Description:
1. ގަނޑުވަރުގެ ހުޅަގު އުތުރުން 1920މ. ގައި
2. 1920މ. ގައި އާކޯއްޓޭ (އުތުރުން)
3. ނާބުސްޚާނާ ހިއްތަންދޮރާށި އަދި ވާތްފަރާތުން ބޭރުބޮޑުއަށި 1920މ.
4. ނާބުސްޚާނާ ހިއްތަންދޮރާށި 1963މ.
5. ފާރަވެރިންގެ ދޮރާށްޓާއި (ކަނާތްފަރާތުން އިސްވަރުއަށި)
6. ފުޅިދޮށުއަށި ފުޅިއަށްގަހާ ލޯގަޑާއި މުގުރުފެން
7. ދޮށިމޭނާ އިސް ވަރުއަށި
8. ހިއްތަންދޮރާށީގެ އެތެރެއާއި ދޮރުފަތް 1963މ. ގައި
9. ކިޔަވަނި ބޭކަލުންގެ އަށި
10. މަތިގެ އުތުރު ހުޅަގުން ތިރީބުރިޔަށް ކިޔަނީ މަތިގެ ތަންދަށް – ބަގަލާތެރެ – ފަންގިފިލާ މަތީގެ އުތުރު ފެންޑާއަކީ މަތިގޭ ކަޓަކަރާ
11. އުތުރުފަރާތް – މަތިގޭ ކަޓަކަރާ
12. މަތިގޭ ކޮޓަރި ކޮޅެއް – ކީރިތިމަހާރަދުންގެ އޮފީސް - މުޙައްމަދު ފަރީދުގެ ރަސްކަމުގައި
13. މަތިގޭ ބަގަލާތެރެ - ވާތްފަރާތުގައި ޚަޒާނާ ކޮޓަރިކޮޅު
14. މަތިގޭ ބޮޑު ކޮޓަރިކޮޅު
15. މަތިގޭ ބޮޑު ކޮޓަރިކޮޅުތެރެ
16. މަތިގޭ ކޮޓަރިކޮޅުތަކުގެ ދަށުފަންގިފިލާހުރީ މި ގޮތަށެވެ
17. މަތިގޭ މަތި ވަޑާން ގަޑު – ވާތްފަރާތުން އެންމެ ބޭރުން ފުރާޅުގައި ހުރިލޮއިފެނެއެވެ
18. މަތިގޭ މަތި ވަޑާން ގަޑު – މިބައިންވެސް ފުރާޅުގެ ލޮއިފެނެއެވެ
19. މަތިގޭ މަތި ވަޑާން ގަޑު – ވާތްފަރާތުން އެންމެ ބޭރުން ފުރާޅުގައި ހުރިލޮއިފެނޭ
20. އާކޯއްޓޭއަށް ދާ ހަރުފަތްތަކުގެ މަތީކޮޅު (އުތުރުން މަތީގަ ހުރެގެން) މިހަރުފަތްތަކުން ބޮޑުކުޅިބަލާ ގެކޮޅަށްވެސް އެރޭނެއެވެ. ވާތް ފަރާތުން ބޮޑުކުޅިބަލާ ގެކޮޅާއި (ދުރުން) ކުއްލާބުގެ އެވެ.
21. ބަންޑާރަ ބަދިގެކޮޅު (ބޮޑުކިބާ). ބަންޑާރައިންނަށް މެންދުރު ފަރިއްކޮޅު ކައްކަނީ (1378 ހ.)
22. ބޮޑު ދޮރާށި، ކަލާސީން ދަމަށްދާ އަށި
23. ބޮޑު ދޮރާށީގެ ފުރާޅު، ތޮޅޭ ފާރު، ކުޑަކިބާ ބަދިގެދޮށު ވަޅު
24. ބޮޑުކިބާ ގެކޮޅުތެރެ – އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅެއް (1966 މ.)
25. ބޮޑުކިބާ ގެކޮޅުތެރެ – މުޙައްމަދު ފަރީދުގެ ރަސްކަމުގައި (1966 މ.)
26. ބޮޑުކިބާ ގެކޮޅުތެރެ – )މުޙައްމަދު ފަރީދުގެ ރަސްކަމުގައި( ފަރީއްކުޅުއްވާ ކޮޓަރިކޮޅު
27. ދާންމަތި ވަޅުކޮޅު. މިއީ އެންމެ ކުރިން ހުރި ވަޅުކޮޅު ބައުވެގެން 1324 ހ. ގައި ބެހެއްޓެވި ވަޅުކޮޅެވެ.
