Abstract:
މި ދިރާސާއަކީ ދިވެހި އަދަބިއްޔާތުގައި ހިމެނޭ ކުރުވާހަކައިގައި ފެމިނިޒަމް ނުވަތަ ޖެންޑަރ ހުށަހަޅައި ދީފައި ހުންނަނީ ކިހިނެތްކަމާއި ކިހާ މިންވަރަކަށްކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާއެކެވެ. މިގޮތުން، މި ދިރާސާގައި އަމާޒުކުރެވިފައިވާނީ އެކި ބޭފުޅުން ދިވެހިބަހުން ލިޔުއްވާ ޝާއިޢު ކުރައްވާފައިވާ ވާހަކަތަކުގައި ޖެންޑަރ ނުވަތަ ޖިންސް ހުށަހަޅައިދީފައިވަނީ ކިހިނެތްތޯ ބެލުމަށެވެ. އަދި އެ ވާހަކަތަކުގައި ފެމިނިޒަމް އެކުލެވޭ މިންވަރުގެ މައްޗަށްވެސް ބަލާލެވިފައިވާނެއެވެ.
މިފަދަ ދިރާސާއެއް ކުރިން ހެދިފައި ނުވުމާއި އެހެން ބަސް ބަހެކޭ އެއްގޮތަށް ދިވެހި ބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި ވެސް ފެމިނިޒަމް ހުރިކަން ދެނެގަނެ އެކަން ހުށަހަޅައިދިނުމަކީ މި ދިރާސާގެ މަޤުޞަދެވެ. މި ދިރާސާ ކުރިޔަށް ގެންދިއުމަށް ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ރިސާރޗް މެތަލޮޖީވެ. އެހެނީ މި ދިރާސާ ބިނާވެފައިވަނީ ޑޮކިއުމަންޓްރީކޮށް ހެދޭ ދިރާސާއަކަށް ކަމަށްވާތީއެވެ. މި ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ [ރެންޑަމް ސާމްޕަލިންގ] މެތަޑު ބޭނުންކޮށްގެންނެވެ. އެއީ އެކި ދުވަސްވަރުގެ ވާހަކަތައް ނެގުމާއި، ދިރާސާގެ ރިލައިބިލިޓީ އަދި ވެލިޑިޓީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. އެހެނީ އެކި ދުވަސްވަރުގެ ވާހަކަތަކުން ސާމްޕަލް ނެގިފައިވުމުން އެކި ދުވަސްވަރުގައި ޖެންޑަރގެ ތަފާތުހުރި މިންވަރުވެސް އެނގިގެންދާނެކަމަށް ޤަބޫލުކުރެވޭތީއެވެ.
މި ދިރާސާގެ ސަބަބުން ދިވެހި ވާހަކަތަކުގައި ޖެންޑަރ ހުށަހަޅައިދީފައިވާ ގޮތް އެނގިގެންދިޔައެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ މަޤާމު ވާހަކަތަކުގައި ހުށަހަޅައިދީފައިވަނީ ކިހާމިންވަރަކަށްކަން އަދި ކޮންގޮތަކަށްކަންވެސް އެނގިގެންދިޔައެވެ. ޖުމުލަކޮށް ބަލާއިރު، ދިވެހިބަހުން ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކުގައި މުޖުތަމަޢުގެ ޙާލަތާއި މުޖުމަތުގައި ޖީންސްގެ ތަފާތުތައް އެއީ ވާހަކައިން ދައްކައިދޭ އެއްޗެއްކަމަށް ޢިލްމުވެރިން އެ ވިދާޅުވާ ވާހަކަތައް މި ދިރާސާއިން ސާބިތުވިއެވެ.