Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
2 results
Search Results
ThesisItem ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެވެ.(Faculty of Arts, Maldives National University, 2013-11-01) Asnaan, Ahmed; އަޙްމަދު އަސްނާންމި ދިރާސާއަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރު ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ކުއްޖާގެ ބަހުގެ ވެށީގައި ހިމެނޭ އެކި ކަންކަމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރޭތޯ މި ދިރާސާގައި ބަލާފައިވާނެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާގައި ޖޯގުރަފިކަލްގޮތުން ބަހުގެ ވެށި ތަފާތު ވެއްޖެނަމަ ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުވެސް ހޯދާފައިވާނެއެވެ. އެހެންކަމުން މި ދިރާސާގެ މައިގަނޑު މަގުޞަދަކީ ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާވުމުން ކުއްޖާގެ ބަސްކޮށާރަށް ކުރާ އަސަރުތައް ދެނެގަތުމެވެ. މި ދިރާސާހެދުމުގައި ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނީ ކުއްޖާ ބަސް ދަސްކުރުމުގައި ބޭނުންކުރާ ތަފާތު ތިއަރީތަކާއި ކުއްޖާގެ ކިބައިގައި ބަހެއް އަށަގަތުމުގައި ކަޑައްތުވާ މަރުހަލާތަކާއި މާހައުލާއި އުމުރުގެ މުހިންމުކަމެވެ. އެގޮތުން ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވަނީ މަޝްހޫރު ބަހަވީ ޢިލްމުވެރިން ހޯދާފައިވާ ތިއަރީތަކެވެ. އަދި ހަމަ އެހެންމެ ދިރާސާގެ މަޢުލޫއާއި ގުޅޭގޮތުން ދިވެހި ބަހުގެ ޢިލުމުވެރިން ފާހަގަކުރައްވާފައިވާ ނުކުތާތައްވެސް ލިޓްރޭޗަރ ރިވިއުގައި ގެނެސްފައިވާނެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ހޯދުންތައް ދެއްކުމުގައި ކުއަންޓޭޓިވް ޕެރެޑައިމްގެ އުކުޅުތައް ކަމުގައިވާ ގުރާފް ބޭނުންކޮށްފައި ވާނެއެވެ. މި ދިރާސާގެ ސާމްޕަލުގެ ގޮތުގައި ރާއްޖޭގެ ތިން ސަރަހައްދަކުން ކުދިންނެގީމެވެ. އެއީ ދެކުނުން އައްޑޫ، ފުވައްމުލައް، މާލޭ ސަރަހައްދުން މާލެ، ހުޅުމާލެ އަދި އުތުރުން ހދ. ކުމުންދޫ، ހދ. ކުޅުދުއްފުށިންނެވެ. އަދި މި ސަރަހައްދުތަކުން ސާމްޕަލްގެ ގޮތުގައި ނެގުނު ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔާ އާއި ކޮންމެ ސްކޫލަކުން ދަރިވަރުންނަށް ކިޔަވައިދޭ 1 ޓީޗަރަކު ނެގީމެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ކުއްޖާގެ ކިބައިގައި މާދަރީބަސް އަށަގަނެ ތަރައްޤީވަމުން އަންނައިރު ބަހުގެ މާހައުލު ތަފާތުވުމުން ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރެއެވެ. އެގޮތުން ޖޯގުރަފިކަލް ގޮތުން އެއްރަށް އަނެއްރަށުގެ ބަހުގެ މާހައުލު ތަފާތުވުމާއި މައިންބަފައިންނާއި ޓީޗަރުން އަދި ގޭގައި ދިރިއުޅޭ މީހުންނާއި މާހައުލުގައި ދިރިއުޅޭ މީހުންނާއި ޓީވީ ނުވަތަ ރޭޑިޔޯފަދަ އެއްޗެތިންވެސް ކުއްޖާގެ ބަސްކޮށާރަށް އަސަރުކުރާކަން މި ދިރާސާއިން ހޯދުނެވެ. ThesisItem އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟(Faculty of Arts, Maldives National University, 2012-11-01) Sulaiman, Ali; ޢަލީ ސުލައިމާންމިދިރާސާއަކީ ދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިންގެ ތެރެއިން އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ކުޑަކުދިންނަށް ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ އަޑުތައް ރަނގަޅު މަޚުރަޖައިން އަދާކުރެވޭ މިންވަރާއި އެއަޑުތަކުގެ ބަދަލުގައި ބޭނުންކުރާ އަޑުތަކުގައި އެއްގޮތްކަމެއް ހުރިތޯ ނުވަތަ ނެތްތޯއާއި އަދާ ނުކުރެވޭ އަޑުގެ ބަދަލުގައި އެހެން އަޑެއް ބޭނުންކުރޭތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލް ނަގާފައިވާނީ މާލޭގެ ދެސްކޫލަކުންނެވެ. މިގޮތުން 2 އަހަރު ބަޔާއި 3 އަހަރާއި އަދި 3 އަހަރާއި ތިން އަހަރުބަޔާއި ދެމެދުގެ އުމުރުފުރާއިން ކޮންމެ އުމުރު ފުރާއަކުން 15 ކުދިންގެ އަޑު ރެކޯޑު ކުރެވުނެވެ. މިގޮތުން އެއްކުރެވުނު ޑާޓާތައް ބައިތަކަށް ބަހާލައި ތަހުލީލު ކުރުމުން އެނގި ހާމަވީ، އުމުރުން ތިންއަހަރު ބަޔާއި ހަމައަށް އަށްނައިރުވެސް ދިވެހި ބަހުގެ އަޑުތަކުގެ ތެރެއިން 3 އަޑެއް ބައެއް ކުދިންނަށް ރަނގަޅަށް ދަސްނުވާކަމެވެ. އަދި އުމުރުމަތިވަމުން އަންނަވަރަކަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވޭ އަޑުތަކުގެ އަދަދު މަދުވަމުން އަންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ބަހުގެ އަޑުތައް އަދާކުރުމުގައި ކުދިންނަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވުނު އަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކޮށްފައިވާ އަޑުތަކުގެ ތެރޭގައި ހިމެނެނީ އަސްލު އަޑުގެ މަޚްރަޖައާއި ވަރަށް ބޮޑަށް ގާތްކުރާ އަޑުތަކެވެ. މިގޮތުން ބަދަލުގައި ބޭނުންކުރި ބައެއް އަޑުތަކަކީ އަސްލު އަޑުގެ މަޚުރަޖައިން އެހެން ނަމަވެސް ތަފާތުކޮށް އަދާކުރާ އަޑުތަކެއް ކަން ފާހަގަކުރެވުނެވެ. އަދި އަޑު ބަދަލުވުމުގައި ކުދިންގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން މުޅިދިރާސާގެ ހޯދުންތަކުން އެނގިފައިވަނީ އުމުރުން 3 އަހަރުބަޔާއި ހަމައަށް އަންނައިރު ބައެއް ކުދިންނަށް ދިވެހި ބަހުގެ ހުރިހާ އަޑެއްވެސް ރަނގަޅު މަޚުރަޖައިން އަދާކުރުމަށް ދަސްވެފައިވާ ކަމާއި، މިއުމުރާއި ހަމައަށް އަންނަ އިރު ބައެއް ކުދިންނަށް އެއްގޮތަކަށްވެސް އަދާނުކުރެވޭ އަޑަކީ "ރ" /r/ ގެ އަޑު ކަމެވެ.