28. ދަގަނޑު ގުދަން، މަތިގޭ ފުރާޅު، ބުލްބުލް ކޮށި، މަތިގެކޮޅު ފަސްގަނޑުން ބުލްބުލްކޮށްޓަށް ވަންނަ ދޮރާށި، ތޮޅޭ ފާރު، ހުޅަނގު ފަރާތު ބޭރު ފާރު، ޓަކިބޭ މިސްކިތް
29. ދެގެދޭތެރެ (ހުޅަނގުކޮޅު) ކަނާތްފަރާތުގައި އުތުރު ގެކޮޅު، ވާތްފަރާތުގައި ދެކުނު ގެކޮޅު، 1378 ހ. އިން ފެށިގެން އުތުރު ކޮޅުގެ ދެކުނު ބިތް ނަގާ ފަރުދާއަކުން ނިވާކޮށްފައި
30. ދެގެދޭތެރެއިން އިރުމައްޗަށް ނުކުމެވޭ މަގު، ކުރިމަތީގައި ވައްޓާލެވިފައިވާ ފަރުދާގެ އަނެއް ފަރާތަކީ މަކުނު ތަޅަންމައްޗެވެ.
31. ދެގެދޭތެރެ. ކުރިމަތިން ފެންނަ ދޮރަކީ ދެގެދޭތެރެއިން މަތިގެއާ ދިމާލަށް ދާ ދޮރެވެ.
32. އެތެރެކޮއިލު
33. ގަނޑުވަރު
34. ގަނޑުވަރު
35. ގަނޑުވަރު
36. ގަނޑުވަރު
37. ގަނޑުވަރު
38. ގަނޑުވަރު ތެރެއިން އާކޯއްޓޭއަށް ދާ މަގާއި ހަރުފަތްތައް. ކަނާތް ފަރާތުގައި ކުއްލާބުގެ، ވާތް ފަރާތުގައި އުސްގެކޮޅު
39. ހިޔާކޮށްފައިވާ ވެޔޮ އަވަހާރަ ގަނޑުވަރުގެ ވެޔޮކޮޅުގެ ގެކޮޅު (ކުޑަކިބާ)
40. ކުޑަކިބާ އާއި ބޮޑުކިބާ ކުޅޭ ހިސާބު: ބޮޑުކިބާ ބަޑަހަލު، ކުޑަކިބާ ގެކޮޅު، ފަތަސް ދޮރާށި (ދެކިބާ ދޮރާށި)
41. ކުޑަކިބާ އާއި ބޮޑުކިބާ ކުޅޭ ސަރަޙައްދުގައި ހުންނަ ދެކިބާ ދޮރާށި (ފަތަސް ދޮރާށި)
42. ކުޑަކިބާ އަވަހާރަ ގަނޑުވަރެއްގެ ތެރެ
43. ކުޑަކިބާ އެތެރެ ގެކޮޅުތެރެ (އުނދޯލިދާންކޮޅުގެ ވަހަ ކައްތިރި)
44. ކުޑަކިބާ ގެކޮޅު – ދެކުނު ފަރާތުން
45. ކުޑަކިބާ ގެކޮޅު – އުތުރު ފަރާތް
46. ކުޑަކިބާ ގެކޮޅު – އުތުރު ފަރާތު އިރުމަތީ ބުރި (ބޭރު ގެކޮޅު)
47. ކުޑަކިބާ އިރުމަތީ އަވަހާރަ ގަނޑުވަރުގެ ވަޅުކޮޅު
48. ކުޑަކިބާ ކުޅިބަލާ ގެކޮޅާއި ވެޔޮގެ
49. ކުޑަކިބާ ވެޔޮ އަވަހާރަ ގަނޑުވަރު (ވެޔޮކޮޅު ހިޔާކޮށްފައި)
50. ކުޑަ ކުޅިބަލާ ގެކޮޅު، ބަޑިބޭސް ގުދަން، ދަގަނޑު ގުދަން، ބޮޑުކިބާ ފާލަމު ދޮރާށި، މިސްކިތަށް ނުކުމެވަޑައިގަންނަވާ ދޮރާށި
51. މަކުނު ތަޅަންމަތި ހުޅަނގުކޮޅު. ކުރިމަތީގައިވާ ދޮރުން ދެވޭނީ މަތިގެއާއި ދިމާއަށެވެ.
52. ނާބުސްޚާނާ (ބޮޑު ކުޅިބަލާ ގެކޮޅު) ރޫޅަނީ
53. ނާބުސްޚާނާ (ބޮޑު ކުޅިބަލާ ގެކޮޅު) ރޫޅަނީ. ގަނޑުވަރު ތެރެއިން އާކޯއްޓޭއަށް އަރާ ހަރުފަތްތަކާއި ބޮޑު ކުޅިބަލާ ގެކޮޅަށް އަރާ ހަރުފަތްތައް ފެނެއެވެ.
54. ނާބުސްޚާނާ – ވާތް ފަރާތުން ބޭރު ބޮޑުއަށި ފެނެެއެވެ.
55. ރަންހަދާ ދޮރާށި – މަތިގޭ ތަންދޮށުން އުތުރުން ދެކުނަށް – މި މަގަށްވެސް ރަންހަދާ މަގު ކިޔައެވެ.