DSpace Repository

އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެހެއްޔެވެ؟

Show simple item record

dc.contributor.author Jameel, Abdullah
dc.contributor.author ޢަބްދުﷲ ޖަމީލް
dc.date.accessioned 2018-03-11T05:31:24Z
dc.date.available 2018-03-11T05:31:24Z
dc.date.issued 2009-11-01
dc.identifier.citation Jameel. A. (2009). Aminiya schoolge es. es. see natheeja dhahvanee keehvehehyeve?. ( en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/826
dc.description.abstract މިދިރާސާއަކީ އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ އަމީނިއްޔާ ސުކޫލުގައި ދަށްވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ކުރެވިައިވާ ކޮލިޓޭޓިވް ދިރާސާއެކެވެ. މިދިރާސާއަށް މަޢުލޫމާތު ހޯދުމުގައި ފުޅާ ދާއިރާއެއްގައި ދޭޓާ އެއްކޮށްފައިވާނެއެވެ. މިގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ އިސްބޭފުޅުންތަކެއްގެ އިންޓަރވިއު މިދިރާސާއަށް ނަގާފައިވާނެއެވެ. އަދި އަމީނިއްޔާ ސުކޫލަށް ގޮސް، އޮބްޒާރްވްކޮށްގެންނާއި އަދި އެތާންގެ ދަރިވަރުންނާއި ޓީޗަރުންނާއި ސުކޫލްގެ ވެރިންނާއި އިންޓަރވިއުކޮށް ސުވާލުކުރެވިފައިވާނެއެވެ. އަދި އެސް.އެސް. ސީ ޕޭޕަރަށާއި މާކުކުރުމަށް ވަރަށް ފުޅާ ގޮތެއްގައި މިދިރާސާގައި ބަލާލާފައި ވާނެއެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ދަށްވަމުންދާ ސަބަބުތަކެއް މިދިރާސާއިން ވަނީ ހޯދިފައެވެ. މިގޮތުން ގިނަ ދަރިވަރުންގެ ލިޔުންތެރިކަން ޅަފަތުގެ ދައުރުން ފެށިގެން ދަށްވުމާއި އަމީނިއްޔާ ސުކޫލްގައި ދިވެހިބަސް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތް ބޭނުންކޮށްފައިވާލެއް ކުޑަކަމާއި ދަރިވަރުން ޝައުޤުވެރިކުރުވުމަށް ކުރެވިފައިވާ މަސައްކަތް ކުޑަކަމަށް މިދިރާސާއިން ފާހަގަވެފައިވެއެވެ. އަދި ދިވެހި ބަހަށް ދަށްކުދިން ދެނެގަނެވި އެކުދިންނަށް މަސައްކަތްކޮށްދެވިފައިވާލެއް ކުޑަކަމާއި ޓީޗަރުންގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަން ފާހަގަވެފައިވެއެވެ. މީގެ އިތުރުން ބަހުގެ ފެންވަރު ޓެސްޓްކުރުމަށް އެސް. އެސް. ސީ ޕޭޕަރގައި އުނިކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ. އަދި 2008 ވަނަ އަހަރު އެސް. އެސް. ސީ އިމްތިޙާނަށް ގެނެވުނު ބަދަލަކީ ރަގަޅުނޫން ބަދަލެއްކަމާއި އެސް. އެސް. ސީ އިމްތިޙާނު ޕޭޕަރުގައި ހިތުދަސްކުރަން ޖެހޭ ބައިތައް ހިމެނިފައިވާކަމާއި އެސް. އެސް. ސީ އިމްތިޙާން މާކު ކުރުމުގައި މައްސަލަތަކެއް އެބަހުރިކަމާއި ފެންވަރު ރަގަޅު މާކަރުން ނުލިބުމާއި އެގްޒޭމިނަރުންގެ ފެނަވަރު ދަށްކަމުގައި ފާހަގަކުރަމެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ރަގަޅު ކުރެވޭނީ ސުކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ބެލެނިވެރިންނާ ގުޅިގެން ކަންތައްތަކެއް ހިންގައިގެން ކަމުގައިވެސް މި ދިރާސާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ ރަގަޅު ކުރުމަށް މިހާރަށްވުރެ ބޑު، ބުރަ އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މި ދިރާސާއަށް ފާހަގަވެއެވެ. en_US
dc.publisher Maldives National University en_US
dc.subject އެސް. އެސް. ސީ އިމްތިޙާނު en_US
dc.subject ްއަމީނިއްޔާ ސުކޫލު en_US
dc.subject ދިވެހި en_US
dc.subject ނަތީޖާ ދަށްވުން en_US
dc.subject އެސް. އެސް. ސީ އިމްތިޙާނު ޕޭޕަރު en_US
dc.subject ޅަފތުގެ ދައުރު en_US
dc.subject SSC exam en_US
dc.subject Aminiya School en_US
dc.subject Dhivehi en_US
dc.subject Examination paper en_US
dc.title އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެހެއްޔެވެ؟ en_US
dc.title.alternative Aminiya schoolge es. es. see natheeja dhahvanee keehvehehyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account