Browsing by Author | މުސައްނިފުން "Ibrahim, Nazlee"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހި ބަހުން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކުވައިދޭ ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2017-11-01) ނާޒްލީ އިބްރާހީމް; Ibrahim, Nazleeުލޯކު ވާހަކަތަކަކީ އެ ބައެއްގެ ފޯކްލޯރުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެން ނަމަވެސް ދިވެހީންގެ ތެރޭގައި ފުލޯކު ވާހަކަތައް ދަންނަ މީހުން މިދަނީ މަދުވަމުންނެވެ. ފޯކްލޯރަކީ މުޖްތަމަޢެއްގެ ސަޤާފަތާ އާދަކާދަތައް ދެނެގަތުމަށް މުހިންމު އެއްޗެކެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ފުލޯކު ވާހަކަތަކަކީ ފޯކްލޯރުގެ ބަޔަކަށް ވުމާއެކު މިފަދަ ވާހަކަތަކުން މުޖުތަމަޢުގެ ސަޤާފަތާއި އާދަކާދަތަކާ ޤަބޫލުކުރުންތައް ފެންނަން ހުންނަ ކަމުގައި ދިރާސާވެރިން ހާމަކުރައްވައެވެ. ރާއްޖޭގެ ތާރީޚާ ސަޤާފަތް ދެނެގަތުމަށްޓަކައި ވަނީ ވަރަށް މަދު ވަޞީލަތްތަކެވެ. ފުލޯކު ވާހަކަތަކަކީ އޭގެ އެއް ވަޞީލަތެވެ. އެކިއެކި ޤައުމުތަކުގައި އެއް މަޢުލޫއަކަށް ހުރި ފުލޯކު ވާހަކަތައް ކިޔަމުން އައިކަމުގައި ވިޔަސް އެ މުޖުތަމަޢެއްގެ ޤަބޫލުކުރުންތައް އެއް ޤައުމު އަނެއް ޤައުމާ ތަފާތުކޮށް މި ވާހަކަތަކުން ފެންނަން ހުންނަ ކަމުގައި ދިރާސާވެރިން ހާމަކުރައްވައެވެ. މި ދިރާސާއަކީ ދިވެހީން ކިޔަމުން އަންނަ ފުލޯކު ވާހަކަތަކުން ދިވެހީންގެ ދީން ދައްކައިދޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދައިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ދިވެހީންގެ ސަޤާފަތުގެ ތެރޭގައި ހިމެނޭ ދީން ފުލޯކު ވާހަކަތަކުން ފެނޭތޯ ބަލައި މި ވާހަކަތަކުން ފެންނަ މިފަދަ މަޢުލޫމާތުތައް ހާމަކޮށްދީ މި ފުލޯކު ވާހަކަތަކުގެ މުހިންމުކަން ދިވެހީންނަށް ހާމަކޮށްދިނުމެވެ. އަދި މިފަދަ ވާހަކަތައް މުޖުތަމަޢުން ގެއްލިގެން ދިޔަ ނުދީ ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. މި ދިރާސާ ހަދާފައި ވަނީ އިންޑަކްޓިވް އެޕްރޯޗަކުން، ކުއަލިޓޭޓިވް ކޮށެވެ. އޭގެ ބޭނުމަކީ ދިރާސާގެ ހޯދުންތައް ވީހާވެސް ތަފްޞީލުކޮށް ހާމަކޮށްދިނުމެވެ. ދިރާސާ ހެދުމަށް ސާމްޕަލްގެ ގޮތުގައި ބޭނުންކުރެވުނީ ޒެވިއަރ ރޮމޭރޯ ފިއަސް ލިޔުއްވާފައިވާ " ފޯކްޓޭލްސް އޮފް މޯލްޑިވްސް " މި ފޮތެވެ. މި ފޮތުގައި ހިމެނޭ ފޯކްޓޭލްތަކަކީ އޭނާ 1979 އިން 2007 ވަނަ އަހަރާ ދެމެދު އެއްކޮށްފައިވާ ވާހަކަތަކެވެ. މި ދިރާސާ ހަދައިފައި މިވަނީ މިފޮތުގައި ހިމެނޭ 80 ވާހަކައިގެ ތެރެއިން ސާމްޕަލިންގްއަށް ސިސްޓެމެޓިކްކޮށް 16 ވާހަކަ ނަގައިގެންނެވެ. އަދި އެ ވާހަކަތަކުން ޑާޓާ އެއްކޮށްފައިވާނީ ކޯޑްކޮށް އަދި ދެ ތީމަކަށް ބަހައިލައިގެންނެވެ.