DSpace Repository

ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!

Show simple item record

dc.contributor.author Ali, Hafeeza
dc.contributor.author ޙަފީޒާ ޢަލީ.
dc.date.accessioned 2018-03-22T18:02:22Z
dc.date.available 2018-03-22T18:02:22Z
dc.date.issued 2009-11-01
dc.identifier.citation Ali, H. (2009). Dhivehiraajje ingireysinge himaayathuge dhashugai!. Male', Maldives College of Higher Education. en_US
dc.identifier.citation ޙަފީޒާ ޢަލީ. (2009). ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/1090
dc.description.abstract މި ދިރާސާއަކީ ދިވެހި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އިނގިރޭސީން ބޭނުންވާ ސަބަބުތަކެއްވެސްވެއެވެ. އެހެންކަމުން މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގޮސްފައިވަނީ އިނގިރޭސީންވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަންބޭނުންވެފައިވީ ދަނޑިވަޅެއްގައި ދިވެހިން އެފުރުޞަތު ދިނުމުންކަމެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަކީ ދިވެހި ރަސްކަމުގެ ބޮޑުންގެ މެދުގައި ވަރަށް ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ހަމަނުޖެހުން އެންމެ ބޮޑުވި ސަބަބަކީ ކަކާގެ ޢާއިލާގެ ބޭފުޅުންނާއި އަތިރީގޭ ޢާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ވެރިކަމުގެ ބާރު ހޯދުމަށް ކުރި މަސައްކަތުންނެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ވެރިކަމާ ގާތްވުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވޯރާވިޔަފާރިވެރިންނަށް ވިއްކާލުމާއި ދިވެހިރާއްޖޭގައި ހިނގި ބޮޑުހުޅުގެ ޙާދިޘާ ހިނގަން މެދުވެރިވުމެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ އެހީ ހޯދިކަން ދިރާސާއިން އެނގުނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރާ އެތައް ދުވަހެއްވަންދެން އޮތުމުގެ ސަބަބުން ދިވެހިންނަށް ކުރި އަސަރުތަކަކީ ކޮބައިތޯ ބެލި ބެލުމުން، އެނގުނީ ދިވެހިންނަށް ކުރި ފައިދާތަކަކާއި ގެއްލުންތަކެއްވެސްވާކަމެވެ. ހިމާޔަތުގެ ދަށުގައި އޮތުމަށްވުރެ ދިވެހިންނަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނީ ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް ދެކެ، މިނިވަންވުމަށް ދިވެހިން މަސައްކަތްތަކެއް ކުރިކަން ހޯދި ހޯދުމުން އެނގުނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965ގައެވެ. en_US
dc.publisher Faculty of Arts, Maldives College of Higher Education en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subject ދިވެހިރާއްޖެ en_US
dc.subject އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި en_US
dc.subject ފުރިހަމަ މިނިވަންކަން en_US
dc.subject ހިމާޔަތުގެ ދަށުގައި އޮތުން en_US
dc.subject 1965 en_US
dc.title ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި! en_US
dc.title.alternative Dhivehiraajje ingireysinge himaayathuge dhashugai! en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account