Browsing by Author | މުސައްނިފުން "Mohamed, Musthafa"
Now showing 1 - 2 of 2
- Results Per Page
- Sort Options
ThesisItem ދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Mohamed, Musthafa; މުސްތަފާ މުޙައްމަދުމި ދިރާސާއަކީ، ދިވެހިރުކުގެ ބައިތަކުގެ ބޭނުން ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. ދިވެހި ރުކަކީ، އޭގެ ބޭނުންތަކުގެ މައްޗަށް ކާބަފައިންގެ މުޅި ދިރިއުޅުން ބިނާކޮށްފައިވާ ގަހެވެ. ކެއިންބުއިމާއި، އޮޑިދޯނިފަހަރު ބަނުމާއި، ގޯތިގެދޮރު އެޅުމާއި، އެނދުއަށި ޖެހުމާއި، ހިފާގެންގުޅޭ ތަކެތި ތައްޔާރުކުރުމާއި، ބޭސްފަރުވާގެ ބޭނުންތަކަކީ، ރުކުން ހިފަމުންގެންގޮސްފައިވާ މުހިންމު ބޭނުންތަކެވެ. އިހުޒަމާނުގައި ދިވެހިންގެ މައިގަނޑު މަސައްކަތް ކަމަށްވާ މަސްވެރިކަން ފިޔަވައި، ދެން އެންމެބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވެފައިއޮތީ ކާށި އެކްސްޕޯޓް ކުރުމެވެ. ކާށީގެ އިތުރަށް، ރޯނާއި، ދިޔާހަކުރުން ތައްޔާރުކުރާ އުފެއްދުންތައްވެސް އެކްސްޕޯޓްކޮށްފައި ވެއެވެ. މި ސަރަޙައްދުގައި ދުއްވާ ނާފަހަރުގައި ވާވެލާވެއްޔަށްވެސް ބޭނުންކޮށްއުޅުނީ، ރާއްޖޭގައި އުފައްދާ ރޯނެވެ. ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ކާނާގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ކާށްޓާއި ދިޔާހަކުރު ހިމެނެއެވެ. ދިވެހި ޘަޤާފަތާއި ދިވެހިންގެ އާދަކާދައާ މިކަންކަން ވަނީ ގުޅިފައެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި ދިވެހިރުށް ވެފައިވަނީ، އެއާ ނުލައި ދިވެހިންނަށް ނޫޅެވޭފަދަ މުހިންމު ގަހަކަށެވެ. މިފާހަގަކުރި ކަންކަމުގެ އިތުރަށް ދިވެހިބަހާއި އަދަބިއްޔާތާ ދިވެހިރުއް ގުޅިފައިވެއެވެ. ދިވެހިރުކާގުޅޭ އެތައް ލަފުޒަކާއި ހަރުބަހާއި މުސްކުޅިބަހާއި މަޖާޒުބަހުން ދިވެހި ރަދީފަށް މުއްސަނދިކަން ގެނެސްދީފައި ވެއެވެ. އޭގެއިތުރަށް، މިޤައުމުގެ ޤައުމީގަހަކީ، ދިވެހިރުއްކަމަށް ކަނޑައަޅާފައިވަނީ، ދިވެހިންނަށް އެ ގަހަކީ، މުހިންމު ގަހެއްކަމަށް ވީތީއެވެ. ހަމައެހެންމެ، މިނިވަން މި ޤައުމުގެ ދައުލަތުގެ ނިޝާނުގައި ދިވެހިރުއް ހިމެނިފައިވުމާއި، ދިވެހި ފައިސާގައި ދިވެހިރުކުގެ ތަސްވީރު ހިމެނިފައިވުމީ، ދިވެހިންނަށް އެގަހުގެ ބޭނުންތެރިކަން ބޮޑުކަން ރަމްޒުކޮށްދޭ ކަންކަމެވެ. ދިވެހިރުކަކީ، މިހާބޮޑު އަހަންމިއްޔަތެއްދޭ ގަހެއްކަމަށް ވީނަމަވެސް، އެގަހުގެ ބޭނުން ކުރަމުން ގެންދިޔަ ކަންކަމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެހެންކަމުން، ބަދަލުތައް އައިސްފައިވާ ކަންކަމާއި، ބަދަލުތައް އައިސްފައިވާ މިންވަރުގެ މައްޗަށް، މި ދިރާސާގައި އަލިއަޅުވާލެވިފައި ވާނެއެވެ. ArticleItem ޤައުމީ އެއްބައިވަންތަކަން - ޤައުމުގެ ކުރިއެރުން(Dhivehi Bahaai Thareekhah Khidhumaikuraa Qaumee Marukazu, 2001-08-01) Mohamed, Musthafa; މުޞްޠަފާ މުޙައްމަދު