Browsing by Author | މުސައްނިފުން "Pension Office"
Now showing 1 - 1 of 1
- Results Per Page
- Sort Options
ArticleItem 2009 ވަނަ އަހަރު ދިވެހިރާއްޖެއަށް އަލަށް ތަޢާރަފު ކުރެވުނު ޕެންޝަން ނިޒާމުގެ މައްޗަށް ފަންނީ ނަޒަރަކުން ބަލައިލުމެއް(ޕެންޝަން އޮފީސް, 2014-01-01) ޕެންޝަން އޮފީސް; Pension Officeމި ކަރުދާހަކީ 2009 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފު ކުރެވުނު ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަށާއ،ި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ޕެންޝަން ނިޒާމުތައް ހިންގަމުންގެންދާ ގޮތުގެ މައްޗަށް ެބަލާލައ،ި އެކުލަވާލާފައިވާ ކަރުދާހެކެވ.ެ މިގޮތުން މި ކަރުދާހުގައި އަލިއަޅުވާލާފައި ވާނ،ީ ރާއްޖޭގެ އާބާދީއަށް މުސްތަޤްބަލުގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ މައްޗަށާއ،ި މި ބަދަލުތަކުގެ ސަބަބުން ޕެންޝަން ދިނުމަށް ދައުލަތުން ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ބަދަލުވެގެން ދާނެ ގޮތުގެ މައްޗަށެވ.ެ މި ބައިގައި ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ޤައުމުތަކުގެ އާބާދީއަށް މުސްތަޤްބަލުގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ މައްޗަށް ވެސް ބަލާލައ،ި އެ ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގެ އާބާދީ ބަދަލުވެގެން ދާނެ ކަމަށް ބެލެވޭ ގޮތަށް ވެސް އަލިއަޅުވާލާފައިވާނެއެވ. މީގެ އިތުރުނ،ް ރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ޕެންޝަން ސްކީމް ކަމުގައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް )އެމްއާރުޕީއެސް( ފަދަ ޑިފައިންޑް ކޮންޓްރިބިއުޝަން ނިޒާމުތައް މަސައްކަތް ކުރާ ގޮތާއ،ި މި ނިޒާމު ހިންގަމުންދާ އެހެން ޤައުމުތަކުގެ ޕެންޝަން ނިޒާމުތަކުގެ މައްޗަށް ވެސް ބަލާލާފައިވާނެއެވ.ެ މި ކަރުދާސް ނިންމާލާފައި ވާނ،ީ އެމްއާރުޕީއެސްގެ ޚުލާޞާ ހިސާބުތަކަށް އަލިއަޅުވާލައ،ި މި ސްކީމުގެ ބައިވެރިން ތަފާތު ެޙާލަތް ތަކުގައ،ި ރިޓަޔަރ ކުރުމުން ޕެންޝަނުގެ ގޮތުގައި ލިބޭނެ އާމްދަނީގެ އަންދާޒާ ހުށަހަޅައި ދިނުމަށް ފަހުއެވ