DSpace Repository

ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ލަފްޒް ދާންދޫ ބަހުރުވައަށް ބަދަލުވާއިރު، އަންނަ ފޮނޮލޮޖިކަލް ތަފާތުތައް

Show simple item record

dc.contributor.author Adam, Shimla
dc.contributor.author ޝިމްލާ އާދަމް
dc.date.accessioned 2018-03-14T16:33:41Z
dc.date.available 2018-03-14T16:33:41Z
dc.date.issued 2012-11-01
dc.identifier.citation Adam, S. (2010). Rasmee bahuruvaige ibifili jehifawivaa dhe akuraai thin akuruge lafuzu Dhaandhoo bahuruvaah badhaluvaairu anna fonological thafaathuthah. Male', Maldives National University. en_US
dc.identifier.citation ޝިމްލާ އާދަމް. (2012). ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ލަފްޒް ދާންދޫ ބަހުރުވައަށް ބަދަލުވާއިރު، އަންނަ ފޮނޮލޮޖިކަލް ތަފާތުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/903
dc.description.abstract މި ދިރާސާއަކީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ހުވަދު އަތޮޅު އުތުރުބުރީ ދާނަދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ހުންނަ ތަފާތުތައް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ ސުވާލަށް ޖަވާބުދީ މަޤުޞަދު ޙާޞިލުކުރުމުގެ ގޮތުން، ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ޕެރަޑައިމުގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް، ދިރާސާގެ ހޯދުންތަކުން މާނަނެރުމުގެ ގޮތުން، ކުއަންޓިޓޭޓިވް އެނޭލިސިސް ބޭނުންކުރެވުނެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ، ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ޖުމްލަ 100 ލަފުޒެވެ. މި ލަފުޒުތައް ނަގާފައިވަނީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2006)ގެ ދިވެހި ބަސްފޮތުންނެވެ. އަދި މި ލަފުޒުތައް ދާންދޫ ބަހުރުވައިން ކިޔައި ލިޔުމަށް ދާންދޫ މީހުންގެ ތެރެއިން ދެ ޖިންސުގެ 20 މީހުން ސާމްޕަލްގެ ގޮތުގައި ބޭނުންކުރެވުނެވެ. މި ދިރާސާގެ މަޤުޞަދު ޙާޞިލުކުރުމަށްޓަކައި ކުރެވުނު މަސައްކަތުން، ރަސްމީ ބަހުރުވައާއި ދާންދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ހުރިކަން ހޯދުނެވެ. މިގޮތުން، ކޮންސަނަންޓް އަޑުގެ ގޮތުން ޖުމްލަ 25 ލަފުޒަކުން 5 އަޑެއް ތފާތުވެފައިވެއެވެ. މިތަފާތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރަސްމީ ބަހުރުވައިގެ /s/ (ށ) އަޑު ދާންދޫ ބަހުރުވައިގެ/t/ /ޓ/ އަޑަށް ބަދަލުވާކަމެވެ. އަދި ވަވްލް އަޑުގެ ގޮތުގައި ޖުމްލަ 65 ލަފުޒެއްގައި 7 އަޑު ތަފާތުވެފައިވެއެވެ. ވަވްލް އަޑުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރަސްމީ ބަހުރުވައިގެ /I/ "ި" އަޑު ދާންދޫ ބަހުރުވައިގެ "ާ" އަޑަށް ބަދަލުވާކަމެވެ. މިގޮތަށް ޖުމްލަ 53 ލަފުޒުން ތަފާތު ހޯދުނެވެ. އެހެންކަމުން، މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، މި ދިރާސާގެ 100 ލަފުޒުގެ ތެރެއިން، އަޑުގެ ގޮތުން ދެ ބަހުރުވައިގެ މެދުގައި ޖުމުލަ 65 ލަފުޒު ތަފާތުވެފައިވެއެވެ.އަދި ލަފުޒުގެ ގޮތުން ޖުމުލަ 22 ލަފުޒު ތަފާތުވެފައިވާއިރު، އެއްގޮތަކަށްވެސް ތަފާތުނުވާ 13 ލަފުޒެއްވެސްވެއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެން ދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަން ބަހަވީ ޢިލްމުގެ އުޞޫލުތަކުގެ މަތިން، ސާބިތުކޮށްދެއްވާފައިވާ ފަރާތްޕުޅުތަކުގެ ވާހަކަތައް ކަށަވަރުކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މިދިރާސާގެ އަލީގައި ދަންނަވާނީ، ރަސްމީ ބަހުރުވައާއި ދާންދޫ ބަހުރުވައިގެ ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ތަފާތު ތަކެއް ހުރިކަމެވެ. en_US
dc.publisher Faculty of Arts, Maldives National University en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subject ރާއްޖޭގެ ރަސްމީ ބަހުރުވަ en_US
dc.subject ދާންދޫ en_US
dc.subject ލަފުޒުތަކުގެ މެދުގައި އަޑުގެ ގޮތުންނާއި ލަފުޒުގެ ގޮތުން ހުންނަ ތަފާތުތައް en_US
dc.subject ދާންދޫ ބަހުރުވައަ en_US
dc.subject އަޑު ތަފާތުވުވުން en_US
dc.subject ބަހުރުވަ en_US
dc.subject ދިވެހިބަސް en_US
dc.title ރަސްމީ ބަހުރުވައިގެ އިބިފިލި ޖެހިފައިވާ ދެ އަކުރާއި ތިން އަކުރުގެ ލަފްޒް ދާންދޫ ބަހުރުވައަށް ބަދަލުވާއިރު، އަންނަ ފޮނޮލޮޖިކަލް ތަފާތުތައް en_US
dc.title.alternative Rasmee bahuruvaige ibifili jehifawivaa dhe akuraai thin akuruge lafuzu Dhaandhoo bahuruvaah badhaluvaairu anna fonological thafaathuthah. en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account