Dhivehi Language Studies - ދިވެހި ބަހުގެ ޢިލްމް

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރުންނަށް ބޮޑަށް އެނގެނީ ކޮންބަހެއްގެ ބަސްކޮށާރެއް ހެއްޔެވެ؟
    (Maldives National University, 2015-11-01) Mohamed, AbdulRazzaq; ޢަބްދުއްރައްޒާޤު މުޙައްމަދު
    ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޙާއްޞަކޮށް 1961 ވަނަ އަހަރުން ފެށިގެން މާލޭގެ ދެ ސުކޫލެއްގައި ކިޔަވައިދެމުން ދިޔަ މީޑިޔަމަށް އައި ބަދަލާ ގުޅިގެންނެވެ. މި ބަދަލާ ގުޅިގެން މިހާރު މުޅި ދިވެހިރާއްޖޭގެ ތަޢުލީމީ މުއައްސަސާ ވެސް ވަނީ އިނގިރޭސިބަހަށް ބަރޯސާވެފައެވެ. ކަންމިހެން ހުރުމާއެކު އަޅުގަނޑުމެންގެ ޅަދަރިން މާދަރީބަހަށް ދޭ ސަމާލުކަން ކުޑަކަން ފާހަގަ ކުރެވެއެވެ. މިގޮތުން ވާހަކަ ދައްކާއިރު ބަަސް މައްސުނިކޮށްގެން ވާހަކަދެއްކުމާއި، ލިޔުންތަކުގައި އިނގިރޭސި ބަސްކޮށާރު ބޭނުންކުރަމުން އަންނަކަން ހިތާމައާއެކު ފާހަގަ ކުރަންޖެހެއެވެ. ނަތީޖާ އަކަށް ވެގެންދަނީ ދަރިވަރުން މާދަރީބަހުގެ ފެންވަރުގެ ދެނެގަންނަން ޖެހެއެވެ. މިގޮތުން މި ދިރިސާއަކީ، ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުނަށް، ބޮޑަށް އެނގެނީ ކޮނަބަހެއްގެ ބަސްކޮށާރެއްކަން ދެނެގަތުމަށް ކުރި ދިރާސާއެކެވެ. ކަންމިހެން ހުރުމާއެކު މި ދިރާސާގެ ސަބަބުން، މި ދިރާސާ އަމާޒުވާ ސުކޫލުތަކަށާއި، އެހެނިހެން ސުކޫލްތަކަށް ވެސް ސިދާގޮތެއްގައާއި ނުސީދާގޮތެއްގައި ފައިދާތަކެއް ލިބިގެން ދާނެއެވެ. މި ދިރާސާ ހެދުމަށްޓަކައި ބޭނުންކުރި ޑިސްކްރިޕްޓިވް ޑިޒައިންއެވެ. އަދި މި ދިރާސާ ހެދުމަށްޓާކައި ބޭނުންކުރީ ކުއޮންޓިޓޭޓިވް ޑޭޓާ ތަކެކެވެ. މި ދިރާސާ ހެދުމަށް ސާމްޕަލުގެ ގޮތުގައި ހޮވީ ރެންޑަމް ސާންޕަލެވެ. މިގޮތުން މާލޭގެ ހަތަރު ސުކޫލެއްގެ، ގްރޭޑް ހަތަރެއްގެ ހަތަރު ކުލާހުން ޖުމްލަ 97 ދަރިވަރުން ލައްވާ ދެ ބަހުން (ދިވެހިބަހާއި އިނގިރޭސިބަހުން) ބަސްކޮށާރުގެ ފަސް ޓެސްޓެއް ހެއްދުނެވެ. އަދި މި ހުރިހާ ޓެސްޓެއް މާކުކޮށް ނަތީޖާ ހޯދުނެވެ. މި ނަތީޖާގެ ސަބަބުން ދަރިވަރުންނަށް ބަސްކޮށާރު އެނގޭ މިންވަރު އެނގިގެން ހިގައްޖެއެވެ. އަދި ދަރިވަރުން ލިޔުންތެރިކަމުގައި، ފެންވަރު ދަށީ ކޮނަބަހެއްގެ ބަސްކޮށާރަކަށްކަން ވެސް އެނގިގެން ހިގައްޖެއެވެ. މީގެ އިތުރުން ދަރިވަރުންނަށް މުޤައްރަރާ އެއްވަރަށް ލިޔުމުގައި ބަސްކޮށާރު ބޭނުންކުރަން އެނގޭ މިންވަރު ވެސް އެނގިގެން ހިނގައްޖެއެވެ. މުޅި ދިރާސާއިން ހާމަވި ގޮތުގައި، ދިވެހިބަހާއި އިނގިރޭސިބަހުން ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުނަށް، ދިވެހިބަހުން ލިޔުމުގެ ޤާބިލުކަން އިނގިރޭސިބަހުން ލިޔުމުގެ ޤާބިލުކަމަށްވުރެ ކުޑަކަން ފާހަގަ ކުރެވުނެވެ. ކަންމިހެން ހުރުމާއެކު ދިވެހިބަސް ތަރައްޤީ ކުރުމަށް އައު ބަސްކޮށާރު އުފައްދާ، ދަރިވަރުންގެ ބަސްކޮށާރު މުއްސަދި ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.