DSpace Repository

މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު.

Show simple item record

dc.contributor.author Shareef, Ali
dc.contributor.author ޢަލީ ޝަރީފް
dc.date.accessioned 2018-03-14T06:09:44Z
dc.date.available 2018-03-14T06:09:44Z
dc.date.issued 2011-11-01
dc.identifier.citation Shareef, A. (2011). Maleyge saanavee madharusaathakuge grade 9 ge dharivarunnah dhivehi bahuge vaahakadhehkumuge dharajathah engey minvaru. Male', Maldives College of Higher Education. en_US
dc.identifier.citation ޢަލީ ޝަރީފް. (2011). މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/891
dc.description.abstract މި ދިރާސާއަކީ، މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު ދެނެގަތުމަށް ކުރި ދިރާސާ އެކެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ، މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު ދެނެގަނެ، އެ އޮޅުންތައް ކުޑަ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތައް މަގުފަހި ކޮށްދިނުމެވެ.މ ދިރާސާ ލިޓްރޭޗަރ ރިވިއު އިން ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދިރަޖަތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔައެވެ. މިގޮތުން، ބައެއް ބައިތަކަށް ވަރަށް ހަރުދަނާ ޤައާއިދު ތަކެއް ހެދިފައިވާއިރު، ޤަވާއިދު ހަރުދަނާ ކުރަންޖެހޭ ބައެއް ބައިތައްވެސް ހުރިކަން ފާހަގަކުރެވުނެވެ. މި ދިރާސާ ހެދުމަށް ޚިޔާރުކުރީ އެމްޕެރިކަލް ރިސަރޗް ފްރޭމްވަރކެކެވެ. އަދި މި ދިރާސާ ކުރިއަށް ގެންދިޔައީ ކުއަންޓިޓޭޓިވް މެތަޑް ބޭނުން ކޮށްގެންނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނީ، މާލޭގެ ސާނަޥި 5 ސްކޫލެއްގެ ގުރޭޑް 9 ގެ ޖުމުލަ 100 ދަރިވަރުންނެވެ. ދެ ޖިންސް ހަމަހަމަ ވާނޭހެން ރެންޑަމް އުސޫލުން ސްކޫލް ތަކުން ހޮވާލެވުނު ދަރިވަރުންލައްވާ ފުރުވި ސަރވޭ ފޯމުން މަޢުލޫމާތު އެއްކުރެވުނެވެ. މިގޮތުން، ދަރަޖިއިގެ އެކިބައިތައް ދަރިވަރުންނަށް އެނގޭ މިންވަރު ހޯދުނެވެ. އަދި ދަރިވަރުންނަށް ދަރަޖައިގެ އެކި ބައިތައް އެނގޭ މިންވަރުގައި ދެ ޖިންސް ދެމެދު ހުރި ފަރަޤު ފާހަގަކުރެވުނެވެ. މި ދިރާސާއިން ހޯދިހޯދުމުން ފާހަގަކުރެވުނީ، މިދިރާސާގެ ގިނަ ބައިވެރިންނަށް ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަން ރަނގަޅަށް ނޭނގޭކަމެވެ. އަދި މި ދިރާސާގެ ބައިވެރިންގެ ތެރެއިން ދަރަޖަ ބޭނުންކުރަން ފިރިހެން ދަރިވަރުންނަށްވުރެ ބޮޑަށް އަންހެން ދަރިވަރުންނަށް އެނގޭކަން ހާމަވެގެން ދިޔައެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދިރާސާގެ ބައިވއރިންގެ ތެރެއިން 9 އިންސައްތަ ދަރިވަރުންނަށް ދިވެހިބަހުގެ ދަރަޖަތައް ރަނގަޅަށް އެނގެއެވެ. އަދި 42.33 އިންސައްތަ ދަރިވަރުންނަށް މި ދަރަޖަތައް އެނގެނީ "ފުދޭވަރަކަށް" އެވެ. ކުޑަމިންވަރަކަށް އެނގޭ 45.67 އިންސައްތަ ދަރިވަރުން ތިބިއިރު، މި ދަރަޖަތައް އެއްގޮތަކަށްވެސް ނޭނގޭ 3 އިންސައްތަ ދަރވަރުން އެބަ ތިއްބެވެ. en_US
dc.publisher Faculty of Arts, Maldives College of Higher Education en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subject ސާނަވީ މަދަރުސާ en_US
dc.subject ވާހަކަދެއްކުމުގެ ދަރަޖަތައް en_US
dc.subject ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް en_US
dc.subject ދިވެހިބަސް en_US
dc.subject Secondary school en_US
dc.subject oratory competence en_US
dc.subject dhivehi language en_US
dc.title މާލޭގެ ސާނަވީ މަދަރުސާތަކުގެ ގްރޭޑް 9 ގެ ދަރިވަރުންނަށް ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް އެނގޭ މިންވަރު. en_US
dc.title.alternative Maleyge saanavee madharusaathakuge grade 9 ge dharivarunnah dhivehi bahuge vaahakadhehkumuge dharajathah engey minvaru. en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account