Browsing by Author | މުސައްނިފުން "Manik, Abdul Hakeem Hussain"
Now showing 1 - 9 of 9
- Results Per Page
- Sort Options
Item އަލްފާޟިލް އިބްރާހީމް ޢަލިދީދީގެ ޙަޔާތްޕުޅު ކުރުކޮށް(ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1998-11) ޢަބްދުލް ޙަކީމް ޙުސައިން މަނިކު; Manik, Abdul Hakeem Hussain ArticleItem މިސުރަށްދިޔަ ހަނދޭގިރިންގެ ޙިކުމަތްތެރިކަން(ދިވެހިބަހާއި ތާރީޚަށްޚިދުމަތްކުރާ ޤައުމީ މަޖިލީސް, 1998-07-01) ޢަބުދުލްޙަކީމް ޙުސައިން މަނިކު; Manik, Abdul Hakeem Hussain BookItem މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދިގުރަސްކަމުގެ ހިތާމަވެރި ނިމުން - 1(Unpublished manuscript, 1999-01-01) Manik, Abdul Hakeem Hussain; ޢަބުދުލް ޙަކީމް ޙުސައިން މަނިކް ArticleItem ފުރަތަމަ ތަޤްރީރެއް ދެއްވި އަންހެންބޭފުޅަކީ މާރަންދޫ ގަނޑުވަރު ޢާއިޝަތު ދީދީ(Dhivehi Bahaai Thareekhah Khidhumaikuraa Qaumee Marukazu, 2001-07-01) Manik, Abdul Hakeem Hussain; ޢަބްދުލް ޙަކީމް ޙުސައިން މަނިކު ArticleItem ދިވެހި ތާރީޚުން : އައްނަބީލް ކަކާގޭ އިސްމާޢީލް ދީދީ : ފާރޮށިގެ / ދޮށިމޭނާވެޔޮ(ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1983-07-01) ޢަބްދުލް ޙަކީމް ހުސައިން މަނިކް; Manik, Abdul Hakeem Hussain ArticleItem ދިވެހިބަހަށް ވެދެފައިހުރި ބޭރުބަސް ބަދަލުކުރާނެ ކަމެއްނެތް(Dhivehi Bahaai Thareekhah Khidhumaikuraa Qaumee Marukazu, 2001-04-01) Manik, Abdul Hakeem Hussain; ޢަބްދުލްޙކީމް ޙުސައިން މަނިކު BookItem ޙަސަން ފަރީދުގެ ތާރީޚު އަދި ދިވެހި ތަރީޚުގެ ތަންތަން ކޮޅު(Unpublished manuscript, 1994-09-11) Manik, Abdul Hakeem Hussain; ޢަބުދުލް ޙަކީމް ޙުސައިން މަނިކްއަޅުގަނޑު މިލިއަންފެއްޓީ ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭން އައްނަބީލު ޙަޝަން ފަރީދު ދީދީ ގެ ސަވާނީޙު އަޅުގަނޑު ލޮލުން ދެކި އަތުން ހިފި ކަމެއްކަމަށް ވާތީ ވަރަށް ފުރިހަމަވުމާއި ގާތަށް ލިޔެވޭތޯ ބެލުމަށެވެ. މިޒަމާނުގެ ވެރިންގެ އިތުރަށް އުތީމު ދަރިކޮޅުގެ ބައެއް މުޙިއްބުލް ވަޠަންގެ ތާރީޚު އާއި ފޯކް ލޯވެސް މިފޮތުގައި ހިމެނެއެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހި ތާޜީޚުގައި އެންމެ ރީތި ނަންފުޅެއް ލިޔެވޭ ބޭފުޅަކީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޘަމު ސިރީ ސަވާދީއްތަ މަހާރަދުންނެވެ. އިސްކަންދަރު މަހާރަދުންނާއި އެ ރަދުންގެ ބައްޕާފުޅު ބޮޑު ރަސްގެފާނުވެސް އެއީ ދިވެހި ތާރީޚުގައި ރީތިއަކުރުން ލިޔެވޭނެ ޢިއްޒަތް ތެރި ދެ ބަފާކަލުންނެވެ. އަލް ޣާޒީ ޙަސަން ޢިއްޒަތްދީން ދޮންބަންޑާރަ އަކީވެސް ރާއްޖެ ވަރަށް ދޯދިޔާ ބިދޭސީ ބައެއްގެ އަތުން ސަލާމަތްކުރެއްވި ލީޑަރެކެވެ. އަދި އެއަށްވުރެ މާވަރުގަދަ ލީޑަރެއް ރާއްޖޭގައި އުފެދުނެވެ. އެބޭފުޅަކީ ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އެމަނިކުފާނު ރާއްޖެ ސަލާމަތްކުރެއްވީ ދުނިޔޭގައި އޮތް އެންމެބުއްދިވެރި، އެންމެ ޙިކުމަތްތެރި އިނގިރޭސީންގެ އަޅުވެތިކަމުގައި ދިވެހިރާއްޖެ ހަތްދިހަ އަށް އަހަރު (78 އަހަރު) އޮތުމަށް ފަހުއެވެ. މިބޮޑު ޚިދުމަތުގެ އިނާމެއް ގޮތުން އެދުވަސްވަރު އޮތް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ރަންނަބަޑޭރި ކަމަށް ކޮލިލުމަށް ފާސްކުރިއެވެ. ކޮލިވެސް ލިޔެވެ. އަދި "ނިޝާ ޣާޒީގެ އިއްޒަތްތެރި ވެރިޔާ" މެޑެލް ވެސް ދެއްވިއެވެ. މިއީ ރަން މެޑެއްޔެކެވެ. މިހާރު އިބްރާހީމް ނާޞިރުގެ ނަންފުޅަކީ ޞާޙިބުއް ދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާއެވެ. އިބްރާހީމް ނާޞިރު އިނގިރޭސީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ ހަތް އަހަރު ދިގު މުއްދަތެއްގައި އިނގިރޭސީންނާއި އެކިބާވަތް ބާވަތުގެ ޢިލްމީ އަދި ޤަލަމީ ޖިހާދު ކުރައްވައިގެންނެވެ. ހަނގުރާމަ ކޮށްގެން ލޭ އޮހޮރުވައިގެން ނެއްނޫނެވެ. ކޮންމެވެސް ވަރެއްގެ މުޒާހަރާތަކެއް ވެސް ކުރިއެވެ. އިބްރާހީމް ނާޞިރުގެ ނަން އަޅުގަނޑުގެ ޤަލަމުން ލިޔާނީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް ބޮޑު ތަކުރުފާނުގެ ނަންފުޅާ ޖެހިގެންނެވެ. އެހާވެސް ނާޞިރު ކުރެެއްވި މިނިވަންކަމުގެ ޖިހާދު ރާއްޖޭގެ ޙައްޤު ގައި މަތިވެރިއެވެ. މީހަކު ކޮންމެ އެއްޗެއް ކިޔަސް އިބްރާހީމް ނާޞިރު އަކީ ރާއްޖެ އުފެއްދި އެންމެ ހިތްވަރުގަދަ ކެތްތެރި ވިސްނުންތެރި ބަޠަލުންގެ ތެރެއިން ދެވަނަ ބަޠަލެވެ. އެެއްވަނަ ބަޠަލަކީ އަލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް އެވެ. އިބްރާހީމް ނާޞިރު ރާއްޖެއަށް ހޯއްދަވާދެއްވި މިނިވަންކަމުގެ ފޮނި ނަތީޖާ އަދިވެސް އެންމެ ފުރިހަމައަކަށް ނުފެނެއެވެ. އެހެންނަމަވެސް މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ޖުލައި 26 (ޖުލައި ސައްބީސް) ދުވަހު ރާއްޖެއަށް އޮންނާނީ ރާއްޖޭގެ އެންމެ އަގުހުރި އެއްދަރި ކަމުގައިވާ މިނިވަންކަމުގެ މިޒަމާނުގެ ބާނީ ކަމުގައިވެސް ހިމެނޭ، އަލްފާޟިލް އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުން ނިޝާން ޣާޒީ ގެ އިއްޒަތްތެރި ވެރިޔާގެ ނަންފުޅު ފިސާރި ކެރިގެން ޒުވާނުން އެންނަފުޅަށް ވަރަށް ހޫނު ތަރުޙީބު ހަމަ ފާޅުގައި ދެމުންގެންދާ ގޮތަށެވެ. ރާއްޖެ ދެމިއޮތްހާ ދުވަހަކު އެމަނިކުފާނަށް ވަރަށް ފުރިހަމަ ޝުކުރު އަދާކުރަމުން ގެންދާނެކަން ކަށަވަރެވެ. OtherItem ޙުސައިން ސަލާޙުއްދީން އާއި ގިރާވަރު ކަޅުސޮރު(ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1999-08) ޢަބްދުލް ޙަކީމް ޙުސައިން މަނިކު; Manik, Abdul Hakeem HussainItem ޝަޒަރާތު : ޢައްލާމާ އިޤްބާލުގެ ބާނގެދަރާގެ ތެރެއިން(ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު, 1981-12-01) ޢަބްދުލް ޙަކީމް ޙުސައިން މަނިކު; Manik, Abdul Hakeem Hussain
