Browsing by Author | މުސައްނިފުން "ވިލާދާ ޢަބްދުލްޢަޒީޒު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހިބަސް ކިޔަވައިދިނުމާމެދު އަދުގެ ކިޔަވާ ކުދިން ދެކެނީ ކިހިނެއް؟(Faculty of Arts, Maldives National University, 2015-11-01) Azeez, Viladha Abdul; ވިލާދާ ޢަބްދުލްޢަޒީޒުމި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ދިވެހިބަސް ކިޔެވުމުގައި ކޮށްފައިވާ ތަޖުރިބާތައް ދެނެގަނެ، މިހާރަށްވުރެ ބޮޑަށް ޝައުޤުވެރިކުރުވުމަށް ކުރެވޭނެ ކަންކަން އެކުދިންގެ ނަޒަރުން ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ސާނަވީ ގްރޭޑްތަކުގައި ދިވެހިބަސް ކިޔަވާ ޖުމުލަ 70 ދަރިވަރުން ބައިވެރިކޮށްގެން ކޮށްފައިވާ ކުއަންޓިޓޭޓިވް ސާރވޭއެކެވެ. މި ދިރާސާގެ ހޯދުންތަކުން ދެއްކިގޮތުގައި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ގިނަ ކުދިންގެ ޝައުޤުވެރިކަން ވަނީ ގެއްލިފައެވެ. އާއްމު ދިރިއުޅުމުގައި ދިވެހިބަސް ބޭނުންކުރާ މިންވަރު ދަށެވެ. ވާހަކަދެއްކުމަށް ގިނަ ދަރިވަރުން ދިވެހިބަސް ބޭނުންކުރި ނަމަވެސް އިނގިރޭސި އަދި ދެބަސް (އިނގިރޭސިބަހާއި ދިވެހިބަސް) އެއްވަރަކަށް ބޭނުންކުރާ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ދިވެހިބަސް ކިޔެވުމަށް ގިނަ ދަރިވަރުން ޝައުޤުވެރިނުވާއިރު މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދޭކަށް ވެސް ގިނަ ދަރިވަރުންގެ ޝައުޤުވެރިކަމެއް ނެތެވެ. މިގޮތުން ދަރިވަރުން ދިވެހިބަސް ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން ގެއްލެން މެދުވެރިވާ މައިގަނޑު ސަބަބަކީ ކިޔަވައިދިނުން ބައްޓަންވެފައިވާ ގޮތެވެ. ޚާއްޞަކޮށް މުދައްރިސުން ދިވެހިބަސް ކިޔަވައިދޭގޮތާއި ފޮތުގެ ފިލާވަޅުތަކެވެ. މީގެ އިތުރުންވެސް ސާނަވީ ދަރިވަރުން ދިވެހިބަސް ކިޔެވުމުގެ ޝައުޤުވެރިކަމަށް އަސަރު ފޯރާ ގިނަ ކަންތައްތަކެއް މި ދިރާސާއިން ހޯދުނެވެ. އޭގެތެރޭގައި މުޖުތަމަޢު ބަހާމެދު ދެކޭގޮތާއި ކިޔަވައިދޭ މީޑިއަމްގެ ސަބަބުން މެދުވެރިވާ ކަންތައްތަކެއް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.