Browsing by Author | މުސައްނިފުން "Habeeb, Hussain"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައް(Faculty of Arts, Maldives College of Higher Education, 2009-11-01) Habeeb, Hussain; ޙުސައިން ޙަބީބްމިއީ،ޙިތާނުކުރުމުގެ ޘަޤާފަތަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ. ވުމާއެކު މި ދިރާސާ އަމާޒުކުރެވިފައި ވާނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން ޙިތާނުކުރުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ހޯދި ހޯދުންތަކުން އެނގުނު އެއްކަމަކީ (ޙިތާނުކުރުމަކީ)،ދިވެހިންގެ ޘަޤާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމެވެ. އަދި ހަމައެހެންމެ ޙިތާނުކުރުމުގެ އާދަކާދައާ ޘަޤާފަތް ވަރަށް މުއްސަނދި ކަމެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން، އެބަޔަކަށް ވެވުނުހާ ރަނގަޅަށް ޙިތާނުކުރުމުގެ ކަންތައްތައް ފުރިހަމަކުރުމަށް މުޅި މާލު ހޭދަކޮށްލާ ކަމެއްކަމެވެ. އަދި އާއިލީގޮތުން ގާތްތިމާގެ އެންމެންނާއި ރަޙުމަތްތެރިން ޙިތާނުކުރުމުގެ ހަފްލާގައި ބައިވެރިވެ، އިޖުތިމާޢީ ޢީދެއްގެ ގޮތުގައި އެކަން (ޙިތާނުކުރުމުގެ މުނާޟަބު) ފާހަގަކުރާކަމެވެ. ޙިތާނުކުރުމުގެ ކަންކަމަށް އަންނަމުންދާ ބަދަލާއެކު، ޙިތާނުކުރުމުގެ ތަކެއްޗާއި ކަންކަމުގައި ހިމެނޭ ބަސްކޮށާރަށް އަސަރު ފޯރާކަން ހޯދުންތަކުން އެނގިފައެވެ. އެއީ،ބައެއް ލަފުޒުތައް ބޭނުންކުރަން ނުޖެހުމުގެ ސަބަބުން ފަހުގެ ޖީލުތަކަށް އެފަދަ ލަފުޒުތައް ނޭންގުމާއި އާ ލަފުޒުތައް ދިވެހިބަހުގެ ބަސްކޮށާރަށް އިތުރުވުމެވެ. އެކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. ދިވެހި މުޖުތަމަޢުގައި ޙިތާނުކުރުމުގެ ކަންތައްތައް ނުވަތަ އާދަކާދައާއި ޘަޤާފަތް މައިގަނޑު ތިންމަރުހަލާއަކަށް ބަހާލެވެއެވެ. އެއީ ޙިތާނުކުރުމަށް ތައްޔާރުވުމާއި ޙިތާނުކުރުމާއި ޙިތާނުކުރުމުގެ މުނާޟަބު ފާހަގަ ކުރުމެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ދިވެހިންގެ ގާތް ގުޅުމާއި އިޖުތިމާޢީ ރޫޙާއި ކަންކަން ކުރުމުގައި ގެންގުޅޭ ދިވެހިވަންތަ ގޮތްތަށް ދައްކުވައިދެއެވެ. އަދި ޙާއްޟަކޮށް ޢާއިލީ ކުލުނާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އިތުރަށް ސަޤާފީ އެތަށް ކުޅިވަރުތަކެއް މިޙަރަކާތުން ދައްކުވައި ދީފައިވެއެވެ. ނަމަވެސް މިކަންކަންވެސް،މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ޙިތާނުކުރުމުގައި ދިވެހިންގެ މާހައުލުން ލިބޭ ތަކެއްޗަށް ބޭނުންކުރުމުގެ ޘަޤާފަތެއް އެންމެ އިހުއެވޭލާ ޒަމާނުން ފެށިގެން މީލާދިން 21 ވަނަ ޤަރުނުގެ މެދަކާހަމައަށް އޮތްކަމެވެ. އެގޮތުން ޙިތާނުކުރެވޭ ކުދިން ބޭތިއްބުމަށް ތައްޔާރުކުރެވޭ "ތަން" ޒީނަތްތެރިކުރުމަށާއި ކެއިން ބުއިމުގެ ކަންކަމުގައި ބޭނުންކުރުމަށާއި ކުޅިވަރުކުޅުމަށާއި އެނޫންކަންކަމުގައިވެސް ބޭނުންކުރުމަށް ހޯދާތަކެތި (ގިނަތަކެތި) އަބަދުވެސް ހޯދަމުން އައިސްފައިވަނީ ދިވެހި މާހައުލުންނެވެ. އެހެންނަމަވެސް، އެކަންވެސް މިހާރުވަނީ މުޅިންހެން ބަދަލުވެފައެވެ. މިހުރިހާ ބަދަލުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވެނީ، ޙިތާނުކުރުމުގައި އިސްވެ އުޅޭ މީހުންނަށާއި ބޭސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ. ނަތީޖާއަކަށް ވެފައިވަނީ، ޙިތާނުކުރުމުގެ މުޅި ޘަޤާފަތަށް އިންގިލާބެއް ގެނުވާފައި ވުމެވެ. އެހެންކަމަށް ވުމާއެކު، ޙަޤީޤަތަށް ދަނަނަވާނަމަ، މިއަދު ވަނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން " ޙިތާނުކުރުމުގެ ޘަޤާފަތަށް ބަދަލުއައިސް" މުޅިން އާ މަރުހަލާއަކަށް ދަތުރުކޮށްފައެވެ. ދިވެހިންގެ ވިސްނުމާއި ޢިލްމީ ފެންވަރަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކުއެވެ.