DSpace Repository

ސުމުއްވުލް އަމީރު އިބްރަހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ޤައުމަށް ކުރި ފައިދާތައް

Show simple item record

dc.contributor.author އާދަމް އަޙްމަދު
dc.contributor.author Ahmed, Adam
dc.date.accessioned 2020-10-12T09:26:35Z
dc.date.available 2020-10-12T09:26:35Z
dc.date.issued 2017-05-14
dc.identifier.citation saruna.mnu.edu.mv އާދަމް އަޙްމަދު. (2017). ސުމުއްވުލް އަމީރު އިބްރަހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ޤައުމަށް ކުރި ފައިދާތައް (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ en_US
dc.identifier.citation Adam, A. (2017). Sumuvvul Ameeru Ibrahim Nasir Rannaban'deyri kilegefaanuge verikamugai gendulhuvvi kh'aarijee siyaasathuge sababun Dhivei qaumah kuri faidhaathah (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv en_US
dc.identifier.uri http://saruna.mnu.edu.mv/jspui/handle/123456789/7366
dc.description.abstract ދިރާސާގެ ޚުލާޞާ ( އެބްސްޓްރެކްޓް ) މިއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވަރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިޤައުމަށް ކުރިފައިދާތައް ހޯދާ ދިރާސާކުރުމަށް ކޮލިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގައި ބޭނުންކޮށްފައިވާނީ ޓެކްސްޓް އެނަލިސިސްއެވެ. އިބްރާހީމް ނާސިރުގެ ވެރިކަން ކަމަށް މިދިރާސާގައި ބަލާފައިވާނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ސަރުކާރުގެ އެންމެއިސް މަޤާމު ކަމަށްވާ ބޮޑުވަޒީރުކަމާ ޙަވާލުވި ތާރީޚް ކަމަށްވާ 1957 އިން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން ވަކިވެ ވަޑައިގެން އެމަނިކުފާނު ދިވެހިރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވި ތާރީޚް ކަމަށްވާ 1978 އާ ދެމެދުގެ މުއްދަތެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޚާރިޖީ ގުޅުންތައް ދަމަހައްޓަން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މަސައްކަތް ކުރާފަދައިން ދިވެހިރާއްޖެއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ބޭރުގެ ޤައުމު ތަކާއެކު ާތް ގުޅުމެއް ބޭއްވުމަށާއި އެޤައުމުތަކުގެ މަދަދާއި އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ނިސްބަތުން އެކަށީގެން ވާ މަސައްކަތް ތަކެއްކޮށް ކާމިޔާބުތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވުނެވެ. ދިރާސާ އަމާޒުކުރެވުނު ދުވަސްވަރު ކަމަށްވާ 1957 އިން 1978 އަށް ދިވެހިރާއްޖެ އޮތާ އިނގިރޭސީންގެ ހިމާޔަތުގެ ނަމުގައި ވަރަށްބޮޑު އަޅުވެތިކަމެއްގައިކަން ފާހަގަ ކުރެވުނެވެ. އެހެނީ އިނގިރޭސީންގެ ޙިމާޔަތުގެ އެއްބަސްވުމުގެ ދެވެނަ މާއްދާގައިވާގޮތުން އިނގިރޭސީން މެދުވެރިވެގެން ނޫނީ ދިވެހިރާއްޖެއާއި ބޭރުގެ އެއްވެސް ޤައުމަކާއެކު އެއްވެސް މުޢާމަލާތެއް ކުރުމަކީ މަނާކަމެކެވެ. ވުމާއެކު ހާލަތު ތަންދީފައިއޮތީ ޚާރިޖީގުޅުންތައް ހަމައެކި އިނގިރޭސީންނާ އެކު ބޭއްވުމަށެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިނގިރޭސީންގެ މަދަދާއި އެހީތެރިކަން ވަރަށްބފުރިހަމައަށް ހޯއްދެވިކަން ފާހަގަ ކުރެވުނެވެ. އަދި ހަމަ އެފަދައިން އިނގިރޭސީންނާއެކު އެތައް ދަވަހެއްގެ ވާހަކަ ދެއްކުން ތަކަކަށްފަހު މަޑުމަޑުން އިސްތިޢުމާރީ ބަރުތައް ދޫކުރަމުންގޮސް އެންމެ ފަހުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އަދި މިނިވަން ކަމުގެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކުރެއްވީވެސް އިބްރާހީމް ނާސިރުކަން ފާހަގަ ކުރެވުނެވެ.
dc.language.iso dh en_US
dc.publisher ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ en_US
dc.publisher Faculty of Arts, Maldives National University en_US
dc.title ސުމުއްވުލް އަމީރު އިބްރަހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހި ޤައުމަށް ކުރި ފައިދާތައް en_US
dc.title.alternative Sumuvvul Ameeru Ibrahim Nasir Rannaban'deyri kilegefaanuge verikamugai gendulhuvvi kh'aarijee siyaasathuge sababun Dhivei qaumah kuri faidhaathah en_US
dc.type Thesis en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account