ޓީވީ ޕުރޮގުރާމުތަކުގައި ވާހަކަ ދައްކާ އިރު މީހުން ބަސްމަސްހުނިުކުރާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް

Loading...
Thumbnail Image

Date

2018-06

Journal Title

Journal ISSN

Volume Title

Publisher

މޯލްޑިވްސް ނެޝަނަލް ޖާރނަލް އޮފް ރިސާރޗް
Maldives National Journal of Research

Abstract

ދެ ބައްސަ މުޖްތަމަޢުތަކުގައި ބަސް މަސްހުނިކުރުމަކީ ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. (ފްރެޑް ޖެނެސީ (2000). ދިވެހި މުޖުތަމަޢުގައި ވެސް ކަން މިހެން އޮތް އިރު، ދިވެހިރާއްޖޭގެ ޓީ.ވީ ޗެނެލްތަކުން ފޮނުވާ ޕުރޮގްރާމުތަކުގައި ވެސް ބަސްމަސްހުނިކޮށްގެންނާއި (ކޯޑް-މިކްސިންގ) ބަސްބަދަލުކޮށްގެން (ކޯޑް-ސްވިޗިންގ) ވާހަކަދައްކަމުންދާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދިވެހިބަހުން މި ފަދަ އެއްވެސް ދިރާސާއެއް މިހައި ތަނަށް ކުރެވިފައި އޮތް ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ ޓީވީ ޕުރޮގްރާމުތަކުގައި މީހުން ވާހަކަދައްކާ އިރު ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް މަސްހުނިކޮށްގެން ވާހަކަދައްކާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް (ޕެޓާންސް) ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މިއީ ބައެއް ޓީވީ ޕްރޮގްރާމުތަކުގައި ދެްއްކި ވާހަކަ ތަހުލޫލުކޮށްގެން ހެދި ޑިސްކޯސް އެނަލިސިސެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ ދިވެހިރާއްޖޭގެނ ޓީވީ ޗެނަލަކުން ސިލްސިލާކޮށް ދެއްކި ތަފާތު 6 ޕްރޮގްރާމަކުން ރެންޑަމްކޮށް ހޮވެލެވުނު 12 އެޕިސޯޑެވެ. ދިރާސާއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މި ޕްރޮގްރާމުތަކުގައި މީހުން ދިވެހިބަހާއި އިނގިރޭސިބަސް އަދި ދިވެހިބަހާއި އަރަބިބަސް އެކި މިންވަރަށް މަސްހުނިކޮށްފައިވާއިރު، އަރަބިބަހަށް ވުރެ ބޮޑަށް އިނގިރޭސިބަސް ދިވެހިބަހާ މަސްހުނިކޮށްގެން ވާހަކަދައްކައިފައި ވާ މިންވަރު ގިނަކަމެވެ. ބަސްމަސްހުނިކޮށްފައި ވާ ބަހަވީޢިލްމުގެ ގޮތްތަކަކީ ވަކި ލަފުޒު ހިމެނުން ވަކި ލަފުޒު މަސްހުނިކުރުން (ލެކްސިކަލް މިކްސިންގ)އާއި ޢިބާރާތްކައްޗަރުކުރުން (ޔުނިޓް ހައިބްރޮޑައިޒޭޝަން) އެވެ. މި ގޮތްތަކުގެ ތެެރެއިން ވަކި ލަފުޒު ހިމަނައިގެން ބަސްމަސްހުނިކުރާ މިންވަރު ބަސްމަސްހުނިކުރާ އެހެން ގޮތްގޮތަށް ވުރެން ގިނަކަން ފާހަގަކުރެވުނެވެ.

Description

Keywords

މީދޑިޔާ އާއި ބަސް, ބައިލިންގުއަލް, ޔުނިޓް އިންސަރޝަން, ލެކްސިކަލް މިކްސިންގ, ބަސްމަސްހުނިކުރުން, އިބާރާތް ކައްޗަރުކުން, ބަސްމަސްހުނިކުރާ ގޮތްތައް, ބަސް ބަދަލުކުރުން, Media & language, Code-mixing, Code-switching, Patterns, Lexical mixing, Morphological mixing

Citation

އާމިނަތު ޒާހިރު. (2018). ޓީވީ ޕުރޮގުރާމުތަކުގައި ވާހަކަ ދައްކާ އިރު މީހުން ބަސްމަސްހުނިުކުރާ މިންވަރާއި ބަސްމަސްހުނިކުރާ ގޮތްތައް. މޯލްޑިވްސް ނެޝަނަލް ޖާރނަލް އޮފް ރިސާރޗް. 6(1)، 83-96.
Zahir, A. (2018). TV programthakugai vaahaka dhahkaa iru bas mas hunikuraa minvarai bas mas hunikuraa goiythah. Maldives National Journal of Research. 6(1), 83-96.

Endorsement

Review

Supplemented By

Referenced By