DSpace Repository

ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް

Show simple item record

dc.contributor.author Adam, Fathmath
dc.contributor.author ފާޠިމަތު އާދަމް
dc.date.accessioned 2018-03-14T17:01:59Z
dc.date.available 2018-03-14T17:01:59Z
dc.date.issued 2012-11-01
dc.identifier.citation Adam, F. (2012). Dhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthah. Male', Maldives National University. en_US
dc.identifier.citation ފާޠިމަތު އާދަމް. (2012). ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/905
dc.description.abstract މިދިރާސާއަކީ ދިވެހިބަހާއި ޢަރަބިބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއް ފެންނާތީވެ، އެކަންތައްތައް ހޯދާ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ އަމާޒުކުރެވިފައިވާނި ދިވެހިބަހުގައާއި ޢަރަބި ބަހުގައި ނަފީކުރުމަކީ ކޮބައިކަމާއި ނަފީކުރުމަށް ބޭނުންކުރެވޭ އަކުރުތަކާއި އެ އަކުރުތައް ލަފުޒުގައި އައިސްފައި ހުންނަނީ ކޮން ދިމަދިމާއެއްގައިތޯ ބެލުމަށެވެ. އަދި މިދެބަހުގައިވާ ކަން ނަފީކުރުމުގައިވާ އެއްގޮތް ސިފަތަކާއި ތަފާތުތައްވެސް މިދިރާސާއިން ވަނީ ހޯދިފައެވެ. މިދިރާސާގެ ސުވާލަށް ޖަވާބުދީ ސުވާލުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މިކްސްޑް މެތަޑްގެ ދަށުންނެވެ. މިގޮތުން ދިރާސާބަހާލެވިފައިވަނީ މައިގަނގަޑު ހަ ބާބުގެ މައްޗަށެވެ. މިދިރާސާއިން އެނގި ހާމަވިގޮތުގައި ދިވެހިބަހާއި ޢަރަބި ބަހުގައި ނަފީކުރެވޭ ގޮތުގައި ތަފާތުތަކާއި އެއްގޮތް ކަންތައްތަކެއްވެއެވެ. މިގޮތުން މި ދެ ބަހުގައިވާ ލަފުޒުތައް ނަފީކުރުމުގައި ހުރި އެއްގޮތް ކަންތައްތަކަށް ބަލާއިރު ނަފީ ކުރެވޭ އަކުރުތައް ލަފުޒުތަކުގައި އައިސްފައިވާ ދިމާ ފާހަގަ ކޮށްލެވެއެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެވޭ ފަދައިން ޢަރަބި ބަހުގައިވެސްނަފީކުރުމަށް ލަފުޒުގެ ކުރިއަށް ނަފީގެ އަކުރު ބޭނުންކުރެއެވެ. މީގެއިތުރުން ދިވެހިބަހާއި ޢަރަބިބަހުގައި ލަފުޒު ނަފީކުރުމުގައި ތަފާތު ތަކެއްވާކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިބަހުގައި ލަފުޒުގެ މެދަށް ނަފީގެ އަކުރު އަންނައިރު، ޢަރަބި ބަހުގައި މިގޮތަށް ނަފީގެ އަކުރުނާންނަކަން ފާހަގަކުރެވުނެވެ. ޢަރަބި ބަހުގައި ނަފީގެ އަކުރު އަންނަނީ ހަމައެކަނި މަސްދަރު ނުވަތަ ކަމުގެކުރިއަށެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހިބަހުގައި ނަފީކުރެވޭ ގޮތާއި ޚިލާފަށް ޢަރަބި ބަހުގައި ނަފީކުރެވޭއިރު ޒަމާނާއި ގުޅިގެން ނަފީކުރުމުގެ އަކުރަށް ބަދަލު އަންނަކަމެވެ. މިގޮތުން ޢަރަބި ބަހުގައި އެކި ޒަމާންތަކަށް ނަފީގެ އެކި އަކުރު ބޭނުން ކުރާކަން ފާހަގަކުރެވުނެވެ. ނަމަވެސް ދިވެހިބަހުގައި ބަދަލު އަންނަނީ ކަމަށެވެ. ނަފީގެ އަކުރަކަށް ޒަމާނާއި ގުޅިގެން ބަދަލެއް ނާދެއެވެ. en_US
dc.publisher Faculty of Arts, Maldives National University en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subject ދިވެހިބަސް en_US
dc.subject އަރަބި ބަސް en_US
dc.subject ކަން ނަފީކުރުން en_US
dc.subject ނަފީކުރުން en_US
dc.subject ދިވެހިބަހުގެ ޤަވާއިދު en_US
dc.title ދިވެހި ބަހާއި ޢަރަބި ބަހުގައި ކަން ނަފީކުރުމުގައިވާ ތަފާތުތައް en_US
dc.title.alternative Dhivehi bahaai arabi bahugai kan nafeekurumugaivaa thafaathuthah en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account