DSpace Repository

ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

Show simple item record

dc.contributor.author ނީނާ ނާފިޢު
dc.contributor.author Nafiu, Neena
dc.date.accessioned 2020-10-19T13:25:31Z
dc.date.available 2020-10-19T13:25:31Z
dc.date.issued 2017-05
dc.identifier.citation saruna.mnu.edu.mv ނީނާ ނާފިޢު. (2017). ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ en_US
dc.identifier.citation Nafiu, N. (2017). Dhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve? (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/7438
dc.description.abstract މި ދިރާސާ އަކީ ދިވެހިބަހުގައި ހިމެނޭ ޑޭޓިވް ކޭސް މަރކަރު )ފާހަގަ( ކަމުގައިވާ "އަށް" ލަފުޒުތަކާގުޅޭ އިރު، "ތަށް"އަށް ބަދަލުވާ ޙާލަތުގައި، "ތ"ގެ ފަހަތަށް މަހާލެވޭ ސުކުން، ސާނަވީ ގްރޭޑް ތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ތޯ؟ ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި "ށް" ނާއި "އް" ކުރެވޭ ގޮތްތައް އަދި "ތ" ގެ ފަހަތަށް "އް"ނާއި "ށް" އަންނަ ޙާލަތްތައް ބުނެދެވިފައި ވާނެއެވެ. މި ދިރާސާއަށް ސާމްޕްލިންގް ނެގުމުގައި ވަކި ޙުދޫދަކަށް ދަރިވަރުން ބައިވެރިކުރުމަށް ބެލެވިފައިވާނެއެވެ. އެ ގޮތުން ސާމްޕްލިންގް ނަގާފައިވާނީ މާލޭގެ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސުކޫލުތަކުގެ ތެރެއިން ކަޑައެޅިފައިވާ ވަކި ސުކޫލްތަކަކުންނެވެ. އެ ގޮތުން ސާމްޕަލް ނެގުމަށް ބޭނުންކޮށްފައި ވާނީ ކުލަސްޓަރ އުސޫލުންނެވެ. މި ދިރާސާ ހެދުމަށް ބޭނުން ކޮށްފައިވާނީ ކުއަންޓިޓޭޓިވް މެތަޑެވެ. އެ ގޮތުން މި ދިރާސާގެ ނަތީޖާތައް ހުށައަޅައި ދީފައި ވާނީ ދިރާސާގެ ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހަކުން ލިބުނު ނަތީޖާގެ އިންސައްތަ އިންނެވެ. ދިރާސާއަށް ހޮވާލެވުނު ދަރިވަރުންނަށް ސުވާލު ކަރުދާހެއް ދީ އޭގެން ދި ރާސާއަށް ބޭނުންވާ ޑޭޓާ ނަގައިގެންނެވެ. މި ދިރާސާ ހެދުމަށް ހޮވާފައިވާ ލަފުޒުތައް އަނގަބަހުން ދިރާސާގެ ބައިވެރިންނަށް ޓީޗަރު ކިޔައި ދިނުމުން ބައިވެރިންނަށް ދީފައިވާ ޖަވާބު ކަރުދާހުގައި އެ ލަފުޒުތައް ކިޔާވަރަކުން ލިޔަމުން ގެންދާ ގޮތަށް ދިރާސާގެ ތަހުލީލު ކަރުދާސް ފުރިހަމަ ކޮށްފައި ވާނެއެވެ. މި ގޮތަށް ރިސާޗަށް ބޭނުންވާ ޑޭޓާ އެއްކުރަން ނިންމީ، މި ދިރާސާގެ ނަތީޖާ ނެރުމަށް މި ގޮތަށް ސާރވޭ ކުރުން ކޮންމެހެން މުހިންމު ކަމަށް ފެންނާތީއެވެ. ސަބަބަކީ ދިރާސާގެ ނަތީޖާ ނެރުމަށް ހުރަސް އެޅޭ ފަދަ ކަމަކުން ވީހާވެސް ބޮޑަކަށް އެއްކިބާވެގެން މި ދިރާސާ ކުރިއަށް ގެންދިއުމެވެ. މި ދިރާސާގައި ބައިވެރިންނަށް ދެވުނު ސުވާލު ކަރުދާހުން ލިބުނު ނަތީޖާ އިން މި ދިރާސާގެ ހައިޕޮތެސިސްއަށް އަސަރުކުރާ ވަރު އެގިގެން ދާނެއެވެ. އަދި ދިރާސާގެ ޖުމްލަ ނަތީޖާ ބިނާކުރެވޭނީ ވެސް މި ދިރާސާގެ ނަތީޖާ ކަރުދާހުން ލިބޭ ނަތީޖާއެއްގެ މައްޗަށެވެ. އަދި މި ދިރާސާގެ ނަތީޖާއިން، ދިވެހިބަހުގައި އޮންނަ ޑޭޓިވް ކޭސް މަރކަރު ކަމުގައި ބެލެވޭ "އަށް" ދިވެހިބަހުގައި "ށް"ސުކުނާއި، "އް" ސުކުން ދަރިވަރުންނަށް ބުނެދިނުމުގައި އިތުރު ގޮތަތަކެއް ހުރިކަން ވެސް އެގިގެންދާނެއެވެ. en_US
dc.language.iso dh en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University en_US
dc.title ދިވެހިބަހުގެ ޑޭޓިވް ކޭސް މާރކަރު ކަމުގައިވާ "އަށް" ލަފުޒުތަކާއި ގުޅޭ "ތަށް" އަށް ބަދަލުވާ ހާލަތުގައި، "ތ" ގެ ފަހަތަށް މަހާލެވޭ ސުކުން ސާނަވީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ en_US
dc.title.alternative Dhivehibahuge dative case markaru kamugaivaa “ah” lafuzuthakaai gulhey “thah” ah badhaluvaa haalathugai, “t” ge fahathah mahaalevey sukun saanavee gradethakugai kiyavaa dharivarunnah en’genee kihaavarakah heyyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account