނެވެ. އެއަށްފަހު އެ ފޮތްތަކުގައި ވާ މައުލޫމާތުތަކުގެ އެހީގައި ބެލެނިވެރިންނާއި އިންޓަރވިއު ކުރުމަށްޓަކައި ސުވާލުތަކެއް ހެދިގެންދިޔައެވެ. ދިރާސާ އަކީ ކޮލިޓޭޓިވް މެތަޑަށް ކުރެވުނު ދިރާސާއަަކަށް ވުމުން ދިރާސާ އަމާޒުކުރެވޭ އާބާދީގެ ހުރިހާ ބައިވެރިން މުހިންމެއް ނޫނެވެެ. ދިރާސާއަށް ބައިވެރިން ނެގުނީ ނޮންޕްރޮބަބިލިޓީ ސާމްޕަލިންގ ގައި ހިމެނޭ ކޮންވީނިއެންސް މެތަޑް ބޭނުންކޮށްގެން އެންމެ ފަސޭހައިން ދިރާސާއަށް ލިބެން ހުރި ފަސް ބައިވެރިން އިޚްތިޔާރުކޮށްގެންނެވެ. ދިރާސާއަށް ޑާޓާ އެއްކުރެވުނީ އަނގަބަހުން ކުރެވުނު އިންޓަރވިއުއަކާއި ހިޑަން އޮބްޒަރވޭޝަންގެ ނަތީޖާއާއި އެކުގައި މި ދާއިރާއާއި ގުޅުންހުރި ލިޔުންތަކުގެ އެހީގައި ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ރަނގަޅު ކުރުމަށްޓަކައި މައިންބަފައިންނަށް އަދާކުރެވިދާނެ ދައުރުތަކެއް ދެނެގަނެވުނެވެ.
dc.language.iso dh en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University en_US
dc.title ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރު en_US
dc.title.alternative Thuththu kudhinge maadharee bahuge baskoshaaru tharaqqeevumugai mainbafainge dhauru en_US
dc.type Dissertation en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account