Abstract:
މިއީ "ދިވެހި ވާހަކަތަކުގައި މެޓަފަރއާއި ސިމިލީ ބެނުންކޮށްފައި ހުންނަ ގޮތާއި އޭގެ ސަބަބުން ވާހަކައިގައި އުފައްދާ އަސަރަކީ ކޮބައިހެއްޔެވެ؟" މި މައިގަނޑު ސުރުޚީގެ މައްޗަށް ކޮލިޓޭޓިވް ޕެރަޑައިމްގެ އެހީގައި ޑިޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާގައި ވާހަކައިގެ ގޮތުގައި މަނާކޮށްފައިވާނީ ދިވެހިބަަހުން ލިޔެފައިވާ ދިވެހި ވާހަކަތަކެވެ. ދިރާސާ ހެދުމަށް ޓަކައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ކިޔަވައިދޭ ވާހަކަތަކުގެތެރެއިން ހަތަރު ވާހަކައެއް އިޙްތިޔާރުކޮށް އެ ވާހަކަތަކުން ޑާޓާ ނަގައި އެނަލައިޒް ކޮށްފައިވާނެވެ.
ދިވެހިބަހުގެ ވާހަކަތަކުގައިވެސް މެޓަފަރއާއި ސިމިލީ ބޭނުންކޮށްފައި ހުރިކަން މި ދިރާސާއިން އެނގުނެވެ. ދިރާސާއަށް ނެގުނު ވާހަކުން މެޓަފަރއާއި ސިމިލީ ފެނިފައިވަނީ ވަރަށް މަދުންކަން ވެސް މި ދިރާސާއިން ހާމަވިއެވެ. މެޓަފަރއާއި ސިމިލީ ފެނިފައިވަނީ ވަރަށް މަދުންކަން ވެސް މި ދިރާސާ ހާމަވިއެވެ. މެޓަފަރއާއި ސިމިލީ ގޮތުގައި އެއްލަފުޒާއި އެއަށްވުރެންގިނަ ލަފުޒު އެކުވެގެން އުފެދިފައިވާ މެޓަފަރއާއި ސިމިލީ ހުންްނަކަން ވެސް ފާހަގަވިއެވެ. އަދި މި ލަފުޒުތަކާއި ބަސްކޯޅިތައް ދިވެހިބަހުގެ ނަމާއި ކަމުގެ މައިގަނޑުގެ ތެރެއަށް ވަދެފައިވާކަން ވެސް ހާމަވިއެވެ. މި އުކުޅުތައް ހުށަހެޅުމުގެ ބޭނުމަކީ މީހެއް، ތަނެެއް، އެއްޗެއް، ކަމެއް ސިފަކޮށްދިނުމާއި އިޙްސާސްތައް ބަޔާންކޮށްދިނުންކަން ވެސް ދިރާސާއިން އެނގުނެވެ. މިގޮތަށް މެޓަފަރ އާއި ސިމިލީ ބޭނުންކޮށްފައިވުމުން މާނަތައް ފުރިހަމަވެ ފުޅާވެ، ޝައުޤު އިތުރުވެ، ދައްކައިދޭން ބޭނުންވާ ސިފަ ނުވަތަ ކޮންސެޕްޓް ދެނެގަތުމަށް ފަސޭހަވާކަން ވެސް ހާމަވިއެވެ.
ދިރާސާ ހެދުމުގެ ކުރިން މެޓަފަރއާއި ސިމިލީއާއިބެހޭގޮތުން ހޯދި ހޯދުުމުން، ދިވެހިބަހުގެ މަޖާޒާއި މަޖާޒީ މިސާލުގެ ތަޢާރަފާއި މެޓަފަރގެ ތަޢާރަފު ވެސް އެއްގޮތް ކަމާއި މިސާލާއި މިސާލުބަހުގެ ތަޢާރަފާއި ސިމިލީގެ ތަޢާރަފާއި ސިމިލީގެ ތަޢާރަފާއި ވެސް އެއްގޮތަކަން ހާމަވިއެވެ.