Browsing by Author | މުސައްނިފުން "Mohamed, Abdul Razzak"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވިރާޡީ އުޞޫލުންތޯއެވެ؟(ފެކަލްޓި އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2009-11-01) މުޙައްމަދު އަބުދުއްރައްޒާޤް; Mohamed, Abdul Razzakމިދިރާސާއަކީ، ހުރާ ދަރިކޮޅުގެ ރަސްކަން ގޮސްފައިވަނީ ވިރާޘީ އުޞޫލުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިއީ، ތާރީޚީ ހޯދުމެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކުރެވޭނީ ކުލައިޓޭޓިވް ދިރާސާ އެޕްރޯޗެކެވެ. މީގެ އިތުރުން ޖުމުލަ ގޮތެެއްގައި މިދިރާސާ ބިނާވެފައިވަނީ ޝާއިޢުކުރެވިފައިވާ ފޮތްތަކާއި، އެކިއެކި ފަންނީ ބޭފުޅުންނާ ބަސްދީގަތުން ބާއްވައިގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. ހޯދިހޯދުންތަކުން އެނގުނުގޮތުގައި ހުރާ ޚާންދާނުގެ ރަސްކަން ދިޔައީ މުޅިން ވިރާޘީ އުޞޫލާއެއްގޮތަކަށް ނޫނެވެ. ވަކިން ޚާއްޞަކޮށް ހުރާ ދަރިކޮޅުން އެންމެފުރަތަމަ ރަސްކަން ކުރެއްވި ދެ ރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ މުޅިން ވިރާޘީ އުޞޫލާ ޚިލާފަށް ޢާއިލީމަތިފުށުން ބޭރުންނެވެ. ދެވަނަފަހަރަށް މިދަރިކޮޅަށް ރަސްކަން ލިބިވަޑައިގަތުމަށްފަހު ރަސްކަމުގެ ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށަ، ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށް ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަން ބަދަލުވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަން ގަދަކަމުން އަތުލައްވައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަންނަވާ ހިސާބުންނެވެ. މިގޮތުން މިޚާންދާނުން ފަސްރަސްކަލުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެ ވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ބޮޑުންގެ މެދުގައި ހަމަނުޖެހުން އުފެދި ރަސްކަމުގެ ވިރާޘީ އުޞޫލު އުވި ރަސްކަމުގެ އިންތިޚާބީ އުޞޫލަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އިންތިޚާބު ކުރެވުނު ރަސްކަލުން ރަސްކަމާ ޙަވާލުނުވުމުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް ގާއިމުކުރެވުނެވެ. ކުޑަދުވަސްކޮޅެއްގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށްފަހު އަލުން އިންތިޚާބީ ރަސްކަމެއް ގާއިމުކުރިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ތަޚުތަށް އިސްކުރެވުނު ހަމައެކަނި އިންތިހާބީ ރަސްކަލަކުވެސް އިސްކުރެވިފައިވަނީ މިޢާއިލާއިންނެވެ.