Browsing by Author | މުސައްނިފުން "ޢާއިޝަތު އިސްމާޢިލު"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ......ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2015-08-01) ޢާއިޝަތު އިސްމާޢިލު; Ismail, Aishathމި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރަކީ ކޮބައިތޯ ބެލުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒު ކުރެވިފައި ވާނީ ދިވެހި ބަހުން އެކުލަވާލައިފައިވާ ބައެއް ފޮތްތަކުގައި ހުރި މިފަދަ ޖުމުލަ ތަކުގެ މައްޗަށެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ ދިވެހި ބަހުގައި ވެސް ދުނިޔޭގެ އެހެން ބަސްތައް ފަދައިން ސާދާ ޖުމުލަ، އެކުވި ޖުމުލަ އަދި ކޯނި ޖުމުލަ ވެސް އުފެދިފައި ހުންނަނީ ދާދި އެއްގޮތަށް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި މި ޖުމުލަތަކުގައި ކްލޯޒް އަދާކުރާ ދައުރުވެސް އެއްގޮތެވެ. އެހެންނަމަވެސް ޢާންމުކޮށް އިނގިރޭސި ބަހުގައި ސާދާ ޖުމުލައިގެ ކްލޯޒްގެތެރޭގައި އިސްބަޔާއި ޚަބަރުގެ އިތުރުން ވާބް ފްރޭޒް ވެސް އައިސްފައި ހުރެއެވެ. ދިވެހި ބަހުގައިވެސް މިފަދަ ޖުމުލަތައް ހުރިކަން، މި ދިރާސާއިން ހޯދުނެވެ. ނަމަވެސް މިއޢި ދިވެހި ބަހުގައި ޢާންމުކޮށް ސާދާ ޖުމުލަ އުފެދިފައި ހުންނަ އުޞޫލެއް ނޫނެވެ. އަދި މިފަދަ ޖުމުލަތައް އަންނަ އުޞޫލު ހޯދުމަކީ މިދިރާސާގައި ހޯދަން ކަނޑައޅިފައިވާ ބަޔަކަށް ނުވާތީ، އެބަޔަށް ބަލާފައެއް ނުވާނެއެވެ. ހަމަ އެއާއެކު އިނގިރޭސި ބަހާއި ޢަރަބި ބަހުގައި ހުންނަ ފަދަ ކޯނި ޖުމުލައާއި އެކުވި ޖުމުލައިގެ ކްލޯޒްގެ ބައެއް ވައްތަރުތައް ދިވެހި ބަހުން ފެންނަން ނެތްކަން ވެސް މި ދިރާސާއިން ހާމަވިއެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހި ބަހުގައި ސާދާ ޖުމުލަ، ކޯނި ޖުމުލަ އަދި އެކުވި ޖުމުލައިގެ ތެރެއަށްވެސް ނުފެތޭ ފަދަ ޖުމުލަތައް ހުރުމެވެ. އެފަދަ ޖުމުލަތައް ހިމެނިގެންދާނީ ޖުމުލައިގެ ތެރެއިން ކޮން ބަޔަކަށްކަން ކަނޑައަޅަން ނޭގޭ ޖުމުލަވެސް ހުއްޓެވެ. ކޮންމެ މީހަކީ ނުވަތަ ކޮންމެ ކުއްޖަކީ ބަހުގެ ގޮތުން މާމޮޅު ނޫން ފަރާތަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ފަދައިން ޖުމުލަތައް ކެޓަގަރައިޒް ކުރެވިފައި ހުރުމުން ބަހުގެ އަހުލުވެރިންނަށް ދޭހަވުމަށް ފަސޭހަވެގެން ދާނެއެވެ. އެހެނީ ކޮންމެ ޖުމުލައެއްވެސް އުފެދުމަށްފަހު އެޖުމުލައަކީ ކޮންމެވެސް ކެޓެގަރީއަކަށް ފެތޭ ޖުމުލައަކަށް ވުމީ މުހިންމު ކަމެކެވެ.