Browsing by Author | މުސައްނިފުން "Ismail, Ibrahim"
Now showing 1 - 2 of 2
- Results Per Page
- Sort Options
ArticleItem އެން ކެޔޮޅުބުނަނީ(މިނިސްޓްރީ އޮފް ފިޝަރީޒް, 1983-12-10) ްއިބްރާހިމް އިސްމާޢީލ; Ismail, Ibrahim ThesisItem ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވުމާ ދެމެދު ގުޅުމެއް ވޭހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2015-11-01) އިބްރާހީމް އިސްމާޢީލް; Ismail, Ibrahimމިދިރާސާއަކީ ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވުމާ ދެމެދު ގުޅުމެއް ވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މިދިރާސާ މަޤްޞަދު ހާޞިލުކުރުމަށް ދިރާސާ ހެދުމުގައި ބޭނުންކުރީ ކުއަންޓިޓޭޓިވް ޕެރެޑައިމް އެވެ. ސާމްޕަލް އަށް ނެގީ ސިމްޕަލް ރޭންޑަމްކޮށް ސްކޫލެއްގެ ގްރޭޑް 4 ގެ 60 ދަރިވަރުންނެވެ. މިދިރާސާގައި ޓެސްޓް ކޮށްފައި ވާނީ މައިގަނޑު 2 ކަމެކެވެ. އެއީ ލަފްޒުގެ މާނަ އެނގޭ މިންވަރާއި މުޅި ލިޔުން ދޭހަވާ މިންވަރެވެ. މިގޮތުން މިދިރާސާއަށް ޑާޓާ އެއްކުރީ ސާރވޭއެއްކޮށް ޓެސްޓް ހައްދައިގެންނެވެ. މިދިރާސާގެ ހޯދުން ތަކުން ދެއްކީ ލިޔުމެއްގައި އެކުލެވޭ ވަކިވަކި ލަފުޒުތަކުން ދޭހަވާ މާނަ އެނގުމާއި މުޅި ލިޔުން ދޭހަވުމާއި ދެމެދު ގުޅުމެއް ވާކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ވަރަށް ވިކް ކޮރިލޭޝަނެކެވެ. އެހެން ނަމަވެސް ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އަންހެން ދަރިވަރުންގެ ނަތިޖާ އެކަނި ބަލައި ދިރާސަކުރި އިރު ކޯރިލޭޝަނެއް ހުރިކަމަށް ދެއްކިއެވެ. އެ ކޯރިލޭޝަން ވެލިއުވަނީ މޮޑަރޭޓް މިންގަނޑުގައެވެ. މިދިރާސާއިން ފާހަގަވި އެއްކަމަކީ ލަފްޒުތަކުގެ މާނަ ނޭނގޭނަމަ، އެލަފްޒު އެކުލެވޭ ސުވާލު ކުރުމުން، އެސުވާލަށް ޖަވާބުދިނުމުގައި އުނދަގޫތަކެއް ހުރިކަމެވެ. ނުވަތަ ނޭނގޭކަމެވެ. އަނެއްކަމަކީ މާނަ އެނގޭ ލަފްޒުތަކާއި ގުޅުން ހުރި ސުވާލުކުރުމުން އެސުވާލުތަކުގެ ޖަވާބު ރަނގަޅަށް ދީފައިވާ ކަމެވެ. ޖުމުލަ ގޮތެއްގައި ލަފްޒުތަކާއި ލިޔުމުން ދޭހަވާ މާނަ ފަހުމުވުމުގައި ގުޅުމެއް ނުވާކަމަށް ނަތީޖާ ތަކުން ފެނުނެވެ. އެހެން ނަމަވެސް ދިވެހި ބަހުން މިފަދަ އިތުރު ދިރާސާތަކެއް، ތަފާތު ފެންވަރުގެ ޓެސްޓުތަކާއި އެކިއެކި ފޯމެޓްގައި ޓެސްޓް ކުރެވިގެން، ވަގުތު ހޭދަކޮށްގެން މިފަދަ ދިރާސާތައް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރެވުނެވެ.