DSpace Repository

މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟

Show simple item record

dc.contributor.author ޢަބްދުﷲ ޝިހާމް
dc.contributor.author Shiham, Abdullah
dc.date.accessioned 2018-03-11T15:08:00Z
dc.date.available 2018-03-11T15:08:00Z
dc.date.issued 2009-11-01
dc.identifier.citation ޢަބްދުﷲ ޝިހާމް. (2009). މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން. en_US
dc.identifier.citation Shiham. A. (2009). Maaleyge primary sukool thakuge gureydu 7 ge dharivarun alifu, shaviyani, thaa sukun beynunkuranee dhivehi bahuge gavaaidhaa ehgothah hehyeve?. Maldives., Maldives College of Higher Education.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/838
dc.description.abstract މި ދިރާސާއަކީ ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި އ، ށ، ތ ސުކުންކުރުމުގައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ސުކުން ބޭނުންކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ކުރާ ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން ޣިޔާޘުއްދީން ސްކޫލާއި ޢިމާދުއްދީން ސުކޫލް އަދި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލުގެ 80 ދަރިވަރުންނާއި އެދަރިވަރުންނަށް ކިޔަވައިދޭ 12 މުދައްރިސުންނާއި ދަރިވަރުންގެ 20 ބެލެނެވެރިން ދިރާސާއަށް ބޭނުންވާ ސާންޕަލްގެ ގޮތުގައި ބޭނުންކުރީމެވެ. މައިގަނޑުގޮތެއްގައި އެފަރާތްތަކުން ޑާޓާ ހޯދުމުގައި ބޭނުންކުރީ ސާވޭ ފޯމެވެ. އެހެންނަމަވެސް ދަރިވަރުންގެ ތަމްރީނު ފޮތާއި އިމްތިހާނު ކަރުދާސްވެސް މި ދިރާސާގައި ބޭނުންކޮއްފައިވާނެއެވެ. މި ދިރާސާ ކުރުމުގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ ދެކަމެއްގެ މައްޗަށެވެ. އެއީ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުންކުރުމުގައި ބަހުގެ ގަވާއިދާއި ޚިލާފުވޭތޯއާއި ޚިލާފު ވާނަމަ އެކަމުގެ ސަބަބުތައް ހޯދުމުގެ މައްޗަށެވެ. މި މަޤްޞަދުގައި ކުރެވުނު މިދިރާސާއަށް ސާންޕަލް ހޯދުމުގައި ދިމާވި ދަތިތަކާހުރެ ދިރާސާގައި ބޭނުންކުރަންޖެހުނީ ކޮންވީނިއަން ސާންޕަލެވެ. ދިރާސާގެ ހައިޕޮތެސިސްކަމުގައި ކަނޑައެޅި " މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ބޭނުން ހުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަކަށް ނޫނެވެ" މި ހައިޕޮތެސިސް ދިރާސާގެ ނަތީޖާއާއި ސީދާވިއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ބަހުގެ ގަވާއިދާ އެއްގޮތަށް މި ތިން ސުކުން ކުރަން އެނގެނީ ދިރާސާގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން އެންމެ 15 އިންސައްތަ ދަރިވަރުންނަށެވެ. ބާކީ 85 އިންސައްތަ ދަރިވަރުންނަކީ އ، ށ، ތ ސުކުން ބަހުގެ ގަވާއިދާ އެއްގޮތަށް ކުރަން ނޭނގޭ ދަރިވަރުންނެވެ. އެހެންކަމުން މިނަތީޖާއަށް ބަލާއިރު މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތައް ނޫންކަމުގައި ބުނަންޖެހެއެވެ. ސުކުން ކުރުމުގައި ބަހުގެ ގަވާއިދާ ޚިލާފުވާ މައިގަނޑު ދެތިންކަމެއް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއްކަމަކީ މުދައްރިސުން ކިޔައިދޭ ގޮތެވެ. ސުކުން ގަޑިތައް ކިޔަވައިދިނުމުގައި އުނގެނުމުގެ ހަތަރު ހުނަރަށް ދެވޭ އަހަންމިއްޔަތު ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެގަނޑިތަކުގައި ދަރިވަރުން ބައިވެރިކުރާ މިންވަރު ދައްވުމުން ތަޖުރިބާކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. ނަތީޖާއަކީ ސުކުން ކިޔަވައިދޭ ގަޑިތަކަކީ ދަރިވަރުންނަށް ފޫހި ގަޑިތަކަކައްވުމެވެ. އަނެއްކަމަކީ ދަރިވަރުންނަށް ދެވޭ ފީޑްބެކެވެ. އެދެވޭ އަދި ދެފަރާތަށް ސާފުކޮށް ދޭހަވާފަދަ ފީޑްބެކެއް ދެވިފައެއް ނެތެވެ. އަދި އާންމުކޮށް ފީޑްބެކް ދެވެނީވެސް އެވްރެޖުކޮށް މައްސަލަ ޖެހޭ ސުކުންތަކަށް މުޅިކުލާހަށް އާންމު ފީޑްބެކެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބެއްވާ ފައިދާއެއް ނުލިބެއެވެ. ކުށް އިސްލާހުކުރާނޭ ގޮތެއް ނޭނގެއެވެ. ތިންވަނަ ކަމަކީ ބަހުގެ ގަވާއިދުގެ މައްސަލައެވެ. އަލިފު ސުކުނާއި ށަވިޔަނި ސުކުން އެއްގޮތަކަށް ކިޔޭތީ ދިމާވާ މައްސަލައެވެ. ސުކުނުގެ އަޑު އިވޭ ސުކުން ނޫން ސުކުނެއް ކުރަންޖެހޭ ހާލަތްތައް މެދުވެރިވުމެވެ. މި ގޮތުން ތ، އ، ށ މި ތިން ސުކުނަކީވެސް ނޫނު ސުކުނުގެ އަޑު އިވޭ ބައެއް ހާލަތްތަކުގައި ކުރަންޖެހޭ ތިން ސުކުނެވެ. މިގޮތަށް ސުކުންކުރެވޭ ހަމަތައް ހެދިފައިވާތީ މިޢީ ދަރިވަރުންނަށް ސުކުން އޮޅުމަށް މެދުވެރިވާ އެއްސަބަބުކަމަށް ފެނެއެވެ. ދެންއޮތީ ދަރިވަރުން ސުކުން ކުރުމަށް ދޭންވާ ސަމާލުކަންނުދިނުމުގެ މައްސަލައެވެ. މިކަމަކީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ގުޅިފައިވާ މައްސަލައެއްކަން ބަހުގެ މާހިރުންގެ ދިރާސާތަކުން އެނގެއެވެ. ދަރިވަރުން ޝައުޤުވެރިވާނީ ވާނުވާއެއް އެނގޭ ކަމަކަށެވެ. އަދި އެކަމެއް ކުރިޔަށް ގެންދާ ގޮތަކުންނެވެ. މިއުސޫލުން ވިސްނާއިރު ސުކުންކުރުމުގައި ދަރިވަރުން ސަމާލުކަން ނުދޭނަމަ އެކަންވެސް ރައްދުވާނީ ހެދިފައިވާ ގަވާއިދުތަކަށާއި ކިޔަވައިދޭ ފަރާތްތަކަށެވެ. ވީމާ، މުޅި ދިރާސާއިން އެނގުނީ މާލޭގަ ޕްރައިމެރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ތ، އ، ށ ސުކުން ކުރުމުގައި ބަހުގެ ހަމަތަކާއި ޚިލާފުވާކަމެކެވެ. މިކަން މެދުވެރިވަނީ ސުކުންކުރުމުގެ ގަވާއިދު ހެދިފައިވާ ގޮތުންނާއި އެހަމަތައް ކިޔަވައިދެވޭ ގޮތުންކަމެވެ. en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން en_US
dc.publisher Faculty of Arts, Maldives College of Higher Education
dc.subject sukun kurun en_US
dc.subject alifu, shaviyani, thaa sukun en_US
dc.subject އ. ށ. ތ ސުކުން en_US
dc.subject މާލޭގެ ޕްރައިމަރީ ސްކޫލް en_US
dc.subject ބަހުގެ ގަވާއިދާއި އެއްގޮތަށް en_US
dc.subject ގްރޭޑް 7 en_US
dc.subject grade 7 en_US
dc.subject correct grammar usage en_US
dc.title މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟ en_US
dc.title.alternative Maaleyge primary sukool thakuge gureydu 7 ge dharivarun alifu, shaviyani, thaa sukun beynunkuranee dhivehi bahuge gavaaidhaa ehgothah hehyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account