Browsing by Author | މުސައްނިފުން "މުސްލިމް މުޙައްމަދު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem "1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ށ. މާކަނޑޫދޫ ރައްޔިތުންނަށް ތަޢުލީމީގޮތުން އައިސްފައިވާ ބަދަލުތަކަކީ ކޮބައި ހެއްޔެވެ؟"(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2011-11-01) Mohamed, Muslim; މުސްލިމް މުޙައްމަދު1978ވަނަ އަހަރު ފެށުނުއިރު، މާކަނޑޫދޫގެ ތަޢުލީމީ ޙާލަތު އޮތީ، ވަރަށް ދަށުގައެވެ. އޭރު ކިޔަވައިދެނީ ގްރޭޑް 5ގެ ފެންވަރަށެވެ. ކިޔަވައިދިނުމުގައި ބޭނުންކުރަނީ، މަދު ވަސީލަތްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ ފޮތާއި ފަންސުރާއި ބޯޑާއި ވޮށުފިލާ ފަދަ ތަކެއްޗެވެ. ސްކޫލުގައި ކިޔަވަން ތިބެންޖެހެނީ، ކުނާ މަތީގައެވެ. އެހެންނަމަވެސް، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މާކަނޑޫދޫ ރައްޔިތުންގެ ތަޢުލީމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވޭތުވެދިޔަ 30 އަހަރު ފެށުނުއިރު، މާކަނޑޫދޫގައި ތިބީ ސަނަދެއް އޮތް އެންމެ ދެ މީހުންނެވެ. އެހެންނަމަވެސް، މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކި ފެންވަރުގެ ސަނަދުތަކާއި ސެޓްފިކެޓްތައް ހޯދާފައިވާ ފަންސާހަކަށް މީހުން އެބަތިއްބެވެ. އަދި ރަށުގައި ތިބެގެން ޖީ.ސީ.އީ. އޯލެވެލް ހަދާފައިވާ 400 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ. ޓީޗަރުންގެ ގޮތުގައި ތިރީހަށްވުރެ ގިނަ މީހުންވަނީ އެކަމުގެ ތަމްރީނު ހަދާފައެވެ. އަދި މީގެ އިތުރުން ޞިއްޙީ ދާއިރާއިން، 12ވަރަކަށް މީހުންވަނީ މިކަމުގެ ތަޢުލީމާއި ތަމްރީނު ޙާޞިލުކޮށްފައެވެ.