Browsing by Author | މުސައްނިފުން "ޢަޒުރާ ތައުފީޤު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހި އަންހެނުންގެ ހެދުން އެޅުމުގެ އެހާރާއި މިހާރު(Faculty of Arts, Maldives College of Higher Education, 2009-11-01) Thaufeeq, Azra; ޢަޒުރާ ތައުފީޤުދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ ވަރަށް ރީތިކޮށް ހެދުން އަޅައި ޒީނަތްތެރިވެގެން ތިބޭ ބައެއް ކަމުގައި ރާއްޖެއާ ބެހޭ ގޮތުން އެކި ދުވަސްވަރު ލިޔުއްވާފައިވާ ލިޔުންތެރީން ފާހަގަ ކުރައްވާފައިވާ ބައެކެވެ.މި ގޮތުން ބަލާއިރު ޒަމާނީ ތަރައްޤީ އާއެކު އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އަޅައި އުޅުނު ގޮތާއި ރީތިވެ ނަލަ ހެދުމަށްޓަކައި ކުރަމުން އައި ކަންތައްތަކާއި އެކަމަށް ބޭނުން ކުރަމުން އައި ބާވަތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.ވުމާއެކު އެފަދަ ކަންކަން ހޯދައި ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުގެ މި ދިރާސާއަކީ އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އެޅުމާއި އެކަމުގައި ގެންގުޅެފައިވާ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތައް ހޯދުމަށްޓާކައި ކޮށްފައިވާ މަސައްކަތެކެވެ. މި ދިރާސާގައި "ހެދުން އެޅުން" އަޅުގަނޑު މާނަކޮށްފައިވަނީ ހެދުމާއެކު ނުވަތަ ހެދުމާއި ގުޅުވައިގެން ހެދުން ފުރިހަމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ އެހެނިހެން ތަކެތި ވެސް ހިމެނޭ ގޮތުންނެވެ.ހަމަ މިއާއެކު "އަންހެންވެރީން" މި ލަފުޒު މި ދިރާސާގައި ބޭނުން ކޮށްފައިވާނީ ފުރާވަރު ޢުމުރުން ފެށިގެން ހުރިހާ ޢުމުރުފުރައެއްގެ އަންހެނުންނެށެވެ.ދިރާސާއިން އެނގުނު ގޮތުގައި ދިވެހީންގެ ހެދުން އެޅުމަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ.މިގޮތުން އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ މި ދުވަސްވަރުގައި ލިބިފައިވާ މިނިވަން ކަމެއްގެ ސަބަބުން އަންހެންވެރީން އަޅައި އުޅޭ ހެދުމުގެ ވައްތަރުތައް ގިނަވުމާއި ޒީނަތްތެރިވުމަށްޓަކައި ބޭނުންކުރާ ބާވަތްތަކާއި ކަންކަން އެތައް ގުނައަކަށް އިތުރުވެފައި ވާކަމެވެ.މީގެ ސަބަބުން އެންމެ ބޮޑު ތަފާތެެއް ފެނިގެންދަނީ ފުރާވަރު ޢުމުރުގެ ކުދިންގެ ކިބައިންނެވެ. މިގޮތުން މި ބަދަލުތައް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ދަތުރުފަތުރު ކުރުމުގެ ފުރުޞަތުތައް ހުޅުވިގެން ދިޔުމާއި ބޭރު ޤައުމުތަކުން ތަޢުލީމު ހޯދުމުގެ ފުރުޞަތު އަންހެންވެރީންނަށް ލިބުމުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ދަތިތަކެކެވެ.ހަމަ އެހެންމެ ޖުމްހޫރީ ވެރިކަމާއި މީޑިޔާގެ ދައުރަކީ ވެސް މިކަމަށް މަގުފަހިކުރުވި ކަންކަމެވެ.