Dhivehi Language Studies - ދިވެހި ބަހުގެ ޢިލްމް

Browse

Search Results

Now showing 1 - 2 of 2
  • Item
    Article
    އޮޓޯބައޮގްރަފީ
    (National institute of education, 2014-03-01) AbdulRaheem, Ismail Habeeb; އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • Thumbnail Image
    Item
    Thesis
    ދިވެހިބަހާމެދު ދިވެހި ޒުވާނުންގެ ވިސްނުން ހުރީ ކިހިނެއްތޯ؟
    (Maldives National University, 2014-03-03) AbdulRaheem, Ismail Habeeb; އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
    ދިރާސާގެ މި މަސައްކަތް ކުރުމުގެ ތައުފީޤް ދެއްވި ކުރުމުގެ ތައުފީޤް ދެއްވި ކަމަށްޓަކައި، މާތް ﷲ ގެ ޙަޟްރަތަށް ޝުކުރު ދެންނެވުމަށްފަހު، އަޅުގަނޑު އެންމެ އިސް ވާޖިބަކީ ޢިލްމީ ދިރާސާގެ މި މަސައްކަތުގެ ފުރިހަމަ އިރުޝާދު އަޅުގަނޑަށް ދެއްވައި، އެބޭފުޅުންގެ އަގުހުރި ވަގުތުން ވަރަށްގިނަ ވަގުތު އަޅުގަނޑާ އެކު ހޭދަކޮށް ދެއްވައި، ބޭނުންވާ ކޮންމެ ވަގުތެއްގައި ހިތްޕުޅު ހެޔޮކަމާއި ކެތްެެތެރިކަމާއެކު މި މަސައްކަތް ސުޕަރވައިޒް ކޮށްދެއްވި އުސްތާޛާ ޑޮކްޓަރ ރަޝީދާ މުޙަންމަދު ދީދީ ގެ އަރިހަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުމެވެ. ކަމާނާގެ ރަތް ގަލަންކޮޅުން އަޅުގަނޑުގެ ލިޔުންތެރިކަމަށް ލިބުނު އަގުހުރި ފިލާވަޅުތަކަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ފިލާވަޅުތަކެކެވެ. އެއަށްފަހު، މިފަދަ ފަންނަ އަދި ޢިލްމީ ހުރިހައި ކަމެއްގައި، އަބަދުވެސް އަޅުގަނޑަށް ވަރަށް މަތިވެރި ދަރަޖައަކަށް ލަފާފުޅު ދެއްވާކަމަށްޓާކައި، ޤައުމީ ޔުނިވާރސިޓީގެ ލޮބުވެތި ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދުގެ އަރިހަށާއި، ޑޮކްޓަރ ޢަބްދުﷲ ވަޙީދަށާއި ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމަށާއި ޑޮކްޓަރ ޢަލީ ނަޖީބަށާއި، ޑޮކްޓަރ އަޙުމަދު ޢަލީ ދީދީ އަށާއި، އަޙުމަދު ޝާފީޢަށް ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަނަންވަމެވެ. ފެކަލްޓީ އޮފް އާޓްސް ގެ ޑިން ޢަބްދުއްރަޝީދު ޢަލީ އާއި، ކޯސް ކޯޑިނޭޓަރ ވަލީދާ ޢީސާ އާއި، ސިނިޔަރ ލެކްޗަރަރ ޑޮކްޓަރ ނާޝިޔާ މުޙަންމަދާއި، ލެކްޗަރަރ އަޙުމަދު ނާޒިފާއި، ރެޖިސްޓްރަރ ޢާއިޝަތު ޢަލީ އަދި ޑިރެކްޓަރ ސްޓޫޑެންޓް ސަޕޯޓް ސަރވިސަސް، މުޙަންމަދު މުސްތަފާ ޙުސެއިން ގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަމާއި އިރުޝާދު ޝުކުރުވެރިކަމާއެކު ހަނދާން ކުރަމެވެ. އަދި ހަމަ އެހެންމެ، މި ދިރާސާ އަށް ބޭނުންވި މަޢުލޫމާތު ހޯދުމުގައި ސުކޫލްތަކާއި ފެކަލްޓީތަކާއި ދިވެހިބަހުގެ އެކަޑަމީ އިން ވެދެއްވި އެހީތެރިކަން ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ދިރާސާގެ މަޢުލޫމާތު އެއްކުރުމާއި، އެހެނިހެން ކަންކަމުގައި، އަލްއުސްތާޛު ހާތިފް ޙިލްމީ އާއި، އަަޙުމަދު ޞާލިޙާއި، އަޙުމަދު ×ޒާހިރު (ފެއަރީ) އާއި، މުސްޠަފާ މުޙަންމަދާއި، ޢާއިޝަތު ޝަފާ އާއި، އާމިނަތު ރިޔާ×ޒާއި، އާމިނަތު ޝާ××ޒިނާ އާއި، މުޙަންމަދު ރަބީޢު އާއި، މުޙަންމަދު ޢާމިރު އަޙުމަދާއި، ޢާއިޝަތު ޝާހީން ގެ ފަރާތްޕުޅުން ލިބުނު އެހީތެރިކަން ފާހަގަކޮށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މި މަސައްކަތުގެ އެންމެބޮޑު ×ޝުކުރެއް ޙައްޤުވެގެންވަނީ، އަޅުގަނޑުގެ ލޮބުވެތި އަންނުން ފާޠިމަތު ޒަމީރާއަށާއި، އަޅުގަނޑުގެ ޢާއިލާ އަށެވެ. މި ފުރުޞަތުގައި ނުހަނު ލޯތްބާއެކު އަޅުގަނޑުގެ ޢާއިލާ މެންބަރުން (ޢާއިޝަތު ×ޒުހާ ޙަބީބު، މުޙަންމަދު ޒިވާ ޙަބީބު، މަރިޔަމް ޒާރާ ޙަބީބް) އަށާއި، އަޅުގަނޑުގެ ލޮބުވެތި އަންހެނުން ފާޠިމަތު ޒަމީރާ އަށް ޝުކުރާއި ތަޢުރީފް ގެ ބަސްތަކުން ވެދުން ކުރަމެވެ. މި ދިރާސާ ގައި އެއްވެސް ފުރިހަމަކަމެއް އަދި ފައިދާ އެއް ވާނަމަ، އޭގެ އެންމެ ބޮޑު ޙައްޤުވެރިންނަކީ ތިޔަބޭފުޅުންނެވެ. އެއްވެސް މަސަލައެއް އުޅޭނަމަ، އެކަމެއް ރައްދުވަނީ އަޅުގަނޑަށެވެ.