DSpace Repository

ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟

Show simple item record

dc.contributor.author Fizaan, Mohamed
dc.contributor.author މުުޙައްމަދު ފިޒާނު
dc.date.accessioned 2018-03-15T11:44:10Z
dc.date.available 2018-03-15T11:44:10Z
dc.date.issued 2011-11-01
dc.identifier.citation މުޙައްމަދު ފިޒާނު. (2011).ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން. en_US
dc.identifier.citation Fizaan, M. (2011). Hilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve?. Male', Republic of Maldives.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/929
dc.description.abstract މި ދިރާސާއަކީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްތޯ ހޯދުމަށް ހެދި ދިރާސާއެކެވެ. މީލާދުން 1368 ން 1558 ށް ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކޮށްފައިވާނީ ތާރީޚީ ލިޔުންތަކާއި އިންޓަވިއުތަކެވެ. މިއީ ކުއަލިޓޭޓިވް ޕެރަޑައިމްއަށް އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ހެދި ދިރާސާއެކެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި 29 ރަސްކަލަކު ރަސްކަން ކުރައްވާފައިވެއެވެ. އެއްފަހަރަށްވުރެން ގިނަފަހަރު ބައެއް ރަސްކަލުން ރަސްކަން ކުރައްވާފައިވުމުން ރަސްކަމުގެ 34 ދައުރެއް އައިސްފައިވެއެވެ. ރަސްކަލަކު ރަސްކަމުގައި ހުންނަވަނިކޮށް ރަސްކަމުން ދުރުކުރެއްވުމަށް ފަހު އަނެއްބޭފުޅަކު ރަސްކަމަށް އިސްވެވަޑައިގެންނެވުނެފަދަ ރަސްކަމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ހިނގާފައިއެބަހުއްޓެވެ. މިކަންކަމުން އެނގެނީ މި ދަރިކޮޅަކީ ރަސްކަން ހޯދުމަށް ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަރިކޮޅެއްކަމެވެ. މިދިރާސާއިން ހޯދިފައިވަނީ މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ބޭބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަންނަވާފައިވާކަމެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަމަށް އިސްވެވަޑައިގެންފައިވަނީ އިބްރާހިމް (އެއްވަނަ) (ފުރަތަމަ ބުރު)، ޙާޖީ ޙަސަން (ތިންވަނަ) (ފުރަތަމަ ބުރު)، ހަދި މުޙައްމަދުލް ހިލާލީ، ޙަސަން (ހަތަރުވަނަ) (ފުރަތަމަ ބުރު)، ޙަސަން (ފަސްވަނަ)، ޙަސަން ޝިރާޒީ (އަށްވަނަ)، އުޘްމާނު (ދެވަނަ)، ދަންނަ މުޙައްމަދު، އައްސުލްޠާން ޔޫސުފް (ދެވަނަ)، އަބޫބަކުރު (އެއްވަނަ)، ކަޅު މުޙައްމަދު (ފުރަތަމަ ބުރުގައި)، ޢަލީ (ހަތަރުވަނަ)، ޙަސަން (ހަތަރުވަނަ) (ދެވަނަބުރު)، މުޙައްމަދު، ޙަސަން (ނުވަވަނަ) އަދި ޢީސާއެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެވަޑައިގެންފައިވާ ބޭބޭފުޅުންނަކީ ޙުސައިނުލް ހިލާލީ (އެއްވަނަ)، ސައްޔިދު މުޙައްމަދު، ޙާޖީ ޙަސަން (ތިންވަނަ) (ދެވަނަ ބުރުގައި)، ޢުމަރު (ދެވަނަ)، ޔޫސުފް (ތިންވަނަ)، ކަޅު މުޙައްމަދު (ދެވަނަބުރު)، އަޙަސަން (ހަތްވަނަ)، ޙަސަނުލް ހިލާލީ (އެއްވަނަ)، އިބްރާހިމް (އެއްވަނަ) (ދެވަނަ ބުރުގައި)، އައްޝައިޚު ޙަސަން (ހަވަނަ)، އިބްރާހީމް (ދެވަނަ)، ޢަލީ (ފަސްވަނަ)، ކަޅު މުޙައްމަދު (ތިންވަނަ ބުރުގައި)، ނާޞިރުއްދީނުލް ކަލާވަހީ، ޙަސަން (ދެވަނަ)، އަޙުމަދު ޝަރީފުލް މައްކީ، އަބޫބަކުރު (ދެވަނަ) އަދި ޢަލީ (ހަވަނަ) އެވެ. en_US
dc.publisher Faculty of Arts, Maldives College of Higher Education en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subject ހިލާލީ ދަރިކޮޅު en_US
dc.subject ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތު en_US
dc.subject ރަސްކަން en_US
dc.subject ރަސްކަލުން en_US
dc.subject ވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަންކުރުން en_US
dc.subject ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަންކުރުން en_US
dc.subject ދިވެހި ތާރީޚް en_US
dc.subject ވިރާސީ ރަސްކަން en_US
dc.subject އެއްފަހަރަށްވުރެ ގިނަފަހަރު ވެރިކަން ކުރުން en_US
dc.subject 1368 en_US
dc.title ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟ en_US
dc.title.alternative Hilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve? en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account