DSpace Repository

ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން

Show simple item record

dc.contributor.author ޙަސަން ޢަބްދުއްލަޠީފް
dc.contributor.author Abdul Latheef, Hassan
dc.date.accessioned 2018-03-21T06:52:30Z
dc.date.available 2018-03-21T06:52:30Z
dc.date.issued 2016-06-01
dc.identifier.citation ޙަސަން ޢަބްދުއްލަޠީފް. (2016). ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. en_US
dc.identifier.citation Abdul Latheef, H. (2016). Dhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathun. Male', Maldives National University.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1043
dc.description.abstract މި ދިރާސާއަކީ ދިވެހި އަދަބިއްޔާތުގައި ހިމެނޭ ކުރުވާހަކައިގައި ފެމިނިޒަމް ނުވަތަ ޖެންޑަރ ހުށަހަޅައި ދީފައި ހުންނަނީ ކިހިނެތްކަމާއި ކިހާ މިންވަރަކަށްކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ އެކި ބޭފުޅުން ދިވެހިބަހުން ލިޔުއްވާ ޝާއިޢު ކުރައްވާފައިވާ ވާހަކަތަކުގައި ޖެންޑަރ ނުވަތަ ޖިންސް ހުށަހަޅައިދީފައިވަނީ ކިހިނެތްތޯ ބެލުމަށެވެ. އަދި އެ ވާހަކަތަކުގައި ފެމިނިޒަމް އެކުލެވޭ މިންވަރުގެ މައްޗަށްވެސް ބަލާލެވިފައިވާނެއެވެ. މިފަދަ ދިރާސާއެއް ކުރިން ހެދިފައި ނުވުމާއި އެހެން ބަސް ބަހެކޭ އެއްގޮތަށް ދިވެހި ބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި ވެސް ފެމިނިޒަމް ހުރިކަން ދެނެގަނެ އެކަން ހުށަހަޅައިދިނުމަކީ މި ދިރާސާގެ މަޤުޞަދެވެ. މި ދިރާސާ ކުރިޔަށް ގެންދިއުމަށް ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ރިސާރޗް މެތަލޮޖީވެ. އެހެނީ މި ދިރާސާ ބިނާވެފައިވަނީ ޑޮކިއުމަންޓްރީކޮށް ހެދޭ ދިރާސާއަކަށް ކަމަށްވާތީއެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ [ރެންޑަމް ސާމްޕަލިންގ] މެތަޑު ބޭނުންކޮށްގެންނެވެ. އެއީ އެކި ދުވަސްވަރުގެ ވާހަކަތައް ނެގުމާއި، ދިރާސާގެ ރިލައިބިލިޓީ އަދި ވެލިޑިޓީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. އެހެނީ އެކި ދުވަސްވަރުގެ ވާހަކަތަކުން ސާމްޕަލް ނެގިފައިވުމުން އެކި ދުވަސްވަރުގައި ޖެންޑަރގެ ތަފާތުހުރި މިންވަރުވެސް އެނގިގެންދާނެކަމަށް ޤަބޫލުކުރެވޭތީއެވެ. މި ދިރާސާގެ ސަބަބުން ދިވެހި ވާހަކަތަކުގައި ޖެންޑަރ ހުށަހަޅައިދީފައިވާ ގޮތް އެނގިގެންދިޔައެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ މަޤާމު ވާހަކަތަކުގައި ހުށަހަޅައިދީފައިވަނީ ކިހާމިންވަރަކަށްކަން އަދި ކޮންގޮތަކަށްކަންވެސް އެނގިގެންދިޔައެވެ. ޖުމުލަކޮށް ބަލާއިރު، ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި މުޖުތަމަޢުގެ ޙާލަތާއި މުޖުމަތުގައި ޖީންސްގެ ތަފާތުތައް އެއީ ވާހަކައިން ދައްކައިދޭ އެއްޗެއްކަމަށް ޢިލްމުވެރިން އެ ވިދާޅުވާ ވާހަކަތައް މި ދިރާސާއިން ސާބިތުވިއެވެ. en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University
dc.title ދިވެހިބަހުން ލިޔެ ޝާއިޢުކުރެވިފައިވާ ހުންނަ ކުރުވާހަކަތަކުގައި ޖިންސު ނުވަތަ ޖެންޑަރ ހުށަހަޅައިދީފައި ހުންނަނީ ގޮތާއި ފެމިނިޒަމު ބޭނުންކޮށްފައި ހުންނަ މިންވަރު ދެނެގަތުން en_US
dc.title.alternative Dhivehi bahun liye sh’aaiu’kurevifaivaa hunna kuruvaahakathakugai jinsu nuvatha jendaa hushahalhaidheefai hunnanee gothaai feminizamu beynunkohfai hunna minvaru dhenegathun en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account