Browsing by Author | މުސައްނިފުން "ޢާއިޝަތު އަޒްރާ"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2010-11-01) Azra, Aishath; ޢާއިޝަތު އަޒްރާމި ދީރާސާއަކީ "ފުރަތަމަ ޤަނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް" ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޢްޞަދަކީ ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތައް ހޯދުމެވެ. މި ބަދަލުތައް ހޯދުމަށް މި ދިރާސާ ކުރެވުނީ ކުއަލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. މިގޮތުން މި ދިރަސާއަށް މައުލުމާތު ހޯދީ އިންޓަވިއުކޮށްގެންނާއި ޑޮކިއުމެންޓް ރިވިއުކިށްގެނެވެ. އިންޓަވިއުކުރުމުގައި ބަލާފައިވާނެ ސުރުޚީއާ ގުޅޭ ކަމުގެ މާހިރުންނާ އިންޓަރވިއު ކުރުމަށެވެ. ޑޮކިއުމެންޓް ރިވިއުކުރުމުގައި ބޮޑަށް ބަލާފައިވާނީ ޕަބްލިޝްކޮށްފައިވާ ފަހުގެ ލުޔުންތައް ރިވިއު ކުރުމަށެވެ. މިގޮތުން ލިބުނު ޑޭޓާތައް "ކޮންޓެންޓް އެނަލިސިސް" ހަގައިގެން ނަތީޖާ ނެރުނީއެވެ. ޑޭޓާ އެނަލިސިސްކުރުމުން ހާމަވިގޮތުގައި ފުރަތަމަ ޤާނޫނު އަސާސީ އުފެދުމުގެ ކުރީގައި ދިވެހިރާއްޖޭގައި އޮތީ ވިރާސީ ރަސްކަމެކެވެ. އެއީ އާއިލީ ރަސްކަން ނުވަތަ ވާރުތަވަމުން އައި ރަސްކަމެކެވެ. ނަމަވެސް 22 ޑިސެންބަރ 1932 ގައި ދިވެހިން ލިބިގަތް ފުރަތަމަ ޤާނޫނު އަސާސީއާއެކު ދައުލަތުގެ ހިންގުމަށް ބަދަލުތަކެއް އައެވެ. ކުރީގައި އޮތް ވިރާސީ ރަސްކަން ވިރާސީ އިންތިޚާބީ ރަސްކަމަށް ބަދަލުވިއެވެ. ދައުލަތުގެ ހިންގުމަށް އިދާރީގޮތުން (ސިޔާސީގޮތުން) ބަދަލިތަކެއް އައެވެ. މި ބަދަލުތައް އައުމުގެ އަސްލަކީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއެވެ. އެހެންކަމުން ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަދަލުތަކެއް އައެވެ. އޭގެތޭރޭގައި އެދެވޭ ބަދަލާއި ނޭދެވޭ ބަދަލު ހިމެނެއެވެ. މި ބަދަލުތައް ގުޅިފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙާއެވެ. މީގެތެރޭގައި ވުޒާރާތަކާއި ކެބިނެޓް އުފެދުން، ބާރުތައް ބައިބައިވުން، މޮޓަރުބޯޓު ގަޑުބަޑު (ޤާނޫނު އަސާސީ ވިދާލުން)، ހެންވޭރުގަނޑުވަރު ގަޑުބަޑު (ޝަމްސުއްދީން ރަދުން އަޒުލުވުން) އަދި ޖުމްހޫރީ ވެރިކަމަނަށް މަގުފަހިވުން ހިމެނެއެވެ. މި ކަންކަން ހިނގީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ސަބަބުންނެވެ. މި ހުރިހާކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކެވެ. ހަމައެހެންމެ މިއީ މި ދިރާސާގެ ނަތީޖާވެސްމެއެވެ. މިދިރާސާ ނިންމާލަމުން މިދިރާސާގެ އަލީގައި ކުރެވިދާނެ ދިރާސާތަކަށް އަލިއަޅުވާލެވިފައިވާނެއެވެ.