Browsing by Author | މުސައްނިފުން "Saadhaa, Aminath"
Now showing 1 - 1 of 1
- Results Per Page
- Sort Options
ThesisItem ދިވެހިބަހުގައި އެކުލެވިގެންވާ މަސްދަރުތައް، [ނިމުނުކަމަށް] ބަދަލުވެގެންދާ އުސޫލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Saadhaa, Aminath; އާމިނަތު ސަޢާދާމިއީ، ދިވެހިބަހުގެ މަސްދަރުތައް ނިމުނުކަމަށް ބަދަލުވެގެންދާ އުސޫލު ދެނެގަތުމަށްޓަކައި ހެދި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ ސާމްޕަލްގެ ގޮތުގައި ބޭނުންކުރީ، ދިވެހިބަސްފޮތް 2006 ގައި، ހިމާނާފައި ހުރި މަސްދަރުތަކުގެ ތެރެއިން [ ު ު ް] އަދި [ ެ ު ް] ، މި ދެ ވަޒަނަށް ހުރި ހުރިހާ މަސްދަރު ތަކެކެވެ. ދިރާސާއަށް ބޭނުންވާ ދެވަނަ ސާމްޕަލްކަމުގައިވާ، މަސްދަރުތަކުގެ ނިމުނުކަން ހޯދީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން 5 ބޭފުޅުންގެ އަރިހުން، ސާރވޭ ފޯރމް ފުރުއްވައިގެންނެވެ. ނިމުނުކަމުގެ ގޮތުގައި މި ދިރާސާގައި ބޭނުންކޮށްފައިވާނީ، ތިންވަނަ ފަރާތަށް މުޚާތަބުކޮށް، ނިމުނުކަން ބޭނުންކުރާ ގޮތެވެ. މި ދިރާސާއަކީ ކުއަލިޓޭޓިވް ޕެރަޑައިމް އެއްގެ ދަށުން، ހުސް ސުކުނޑިއަކާއެކު ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގެ އުސޫލުތައް ދެނެގަތުމަށްޓަކައި، ދިވެހިބަހުގެ އުސްތާޛުންގެ ޚިޔާލު ހޯދުމުގެ ގޮތުން އިންޓަރވިއުވެސް ކުރީމެވެ. ދިރާސާގައި ބޭނުންކުރި މަސްދަރުތަކަށް ބަލާއިރު، މަސްދަރު، ނިމުނުކަމަށް ބަދަލުވެގެންދާ ތިން އުސޫލެއް ފާހަގަ ކުރެވުނެވެ. އެއީ [-ައިފި] [-ެފި]، އަދި [-ިއްޖެ] އެވެ. މި އުސޫލުތަކުގެތެރެއިން، [-ައިފި] އަދި [-ެފި]، އުސޫލަކީ މުޙައްމަދު ޖަމީލުދީދީ (1970) ވެސް ފާހަގަ ކުރައްވާފައިވާ ދެ އުސޫލު ނަމަވެސް މި ދެ އުސޫލު އެބޭފުޅާ ބަޔާންކޮށްދެއްވާފައިވަނީ ފުރިހަމައަކަށް ނޫންކަން ފާހަގަކުރެވެއެވެ. [-ިއްޖެ]، އުސޫލަށް ލަފުޒު ހުންނަކަމަށް މުޙައްމަދު ޖަމީލުދީދީ (1970) ފާހަގަކުރައްވާފައިވީނަމަވެސް އެ އުސޫލު ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. އެބޭފުޅާ ބަޔާންކޮށްދެއްވާފައިވާ [-ފި] އުސޫލަކީ، މި ދިރާސާއިންވެސް ފާހަގަކުރެވުނު ގޮތުގައި، އާއްމު އުސޫލާ ޚިލާފު އުސޫލެކެވެ. ތިންވަނަ ފަރާތަކަށް މުޙާތަބުކޮށް ނިމުނުކަން ބޭނުންކުރެވޭ ތައްގަނޑުތަކުގެ ތެރޭގައި އަލީ އަޙުމަދު (1970) ބަޔާންކުރައްވާ،[ -ޮއިފި] އަދި [ -ެއްޖެ] ތައްގަނޑަކީ މިދިރާސާއިން ފާހަގަކުރެވިފައިނުވާ ދެ ތައްގަނޑެވެ. ދިރާސާއިން ހާމަވިގޮތުގައި ތިންވަނަ ފަރާތަކަށް ނިސްބަތްކޮށް ނިމުނުކަން ބޭނުންކުރާއިރު، ނިމުނުކަން، މުޅީންވެސް ނިމިފައިހުންނަނީ، [-ފި] ނުވަތަ [-ޖެ] އަށެވެ. އޭގެތެރެއިން، [-ފި] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރާއެކު ކުރާކަންކަމުގެ މާނަ ދޭހަކޮށްދޭ ލަފުޒުތަކެވެ. އަދި [-ޖެ] އަށް ނިމިފައި ހުންނަނީ، އިޙުތިޔާރެއްނެތިވާ ކަންކަމުގެ މާނަދޭހަކޮށްދޭ ލަފުޒުތަކެވެ. ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި މަސްދަރު ނިމުނުކަމަށް ބަދަލުވެގެން ދިޔުމުގައި، ނިމުނުކަން، މަސްދަރަށް ބަރޯސާވުމުގެ ބަދަލުގައި ބަރޯސާވަނީ ވާކަމަށާއި، ލަފުޒުގައި އެކުލެވިގެންވާ މާނައިން، އިޚުތިޔާރާއެކު ކުރާކަންކަމާއި، އިޚުތިޔާރެއްނެތިވާ ކަންކަމުގެ މައްޗަށެވެ.