Browsing by Author | މުސައްނިފުން "Nadhira, Ibrahim"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2010-11-01) Nadhira, Ibrahim; ނާދިރާ އިބްރާހީމްމިދިރާސާއަކީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ކަމުގައި ދިވެހިންގެ މެދުގައި ބުނެއުޅޭ ބުނުމަށް ތާރީޚީގޮތުން ފެންނަންހުރި ހެކިތައް ހޯދައި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިތޯ ނުވަތަ އެނޫން ގޮތަކުން ރާއްޖެ އެބައެއްގެ އަތްދަށަށް ދިޔައީތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ ދެފަހަރެއްގެމަތިން ބޭރުބައެއްގެ އަޅުވެތިކަމެއްގައި އޮތެވެ. އެންމެ ދިގުމުއްދަތަކަށް އޮތްކަމުގައިވަނީ ޕޯޗުގީޒު ބައެއްގެ އަޅުވެތިކަމުގައެވެ. ރާއްޖެ އަޅުވެތިކުރިކަމަށް ބުނެވޭ ޕޯޗުގީޒުންނަކީ ހުޅަނގު ޔޫރަޕުން ކަނޑުމަގުން ދަތުރުކުރަމުން އައިސް އިންޑިއާގެ ގޯއާގެ ބަނދަރުގައި ތިބި ނުފޫޒުގަދަ ބައެއްކަމުގައި ދިރާސާއިން އެނގެއެވެ. މިބައިމީހުންނަށް ރާއްޖެއަށް ނުފޫޒު ފޯރުވިގެން ދިޔައީ ރާއްޖޭގެ ރަސްކަން ދޫކުރައްވައި ގޯއާއަށް ވަޑައިގެން ނަޞާރާދީން ޚިޔާރުކުރެއްވި 9 ވަނަ ޙަސަން ރަސްގެފާނުގެ ހިތްޕުޅުގައިވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން އެރަދުން ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވައިގެން ރާއްޖޭގެ ރަސްކަން އަތުލެއްވުމަށް ކުރެއްވި މަސައްކަތްޕުޅުންނާއި ޕޯޗުޤީޒުންވެސް ދިވެހިރާއްޖެއަށް ބޭނުންވެފައި ތިބުމުން، އެކަން އެގޮތަށް ވެގެން ދިޔައީކަން އެނގެއެވެ. ޕޯޗުޤީޒުން 1 ޝަޢުބާން 965 ން ފެށިގެން 1 ރަބީއުލްއައްވަލް 981 ށް (15 އަހަރާއި 7 މަސް ދުވަސްވަންދެން) ރާއްޖެ އިސްތިޢުމާރުކޮށް އަޅުވެތިކޮށްގެން ތިބިކަމުގައި ހޯދުންތަކުން އެނގުނެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެވުމުގެ އަގުހުރި ޖިހާދެއްކުރެއްވީ ދިވެހިންގެތެރެއިން އުފެދުނު ހިތްވަރުގަދަ ދިވެހިދަރިއެއްކަން އެނގެއެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުގައި، ރާއްޖޭގެ މީހުން އުޅެފައިވާކަމުގެ ހެކިތައް ރާއްޖޭގެ ކަންކޮޅުތަކުގައި ފެންނަންހުރި ކަމުގައި ދިރާސާއިން އެނގިގެން ދިޔައެވެ.