DSpace Repository

ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް

Show simple item record

dc.contributor.author Abdulla, Niyaama
dc.contributor.author ނިޔާމާ ޢަބުދުﷲ
dc.date.accessioned 2018-03-15T14:04:12Z
dc.date.available 2018-03-15T14:04:12Z
dc.date.issued 2013-11-01
dc.identifier.citation Abdulla, N. (2013). Dhivehi bahugai beynunkurevey akureh kamugaivaa "ves" beynunkurevey gothaai adhaakohdhey dhauruthah. Male', Maldives National University. en_US
dc.identifier.citation ނިޔާމާ ޢަބުދުﷲ. (2013). ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/932
dc.description.abstract މި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ އަކުރެއް ކަމުގައިވާ "ވެސް" ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއެކެވެ. މި ގޮތުން، ދެކެވެމުން ދާ ވާހަކައެއް، އެއް ވާހަކައެއް ނުވަތަ ޚިޔާލެއް އަނެއް ވާހަކައާއި ނުވަތަ ޚިޔާލަކާއި ގުޅުވުމަށާއި، ދިވެހި ބަހުގައި ބޭނުންކުރެވޭ ބައެއް އަކުރާއި ގުޅުވައިގެން ލަފުޒު އުފެއްދުމަށް "ވެސް" ބޭނުންކުރާ ގޮތުގެ މައްޗަށް ބަލާލާފައި ވާނެއެވެ. ހަމަ މިއާއެކު، "ވެސް" އަދާކޮށްދޭ ދައުރުތައް ކަމުގައިވާ ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، މުޖުލަ ފުރިހަމަ ކޮށްދިނުމާއި، މާނައަށް ބަދަލު ގެނައުމާއި އަދި އިތުރު މާނަ ދޭހަކޮށްދިނުމުގެ މައްޗަށް ބަލާލާފައި ވާނެއެވެ. މިދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. ސާމްޕަލް ނެގީ ދިވެހި އޮންލައިން ވެބުސައިޓަކުންނެވެ. މި ސައިޓުތަކުން 20 ލިޔުންތެރިއަކު ލިޔެފައިވާ 36 ޖުމުލަ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނެއެވެ. މި ދިރާސާއަކީ ދިވެހި ބަހުގައި "ވެސް" މި އަކުރު ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކާއި، "ވެސް" ގެ ސަބަބުން މާނައަށް އަންނަ ބަދަލާއި އަދި ދޭހަވާ އިތުރު މާނަތައް ދިރާސާކުރުމަށް ހަދާ ދިރާސާއެއް ކަމުން، މި މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕާރޕޯސިވް ސާމްޕްލިން ބޭނުންކޮށްގެންނެވެ. ދިރާސާ ހެދުމުގައި ބޭނުންކޮށްފައިވަނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ "ވެސް" މި އަކުރު ބޭނުންކުރެވެނީ ދެ ޖުމުލައެއްގައި ނުވަތަ އެއް ޖުމުލައެއްގައި ނަމަވެސް ކުރިން ދެކެވުނު ވާހަކައާއި ފަހުންދެކެވޭ ވާހަކަ ގުޅުވައިދިނުމަށް ބޭނުންކުރާ ލިންކެއްގެ ގޮތުގައާއި "ދެން"، "އަދި"، "ނަމަ"، "އެއް"، މި ލަފުޒުތަކާއި ގުޅުވައިގެން "ދެންވެސް"، "އަދިވެސް"، "ނަމަވެސް"، "އެއްވެސް" އުފެއްދުމަށް ކަމެވެ. ދެ ޖުމުލައެއްގައި ދެކެވުނު ވާހަކަ ގުޅުވާލުމަށް "ވެސް" ބޭނުންކުރާއިރު "ވެސް" އަބަދުވެސް އިޝާރާތްކުރާނީ ކުރިން ދެކެވުނު ވާހަކައިގައި ބަޔާންކޮށްފައިވާ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށެވެ. ޖުމުލަ ފުރިހަމަކޮށްދިނުމާއި، ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، ޖުމުލައިގެ މާނަ ބަދަލުކޮށްދިނުމުގެ އިތުރުން ޖުމުލައިން އިތުރު މާނަ ދޭހަކޮށްދިނުމަކީ "ވެސް" އަދާ ކޮށްދޭ ދައުރުތަކެއްކަންވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެހެންކަމުން އެ ކަންކަމުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލާފައި ވާނެއެވެ. މި ދިރާސާއިން "ވެސް" މިއަކުރާއިބެހޭގޮތުން ގިނަ ހޯދުންތަކެއް ހޯދިފައިވެއެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރު ހޯދުންތަކެއް ހޯދުމަށް އިތުރު ދިރާސާތަކެއް ހެދުމަކީ މުހިއްމު ކަމެކެވެ. en_US
dc.publisher Faculty of Arts, Maldives National University en_US
dc.publisher ފެކަލްޓީ އޮފް އާޓްސް, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subject ވެސް en_US
dc.subject އަދާކޮށްދޭ ދައުރު en_US
dc.subject ކުރިން ދެކެވުނު ވާހަކައާއި ފަހުންދެކެވޭ ވާހަކަ en_US
dc.subject ދެ ޖުމުލައެއްގައި ދެކެވުނު ވާހަކަ ގުޅުވާލުން en_US
dc.subject ދިވެހިބަސް en_US
dc.subject ބަހުގެ ޤަވާއިދު en_US
dc.subject ޖުމުލަ ފުރިހަމަކޮށްދިނުން en_US
dc.subject ޖުމުލައިގެ ބާރު ގަދަކޮށްދިނު en_US
dc.subject ޖުމުލައިގެ މާނަ ބަދަލުކޮށްދިނުން en_US
dc.subject ޖުމުލައިން އިތުރު މާނަ ދޭހަކޮށްދިނުން en_US
dc.subject ވެސް" މި އަކުރު ބޭނުންކުރެވޭ ގޮތް en_US
dc.subject މާނައަށް އަންނަ ބަދަލު en_US
dc.title ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް en_US
dc.title.alternative Dhivehi bahugai beynunkurevey akureh kamugaivaa "ves" beynunkurevey gothaai adhaakohdhey dhauruthah en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account