ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024-2026

Loading...
Thumbnail Image

Date

2023-07-31

Journal Title

Journal ISSN

Volume Title

Publisher

މިނިސްޓްރީ އޮފް ފިނޭންސް
Ministry of Finance

Abstract

މިއީ ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާ ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނެއެވެ. މި ފިސްކަލް ސްޓްރެޓަޖީ ހުށަހަޅާއިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަޑިގަނޑުން ރާއްޖެ މިވަނީ އަރައިގަނެފައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލި ބޭރުގެ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓުތައް މަތިވެފައިވާތީ، މިހާރު ވަނީ އައު ފިސްކަލް ހިރާސްތަކަކާ ކުރިމަތިލާންޖެހިފައެވެ. މި އަހަރު ފެށުނުއިރު ޖީއެސްޓީ ރޭޓުތަކަށް ގެނައި ބަދަލާ ގުޅިގެންނާއި އިގުތިސާދީ ހަރަކާތް އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ކުރިއަރަމުންދިއުމާއެކު ދައުލަތުގެ އާމްދަނީ ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ. ނަމަވެސް ތެލާއި ބައެއް އަސާސީ ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކުރުމަށް ދޭ ސަބްސިޑީތަކަށް ކުރާ ޚަރަދާއި ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގަމުންދާތީ މި ކަމަށް ހިނގާ ޚަރަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އަދި ފައިނޭންސް ހޯދަންޖެހޭ މިންވަރު އިތުރުވެގެންދިޔައިރު ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓުތައް މައްޗަށް ގޮސްފައިވާތީ، ފައިނޭންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްވެސް ވަނީ އުނދަގޫވެފައެވެ. ވީމާ މި ފިސްކަލް ސްޓްރެޓަޖީ ބިނާކޮށްފައިވާނީ ކުރިމަތިވެފައިވާ ހިރާސްތައް މެނޭޖްކޮށް މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭނެ ފިސްކަލް ސިޔާސަތެއް އެކުލަވާލުމަށެވެ. މިގޮތުން ފައިނޭންސް ކުރެވޭނެ ދެމެހެއްޓެނިވި މިންގަނޑެއްގައި ދައުލަތުގެ ޚަރަދުތައް ބެހެއްޓުމަށް އަޅަން ހުށަހަޅާ ފިޔަވަޅުތަކުގެ ތަފްސީލު ސްޓްރެޓަޖީގައި ހުށަހަޅާފައިވާނެއެވެ. 2024 ވަނަ އަހަރުގެ ބަޖެޓާއި މެދުރާސްތާގެ ބަޖެޓުތައް އެކުލަވާލާނީ މިސްޓްރެޓަޖީގެ މައްޗަށެވެ. މި ބަޔާނުގައި ވޭތުވެދިޔަ އަހަރު ހުށަހެޅި ބަޔާނާއި ފާސްކުރި ބަޖެޓުގެ ފަރަގު އެނަލައިޒްކޮށް މިހާރުގެ ހާލަތު އަންގައިދިނުމުގެ ގޮތުން 2023 ވަނަ އަހަރުގެ ބަޖެޓުގެ މުރާޖައާއެއް ހިމަނާފައިވާނެއެވެ. އޭގެ ފަހުން މެދުރާސްތާގެ ފިސްކަލް ސިޔާސަތުގެ އަމާޒުތަކާއި ސިޔާސަތު ބައްޓަންކުރާނެ ގޮތުގެ ހިސާބުތައް ބަޔާންކޮށްފައިވާނެއެވެ. މިގޮތުން މެދުރާސްތާގައި ބަޖެޓު ބެލެންސް އަދި ދައުލަތުގެ ދަރަނި ހިފަހައްޓާނެ މިންގަނޑަށް ރިއާޔަތްކޮށް އާމްދަނީ އާއި ޚަރަދަށް ގެންނަންޖެހޭނެ ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބިގެންދާނެ ފިސްކަލް ސްޕޭސް (ނުވަތަ އަލަށް ފަށާ މަޝްރޫއުތަކަށާއި ޕްރޮގްރާމްތަކަށް ބަޖެޓުގައި ހުންނާނެ ޖާގަ) އަށް އަލިއަޅުވާލާފައިވާނެއެވެ. މި ބަޔާން ބިނާކޮށްފައިވަނީ ވަނީ 31 މެއި 2023 އާ ހަމައަށް ލިބެންހުރި މައުލޫމާތު ބޭނުންކޮށްގެން މިނިސްޓްރީ އޮފް ފިނޭންސްއިން ތައްޔާރުކޮށްފައިވާ "މީޑިއަމް ޓަރމް ފިސްކަލް ފްރޭމްވަރކް" އާއި ބޭސްލައިން ބަޖެޓުގެ އަންދާޒާތަކުގެ މައްޗަށެވެ.

Description

Keywords

Fiscal strategy, Economic outlook, GDP growth, Inflation rate, Revenue forecasts, Expenditure forecasts, Budget balance, Government debt, Public finance management, Fiscal Responsibility Act, ފިސްކަލް ސްޓްރެޓެޖީ, އިޤްތިޞާދީ ވިސްނުން, ޖީ.ޑީ.ޕީ ކުރިއެރުން, އިންފްލޭޝަން ރޭޓް, އާމްދަނީގެ އަންދާޒާ, ޚަރަދުގެ އަންދާޒާ, ބަޖެޓް ބެލެންސް, ސަރުކާރުގެ ދަރަނި, މާލިއްޔަތު މެނޭޖްމަންޓް, ފިސްކަލް ރެސްޕޮންސިބިލިޓީ ގެ ގާނޫނު

Citation

.މިނިސްޓްރީ އޮފް ފިނޭންސް. (2023). ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024-2026
Ministry of Finance. (2023). Fiscal strategy angaidhey bayaan 2024-2026.

Endorsement

Review

Supplemented By

Referenced By