DSpace Repository

އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް

Show simple item record

dc.contributor.author އާދަމް ރަމީޒު
dc.contributor.author Rameez, Adam
dc.date.accessioned 2020-10-12T09:38:48Z
dc.date.available 2020-10-12T09:38:48Z
dc.date.issued 2017-05
dc.identifier.citation saruna.mnu.edu.mv އާދަމް ރަމީޒު. (2017). އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ en_US
dc.identifier.citation Adam, R. (2017). In'gireysi dhaulathaai Dhivehi dhaulathaa dhemedhu zamaanussure oiy gulhumuge sababun Raajje ah kuri asaruthah (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/7367
dc.description.abstract މީލާދީން ގާތްގަ ނޑަކަށް އަށާރަވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން އިނގިރޭސީން )ބްރިޓިޝް އެމްޕަޔަރ( ގެ ފަރާތުން މުޅިދުނިޔޭގެ އެކި ކަންކޮޅު ތަކެއްގައި އެމީހުންގެ އިސްތިޢުމާރީ ބާރު ހިންގާ އެހެން ޤައުމުތަކަށް އަތްދަގަދަކޮށް އެތަންތަން އެމީހުންގެ ކޮލޮނީތަކަށް ވަނީ ހަދާފައެވެ. އެހެންނަމަވެސް އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ހަދާފައިވާ ކަމެއް މިހާތަނަށް ހޯދުނު ހޯދުން ތަކުން ފެންނާކަށް ނެތެވެ. އެހެނަސް މީލާދީން 19 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖެ ވަނީ އެމީހުންގެ ޙިމާޔަތުގެ ދަށަށް ގޮސްފައެވެ. އެގޮތުން ވޭތުވި 78 ވަރަކަށް އަހަރުގެ ތެރޭގައި އިނގިރޭސީންގެ ފަރާތުން ރާއްޖެއަށް ފައިދާތަކާއި ގެއްލުން ތަކެއްވެސް ލިބިފައިވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ފާހަގަކުރެވުނެވެ. ވުމާއެކު އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ލިބުނު ފައިދާއާއިގެއްލުންތައް ކޯޓްކޮށް އެމަޢުލޫމާތުތައް މައިގަ ނޑު ތީމްތަކަކަށް ބަހާލެވި އެތީމްތަކުގެ ދަށުން މުހިއްމު ގިނަ ކަންތައްތަކެއް ހިމަނާ އެމަޢުލޫމާތުތައް އިންޓަރޕްރިޓް ކުރުމަށްފަހު، އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ބޮޑަށް ލިބުނީ ފައިދާކަން ނުވަތަ ގެއްލުންކަން ވަނީ ހާމަކުރެވިފައެވެ. އެހެނީ މިއީ މިހާތަނަށް މިފަދަ އެހެން ދިރާސާއެއް ދިވެހިބަހުން ހަދާފައި ނެތް ދާއިރާއެއް ކަމުން މިދިރާސާ އަކީ މުހިއްމު ދިރާސާއެއް ކަމަށް ޤަބޫލުކުރަމެވެ. އެގޮތުން މި ދިރާސާ ކުރެވިފައި މިވަނީ އިންޓަރ ޕްރިޓިވިޒަމް ޕެރަޑައިމްގެ ދަށުން ކޮލިޓޭޓިވް ޑިޒައިން ބޭނުން ކޮށްގެންނެވެ. އެހެންކަމުން މި ދިރާސާ ހެދުމަށްޓަކައި ޚިޔާރުކުރި މައިގަ ނޑު ވައްތަރަކީ ޑޮކިއުމެންޓް އެނާލިސެސް ކަމަށްވާތީ އިނގިރޭސީންގެ ޙަރަކާތްތައް އެދުވަސްވަރު ރާއްޖޭގައި އޮތްގޮތާއި ގުޅޭގޮތުން ރާއްޖެއިން ލިބެންހުރި ތާރީޚީ މުހިއްމު ބައެއް ފޮތްތަކުންނާއި އިންޓަނެޓްގައި މިކަމާ ގުޅޭގޮތުން ޝާއިއު ކުރެވިފައިވާ ލިޔުންތަކާއި އިނގިރޭސީންނާއި ދިވެހިންނާ ދެމެދު ވެފައިވާ މުއާހަދާ ގުޅޭ އެކިއެކި ލިޔުންތައް ހިމަނައިގެން އެކުޖުމުލަ 38 ލިޔުމެއް ބަލައި ދިރާސާ ކުރެވިފައި ވާނެއެވެ. އިނގިރޭސީންގެ ފަރާތުން ލިބިފައިވާ ނުވަތަ ކުރިމަތިވެފައިވާ ކަންތައްތައް އެއީ ގެއްލުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ހާމަކުރައްވާފައިވާ އަނެއްބައި ފަރާތްތަކުން އެއީ ރާއްޖެއަށް ވަރަށް ފައިދާހުރި މުހިއްމު ކަމެއްކަމަށް ބަޔާންކުރައްވާފައި ހުރިކަން ވެސް ފާހަގަކުރެވުނެވެ. ކޮންމެއަކަސް، ޚިޔާލަކީ ތަފާތު އެއްޗެއްކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެގޮތުން މިދެންނެވި ތަފާތު ޚިޔާލުތައް އަޅާބެލުމަށްފަހު ކުރިންވެސް ދެންނެވިފަދައިން އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ބޮޑަށް ލިބުނީ ގެއްލުންކަން ނުވަތަ ފައިދާކަން މިދިރާސާގައި ހާމަކުރެވިފައި ވާނެއެވެ.
dc.language.iso dh en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University en_US
dc.title އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް en_US
dc.title.alternative In'gireysi dhaulathaai Dhivehi dhaulathaa dhemedhu zamaanussure oiy gulhumuge sababun Raajje ah kuri asaruthah en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account